Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-ލަންކާ ގުޅުން

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު އަންނަ މަހު އެ ގައުމަށް ވަޑައިގަންނަވަނީ

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި، މެދުވެރިންނާ ނުލައި ސީދާ ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފި. މި މަޝްވަރާތަކުގައި ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ތަޖުރިބާ ލަންކާގެ މަސްވެރިންނަށް ހިއްސާކުރުމަށާއި، ދަޅުގައި މަސް ބަންދުކުރުމުގެ ސިނާއަތުން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމާ ގުޅޭގޮތުން ވެސް ވަނީ ވާހަކަދައްކާފައެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 12 އެޕްރީލު 2026 | އާދީއްތަ 09:01
ރައީސް މުއިއްޒު ސްރީ ލަންކާގެ ރައީސް އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް މުއިއްޒު ސްރީ ލަންކާގެ ރައީސް އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން | ރައީސް އޮފީސް

މަސްވެރިކަމުގެ ދާއިރާއިން ސްރީލަންކާ އާއެކު ގުޅުން ބަދަހިކޮށް، މަޝްވަރާ ކުރުމަށް އަންނަ މެއި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ފުރަމާނަދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ. 

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެގޮތުން އެކަމުގެ މަޝްވަރާތައް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާ ކުރައްވާފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ބީ.ކޭ. ކޮލިތަ ކަމާލް ޖިނަދާސަ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުން އޮތީ މިދިއަ ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ ބައްދަލުވުމުގައި ރާއްޖެއާ ލަންކާ އާ ދެމެދު މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމުކުރުމަށް މަޝްވަރާ ކޮށްފައިވާއިރު މެދުވެރިންނާ ނުލައި ސީދާ ވިޔަފާރީގެ މަގުތައް ހުޅުވާލުމުން ދެ ގައުމަށް ވެސް އިގުތިސާދީ ގޮތުން ފައިދާކުރާނެތީ އެކަމުގެ މަޝްވަރާތައް ފުޅާދާއިރާއެއްގައި ކޮށްފައިވެ އެވެ. 

މިހާރު ސްރީލަންކާގައި އުފައްދާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ އެހެން ގައުމުތަކުގެ މެދުވެރިން މެދުވެރިކޮށެވެ. 

މީގެ އިތުރުން ދޮށީގެ މަސްވެރިކަމުގެ ތަޖުރިބާ ސްރީލަންކާގެ މަސްވެރިންނަށް ހިއްސާކުރުމަށްޓަކައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފެށުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ލަންކާގައި ކުރިއަރަމުން އަންނަ ދަޅުގައި މަސް ބަންދުކުރުމުގެ ސިނާއަތް ގުޅިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މަޝްވަރާތައް ކޮށްފައިވެ އެވެ. 

ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަން ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެމަނިކުފާނު ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އެ ދަތުރުގެ ތާރީޚު ބަދަލުކޮށްފައިވާ ކަމަށް އޭރު ވަނީ ބުނެފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުރާއްޖެ-ސްރީލަންކާމަސްވެރިކަންމަސްއޫދު އިމާދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

10 އެޕްރީލު 2026
ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު