Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ވެރިކަން

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

ނިމިދިޔަ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ހާމަވީ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ މިންވަރު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ނިންމުންތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ އިރު، އިންތިޚާބުގެ ތެރޭގައި އޮޅުވާލުންތަކެއް ހުރިކަމުގެ ތުހުމަތުތައް ވެސް ވަނީ ކުރައްވާފަ. އެހެންކަމުން، ރައްޔިތުންގެ ބޮޑު އިންސައްތައަކުން ސަރުކާރަށް ނޫނެކޭ ބުނެފައިވާތީ، މިހާރު ވެރިކަމުގެ ކުފޫ ހަމަނުވާކަމަށް އޭނާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 9 އެޕްރީލު 2026 | ބުރާސްފަތި 18:37
އަހުމަދު ސަލީމް (މާޒް ސަލީމް) ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އަހުމަދު ސަލީމް (މާޒް ސަލީމް) ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ ތާއީދު އޮތުން ކަމަށާއި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި މިހާރު ފުރިހަމަ ނުވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ފެންނަ ނުފެންނަ ވޯޓުން އެނގުނީ ރައްޔިތުންގެ އިތުބާރު ދައުލަތަށް ނެތް މިންވަރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޤާނޫނުއަސާސީ އަށް ބޭނުންހާ ބަދަލެއް ގެނެސް، ރައީސް މުއިއްޒު ބޭނުންފުޅު ވާހާ ގޮތަކަށް ގައުމު ހިންގަން ރައްޔިތުން ފުރުސަތު ނުދޭނެކަން ކަމަށް ސަލީމް ވިދާޅުވި އެވެ. ސާފު ބަހުން ރައްޔިތުން ބުނަނީ ވެރިކަމުގައި ހުރި މީހާ ކަމުނުދާ ވާހަކަ ކަމަށާއި ރައްޔިތުން އެދެނީ ވަރިވާން ކަމަށް އޭނާ ސިފަކުރެއްވި އެވެ. ދައުލަތުގެ ފައިސާ އާއި އެހެނިހެން ކަންކަމުގައި ވެރި މީހާ ނިންމާ ނިންމުންތައް ރައްޔިތުންނަށް ކަމު ނުދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުން ބުނަނީ ދައުލަތުގެ ކުފޫ ހަމަ ނުވާ ވާހަކަ ކަމަށާއި އެފަދަ ބަޔަކާއި އެކު ރައްޔިތުން ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ވެސް ސަލީމް ވިދާޅުވެފަ އެވެ. 

އެއްވެސް ވޯޓެއްގައި 71% އިން ރައްޔިތުން މިހާ ސާފުކޮށް ކަމެއްގެ ވާހަކަ އެއް ނުބުނޭ އިނގޭތޯ. މިއޮތީ ބުނެފަ.  އެހެންވީމަ މިކަހަލަ ބައްޔެއް މިއީ، ދައުލަތުގެ ކުފޫހަމަ ނުވާ ކަން މިއީ. މީގެ މާނަ އޮޅުވާލައިގެން ތިބެވިދާނެ އިނގޭތޯ." ސަލީމް ވިދާޅުވި އެވެ.

މީގެ އިތުުރުން ނިމިދިޔަ ފެންނަ ނުފެންނަ އިންތިޚާބު ރައްޔިތުންނަށް އޮޅުވާލަން ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓުލަމުން ދިޔަ އިރު ވެސް ފެނުނީ ދައުލަތުގެ އޮފިޝަލުން އެކަކު އަނެކަކަށް އިތުބާރު ނުކުރާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ސިއްހަތު ރަނގަޅު މީހުންގެ ވޯޓު ކަރުދާސް އޮފިޝަލުންގެ އަތަށް ދީގެން އެ އޮފިޝަލުން ލައްވާ ވޯޓުލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ދައުލަތަށް ދިމާވެގެން އުޅޭ މައްސަލައަކީ ވެސް އެކަކު އަނެކަކަށް އިތުބާރު ނުކުރެވުމުގެ މައްސަލަ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމާޒް ސަލީމްފަލަސުރުހީ

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

09 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި
09 އެޕްރީލު 2026

އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"

09 އެޕްރީލު 2026
އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"
09 އެޕްރީލު 2026

މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

09 އެޕްރީލު 2026
މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް
08 އެޕްރީލު 2026

ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

08 އެޕްރީލު 2026
ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟
07 އެޕްރީލު 2026

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

07 އެޕްރީލު 2026
ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު