Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ނިޒާމު ބޮއްސުންލުން

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ ހަ އަހަރުގެ ކުޑަކުއްޖަކު، ފީޑިން ޓިއުބެއް ނުލިބިގެން ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ. މި ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް ދެއްވި ޖަވާބުތަކުން ޒިންމާއިން ރެކެން އުޅޭކަމުގެ ތުހުމަތު އާންމުން ކުރާއިރު، މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 10 އެޕްރީލު 2026 | ހުކުރު 14:05
އިހުމާލުގެ ސަބަބުން 6 އަހަރުގެ އަޒާން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައި، އެކަމާ ސުވާލު ކުރުމުން ވަޒީރު ވިދާޅުވީ އެއީ މީޑިއާ އަށް ހާމަކުރާ ކަހަލަ ވާހަކައެެއް ނޫންކަމަށް

އިހުމާލުގެ ސަބަބުން 6 އަހަރުގެ އަޒާން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައި، އެކަމާ ސުވާލު ކުރުމުން ވަޒީރު ވިދާޅުވީ އެއީ މީޑިއާ އަށް ހާމަކުރާ ކަހަލަ ވާހަކައެެއް ނޫންކަމަށް | ރާއްޖެ އެމްވީ

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ސިއްހީ ނިޒާމު ބޮއްސުންލައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ އަމާޒުވެފަ އެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން ސަރުކާާރުގެ ބޭސްފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާހޯދުމާއި، ދާއިމީ ބަލިތަކަށް ބޭނުންވާ ހާއްސަ ބޭހާއި ސިއްހީ އާލާތްތައް ހޯދުމުގައި ނިކަމެތި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް އިތުރުވެފައިވާއިރު، މިފަދަ ކަންކަމުގައި ޒިންމާ ނަގާނެ ދައުލަތުގެ އިދާރާއެއް ނެތް ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.

މިފަދަ އިހުމާލުތަކުގެ ސަބަބުން ދާދި ފަހުން ހިނގާދިޔަ ހިތާމަވެރި ހާދިސާ އަކީ މުޅި ގައުމު ސިއްސުވާލި ކަމެކެވެ. ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން އެންމެ ހަ އަހަރުގެ އަޒާން ނިޔާވީ، އޭނާ ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ފީޑިން ޓިއުބެއް ހޯދުމަށް އެތައް މަހެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެގެންނެވެ. އެންސްޕާ މެދުވެރިކޮށް އެ ހޮޅިކޮޅު ގެނެސްދިނުމުގެ ހުއްދަ ނުލިބި އަށް މަސް ދުވަސް ވެގެންދިޔައިރު، އެސްޓީއޯ އަށް ވެސް އަދި ސިއްހީ ވުޒާރާއަށް ވެސް އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެދެވޭ މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.

އަޒާންގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ސްޓޮކުން އެ ހޮޅިކޮޅު ވަނީ ހުސްވެފަ އެވެ. އަދި އަމިއްލަ ފާމަސީތަކުން ވެސް އެ ލިބޭކަށް ނެތެވެ. މީގެ ކުރިން އެސްޓީއޯ ފާމަސީން ބޭސް ސިޓީ އަށް ލިބެން ހުންނަ މި ހޮޅިކޮޅަކީ އިންޑިއާ އިން ގާތްގަނޑަކަށް 100 ޑޮލަރަށް ލިބޭ އެއްޗެކެވެ. ނަމަވެސް އެންސްޕާ އިން ހޮޅި ކޮޅު ގެންނަން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީއިން އެ ހޮޅިކޮޅު ނުގެނެސްދީ އުޅެނިކޮށް އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ސަރުކާރުގެ ޖަވާބުދާރީވުން ހުރީ އާންމުން އިތުރަށް ކަންބޮޑުވާ ފަދަ ގޮތަކަށެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް ވިދާޅުވީ، އެފަދަ ވާހަކަތަކަކީ މީޑިއާތަކުގައި ދައްކަންޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. ދައުލަތުގެ އިދާރާތައް ފެއިލްވެ ކުޑަކުއްޖަކު ނިޔާވުމުން އެކަމުގައި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ ބަދަލުގައި، މިނިސްޓަރުގެ ވާހަކަފުޅުތަކުން ފެނިގެންދިޔައީ ޒިންމާއިން ރެކެން އުޅޭ މަންޒަރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ އެ ހާދިސާއަކީ ވަކި ސަބަބަކާ ގުޅިގެން ހިނގި ކަމެއް ކަމަށް ބުނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގެ ތަފްސީލީ މައުލޫމާތު ދިނުމަކީ ފޯރަމްތަކުގައި ދައްކަންޖެހޭ ޒާތުގެ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް ސިއްހީ ހިދުމަތްދޭ ތަންތަނުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މި ހާދިސާއިން ފެނިގެންދަނީ ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމު އިންތިހާއަށް ބަލިކަށިވެ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އިންތިހާ އަށް އިތުރު ވެފައިވާ މިންވަރެވެ. އިދާރާތަކުން ޒިންމާ އަދާނުކުރުމުގެ ސަބަބުން މައުސޫމް ފުރާނައެއް ގެއްލިގެން ދިޔައިރު ވެސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަގީގަތް އޮޅުވާލައި ޖަވާބުދާރީވުމުން ރެކުމަށް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ސެރެބްރަލް ޕަލްސީއައިޖީއެމްއެޗްއެސްޓީއޯހެލްތް މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމްޑރ. މުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

10 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

ރައީސް މުއިއްޒުގެ ސިޔާސަތާއެކު ކުރިއަށް އޮތް ދެ މަހު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ: އަމްރު

08 އެޕްރީލު 2026
ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

07 އެޕްރީލު 2026
ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

07 އެޕްރީލު 2026
ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

ސަރުކާރު ބަންދުކުރުމާ ގުޅިގެން ސަރުކާރުގެ ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު