Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"

ނިމިދިޔަ އިންތިޚާބުން ބަލިވުމާއެކު ރައީސް މުޢިއްޒު ވިދާޅުވީ އިސްލާހީ ބަދަލުތައް ގެންނަވާނެ ކަމަށް. އެއާއެކު ބައެއް މީހުން ވަޒީފާއިން ވަކިކުރަން ވަނީ ފަށާވާފައެ. އެއާއެކު ވަޒީފާ ތަކުގައި ތިބި ބައެއް މީހުން ދަނީ "ރައީސާއެކު ގަދަކޮށް ހުރިކަމަށް" ބުނަމުން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 އެޕްރީލު 2026 | ބުރާސްފަތި 06:14
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ޕީއެންސީ

އެކި ދުވަސްވަރު ވައިގައި ހިފަނީ އެކި ޓްރެންޑްތަކެވެ. ސޯޝަލް މީޑިޔާގައި އެނބުރެނީވެސް އެކިފަހަރު އެކި ޕޯސްޓް ތަކެވެ. ބައެއް ފަހަރަށް މޫސުމީ ޓްރެންޑްތައްވެސް އައިސް އުޅެއެވެ.

މިދުވަސްވަރަކީ އަނެއްކާވެސް އެފަދަ ޕޯސްޓްތަކެއް ވައިގައި ހިފަމުން އަންނަ ދުވަސްވަރެކެވެ. އެތައް ބަޔަކު ތަކުރާރުކޮށް އެއް ވާހަކައެއް ފޭސްބުކްގައި އަދި އެކްސް އެކައުންޓްތަކުގައި ދައުރު ކުރަމުން އަންނަ ދުވަސްވަރެކެވެ. ބައެއް މީހުން އެމީހުންގެ އަމިއްލަ އިބާރާތުންނެވެ. އަނެއް ބަޔަކު، ބަޔަކު މީހުން ކޮށްފައި އޮންނަ ޕޯސްޓް ކޮޕީ ކޮށްލައިގެން އެމީހެއްގެ އަމިއްލަ އެއްޗެއްގެ ގޮތުގައި އަލުން ޕޯސްޓް ކޮށްގެންނެވެ. ދެން ތިބި މީހުން އެހެން މީހުންގެ ޕޯސްޓްތަކަށް ލައިކްވެސް ދެނިއެވެ. އަދި އަލުން އެޕޯސްޓް އިތުރަށް ކޮށްވެސް އުޅެނީއެވެ.

ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދަމާނެ ކަމެއް ނެއްތާއެވެ. ސީދާ ޕޮއިންޓަށް ޖެހިލާނަމެވެ. މި ބުނާ ޕޯސްޓްތަކަކީ "މިހުރީ ރައީސާއެކު ގަދަކޮށް" ކަމަށް ބުނެ ޕީއެންސީ ކުދިން ކުރަމުން އަންނަ ޕޯސްޓްތަކެވެ. ނިމިދިޔަ އިންތިޚާބުން ޕީއެންސީއަށާއި ސަރުކާރަށް ލިބުނު ބޮޑު ބައްޔަށްފަހު ފަތުއަޑު ކިޔާފައި އެޕޯސްޓްތައް ދަނީ ފެންނަމުންނެވެ. ނޫނެކެވެ. ރަނގަޅު ކޮށްލާނަމެވެ. އިންތިޚާބުން ބަލިވި ދުވަހަކު ނޫނެވެ. އެބޮޑު ގަބޫލުކުރައްވައި ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ފަހުންނެވެ. ޚާއްޞަކޮށް މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހުގައެވެ. މަޖިލިސް މެންބަރުންނާއި ވަޒީރުންގެ ބޮލަށް މި ބޮޑު ބަލިވުމުގެ ޒިންމާ ޖެއްސެވި ހިސާބުންނެވެ. ޓާސްކްތައް ހަވާލުކުރި ބޮޑެތި ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީން ވަކިކުރަން ފެށްޓެވި ހިސާބުންނެވެ.

މި ޕޯސްޓްތައް ކުރަން ފެށުމުގެ ކުރިން، އެތެރެ ކޮއިލުން ބައެއް ކަންކަން ބޭރަށް ހާމަވެސް ވިއެވެ. ޕީއެންސީ ކުދިން އެއްބަޔަކު އަނެއް ބަޔަކަށް ދައްކާފައި ހުރި ވާހަކަ ތަކެވެ. ސަރުކާރާއި ރައީސް މުޢިއްޒާމެދު އޮތް ނުރުހުމުގެ ވާހަކައެވެ. ޕާޓީގައި ތިއްބަސް ތާއީދު ނުކުރާ ވާހަކައެވެ. ސިޔާސީ ވަޒީފާތަކާއި ޚާއްޞަކޮށް އިސް ސިޔާސީ މަގާމްތަކުގައި ތިބި މީހުންވެސް ހިމެނޭ ގޮތުންނެވެ. ކެމްޕޭން ނުކުރާ ވާހަކައާއި ދިން ފައިސާތަކަށް ވީ ނުވީއެއް ނޭނގުނު ގޮތުގެ ވާހަކަވެސް ދެކެވުނެވެ. ރަށްރަށަށް ކެމްޕޭނަށް ފޮނުވީމާ އެކަން ނުކޮށް ގަތް އެހެން ގަނޑުތަކުގެ ވާހަކަވެސް ބައެއް ފޮޓޯތަކާއެކުވެސް ދައުރުވިއެވެ.

އަޑެއް ކިއްޔައި ފިއްޔާ ރެނދެއް ލާނެއޭ ބުނާ ބީދައިން އެދެކެވުނު ވާހަކަތަކާއި ދެކެވޭ ވާހަކަތަކުގައި ބުރަދަނެއް ހުރިކަން ހާމަވަނީ އިންތިޚާބުގައި ބޮޑުތަނުން ބަލިވީމައެވެ. ވަޒީފާތައް ބަހައި ވަޒީފާގެ ބިރު ދައްކައި މަޝްރޫއުތައް އޮއްސާލީމާވެސް އިންތިޚާބުގައި ކުރި ނުލިބުމުންނެވެ.

ދައުރުގެ މެދުތެރެއިން ވީ ބޮޑު ބައްޔާއެކު ރައީސް މީހާއަށްވެސް އެއްޗެއް ވިސްނިވަޑައިގަންނަވާނެތާއެވެ. ކަން ކުރާން ހަވާލުކުރި މީހުންނާއި ޓާސްކްތަކާއި އެކަމަށް ދިން ފައިސާވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ތެރއިން ހީވީ ދަށް އުޑުން ބާރަށް ގުގުރާލި ހެންނެވެ. ޒުވާބުގަނޑު ހޫނުވެ ރައީސްގެ ކޯފާ އިންތިހާއަށް ދިޔައީއެވެ. އުމުރާގެ އަޅުކަމުގައި ހުންނަވައިގެންވެސް އޯޑަރުތައް ދެއްވާން ފެށްޓެވީއެވެ. ވަޒީފާތަކުން މީހުން ވަކިކުރާން ފެށީއެވެ. ވަކިކުރާނެ ކަމުގެ ލިސްޓްތަކު އަޑު ގަދަވާން ފެށީއެވެ. ކެބިނެޓަށްވެސް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ޚުދު ރައީސްވެސް އިއުލާން ކުރެއްވީއެވެ. ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރުމަށް އެމީހުންގެ ޕާރފޯރމަންސް ރިޕޯޓްތައް ރައީސް އޮފީހަށް ފޮނުވަން އެންގެވިއެވެ.

ދެނެކާ ދެނެއް ނެތެވެ. "ރައީސާއެކު ގަދަކޮށް" ހުރިކަމުގެ ޕޯސްޓްތައް އޮހޭން ފެށިއެވެ. " އެއް ބަޔަކު ރައީސާއެކު ވީހާލެއްގައި ވާށެވެ". އަނެއް ބަޔަކު " ހުންނެވީ ރައީސްގެ ދެކަނބަލުންނާއެކު އިޚްލާސްތެރިކަމާއެކުގައެވެ" ދެންތިބި މީހުން "ރައީސް މުއިއްޒަށް 2028 ކާމިޔާބު ކޮށްދީފާއި ނޫނީ ހަމަނޭވާ ނުލައި" ނޭވާ ހިފަހައްޓާލައިގެންނެވެ. "ކަށިން ހިތްވަރު ނެރެގެން ރައީސް 2028 އަށް ހޮވާނެ ކަމަށް"ވެސް އެއްބަޔަކު ބުނަން ފަށައިފިއެވެ.

އެންމެ ގިނައިން ދައުރުވީ ރައީސް މުޢިއްޒުގެ ބޮޑު ފޮޓޯފުޅެއް ހިމަނައިގެން މީހަކު ތައްޔާރުކުރި ޕޯސްޓެކެވެ. އެފޮޓޯ ނުވަތަ އެޕޯސްޓް އަތުފަތުނޭޅި ދައުރުވަމުންދާއިރު އެއްބަޔަކު ތިން ހަތަރު ފަހަރަށްވެސް ހަމަ އެފޮޓޯ ރީ ޕޯސްޓް ކުރަމުންވެސް ދަނީއެވެ. އަނެއްބަޔަކު ޕޯސްޓް ކޮށް އުޅެނީ ކޮންމެވެސް ދުވަސްވަރެއްގައި ރައީސް މުޢިއްޒާއެކު ނެގިފައިހުރި ފޮޓޯއެއް ނޫނީ ސެލްފީއެއް ހިމަނައިގެންނެވެ.

ކޮންމެއަކަސް މިދުވަސްވަރު އެންމެ ގިނައިން ހިނގަނީ މި ޕޯސްޓްތަކަށްވާއިރު މި ޕޯސްޓްތައް ކޮށްފައި ހުންނަނީ ސިޔާސީ މަގާމްތަކުގައި ތިބި މީހުންނެވެ. އެމީހުންގެ ބަސްވިކޭ އެމީހުންގެ އާއިލާތަކުގެ މީހުންނެވެ. އެކަމަކު މި ޕޯސްޓްތަކާއެކު އެއަށް ކޮމެންޓްކުރާ ބައެއް މީހުން ބުނެއެވެ. ތިޔަ ނޫން ގޮތެއް ނޯންނާނެއެވެ. ވަޒީފާ ބޭނުމިއްޔާ ޖެހޭނީ އެޕޯސްޓްތައް ކުރާށެވެ. އެއީކީ ޗޮއިސްއެއް ނޫނެވެ. އެކަމަކު އެއަށް މަދުވާ ޖުމްލައެއް އެބަވެއެވެ. އެއީ ވަޒީފާއަށްޓަކައެވެ. "ރައީސާއެކު ގަދަކޮށް ހުރިކަމަށް" ބުނާ ޕޯސްޓްގެ ކުރިއަށް އެބައި ގެންނާން ޖެހެއެވެ. ވަޒީފާއަށްޓަކައެވެ. ވަޒީފާއިން ވަކިކޮށްފާނެތީއެވެ. އެހެންކަމުން "ވަޒީފާ ގެއްލިދާނެތީ މިހުރީ ރައީސާއެކު ގަދަކޮށެވެ" ގޮތް ނިންމާނީ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުންނާއި ސިޔާސީ ވަޒީފާ ދެއްވި ރައީސް މުއިއްޒެވެ. ރައްޔިތުން ތިބީ މިހާރުވެސް ގޮތް ނިންމައިގެންނެވެ.

ޑރ. މުޙައްމަދު މުޢިއްޒުޕީއެންސީމުލިއާގެއެކްސްފޭސްބުކް

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

09 އެޕްރީލު 2026
މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް
08 އެޕްރީލު 2026

2 ދުވަސް ކުރިން މަގާމުން ވަކިކުރި ސަލާމްގެ ވަޒީފާ އިއާދަކޮށްދީފި

08 އެޕްރީލު 2026
2 ދުވަސް ކުރިން މަގާމުން ވަކިކުރި ސަލާމްގެ ވަޒީފާ އިއާދަކޮށްދީފި
08 އެޕްރީލު 2026

ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

08 އެޕްރީލު 2026
ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟
08 އެޕްރީލު 2026

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު
07 އެޕްރީލު 2026

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

07 އެޕްރީލު 2026
ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު