Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

މިހާރުގެ ސަރުކާރަކީ ބަލިކަށި ސަރުކާރެއް ކަމަށް ވިދާޅުވެ، މިނިވަން މުއައްސަސާތަކާއި ޖުޑީޝިއަރީން ސަރުކާރުގެ ނުފޫޒަށް ބިރުގަންނަން ނު ޖެހޭނެ ކަމަށް ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ. އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާތީ، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި ސަރުކާރުގެ ބާރު ކެނޑިފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ކާމިޔާބު ކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް ޔައުގޫބް ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 01:31
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މިނިވަން މުއައްސަސާތަކާއި ޖުޑީޝިއަރީގައި ތިއްބެވި ބޭފުޅުން މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކެ ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޔައުގޫބް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ރައީސް މުއިއްޒުގެ ބާރާއި ނުފޫޒުން މީހުން އައްޔަންކުރި ކަމުގައި ވި ނަމަވެސް އެ މުއައްސަސާތަކުން މިހާރު ސަރުކާރަށް ބިރުގަންނަން ނުޖެހޭނެ ކަމަށެވެ. އަދި މުޅި ނިޒާމު ސަރުކާރުން ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، ރައްޔިތުންނާ ޖެހުމުން ރައްޔިތުން ސާފުކޮށް ބަސްބުނާނެކަން މިހާރު ހާމަވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިވަން މުއައްސަސާތަކުން މިހާރު މި ސަރުކާރު، ނޫނީ ރައީސް މުޢިއްޒު ދެކެ ބިރުގަންނާކަށް ޖެހިލުންވާކަށް ނުޖެހޭ. އަދި ރައީސް މުޢިއްޒުގެ ބާރާއި ނުފޫޒުން އެތަންތަނަށް މީހުން ޢައްޔަންކުރިކަމުގައި ވިޔަސް. އެހެންވީމާ، މިހާރު އެނގެން ޖެހޭ ޙަޤީޤަތަކީ، ކިތަންމެ ގޮތަކަށް ކިތަންމެ ބޭނުންވާ ގޮތަކަށް މުޅި އެތި ބައްޓަންކޮށްފައި އެކަން ގެންދިޔަޔަސް ރައްޔިތުންނާ ޖެހުނީމާ ރައްޔިތުން މިކަން ސާފުކޮށް ބަސްބުނާނެ. މިއަދު އެތަން ފެނިގެންދިޔައީ. ހުރިހާ މިނިވަން މުއައްސަސާއެއް އޮތީ މުޢިޒުގެ ކޮންޓްރޯލްގައި، ފުރިހަމަ ބާރުގައި، އެހެންނަމަވެސް، ހަމަ ރައްޔިތުން އެއޮތީ ވަރަށް ސާފުކޮށް ދުވަހަކު ވެސް މީގެ ކުރީގައި އިންތިޚާބަކުން ނުގުނާވަރަށް، ހަމަ ލަދުވެތިވާ ވަރަށް ހަމަ އެއޮތީ ބޮޑުތަނުން ނޫނެކޭ ބުނެފައި. މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާއި، ޚާއްޞަކޮށް ޖުޑިޝަރީ؛ ސަރުކާރުދެކެ ޖެހިލުންވާންޖެހޭނެ ސަބަބެއް ނެތް. މިހާރު މި ސަރުކާރަކީ ބަލިކަށި ސަރުކާރެއް. ވަގުތީ ސަރުކާރެއް. މިހާރު ދެން އެ ފަރާތްތަކުން ދާންވީ، ރައްޔިތުން އެ ބުނިގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންނާ އެއްކޮށް ކުރިއަށް ދާންޖެހޭނެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

މިދިޔަ އިންތިޚާބުގެ ނަތީޖާ އަށް އިޝާރާތް ކުރައްވަމުން ޔައުގޫބް ވިދާޅުވީ، ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ނަމަވެސް، ރައްޔިތުން ނުކުމެ ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނެފައިވާ ކަމަށެވެ. މިއީ މީގެ ކުރިން އިންތިޚާބަކުން ފެނިފައި ނުވާ ފަދަ ލަދުވެތި ނަތީޖާއެއް ކަމަށާއި، އެހެންކަމުން މުއައްސަސާތަކާއި، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، ޚާއްޞަކޮށް ޖުޑީޝިއަރީ އިން ސަރުކާރު ދެކެ ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔައުގޫބް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ މިހާރު ބަލިކަށި، ވަގުތީ ސަރުކާރެއް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ދެން މަސައްކަތް ކުރަންވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ވަޒީފާގެ ބިރުދެއްކުމާއި އޮޅުވާލުމަކީ މި ސަރުކާރުގެ މައިގަނޑު ހަތިޔާރު ކަމަށް ބަލައިގެން ކުރިއަށްދާ ދިއުން މިހާރު ނިމުމަކަށް އަންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ބިންގާ އެޅުމާއި އެކި ކަހަލަ ކަންކަން ކުރައްވަމުން ގެންދެވީ ރައްޔިތުން ވޯޓުދޭނެ ކަމަށް ހީފުޅުކޮށްގެން ކަމަށާއި، ނަމަވެސް ރައްޔިތުން މިހާރު އޮތީ ސަރުކާރަށް ރަނގަޅު ފިލާވަޅެއް ދީފައި ކަމަށް ޔައުގޫބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެން މި ސަރުކާރުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުޔައުގޫބް އަބްދުﷲއެމްޑީޕީފަލަސުރުހީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

08 އެޕްރީލު 2026
ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

08 އެޕްރީލު 2026
55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

55 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޗެއާޕަރސަން ކަމުން ޣަފޫރު ވަކިކުރަން ހުށަހަޅައިފި

08 އެޕްރީލު 2026
35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

08 އެޕްރީލު 2026
ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު