Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްފަންނު މަރާމާތު ފެށުން

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

ރަސްފަންނު ސަރަހައްދު ވަރަށް ބޮޑަށް ގިރައި، އެތަނުގެ ވަސީލަތްތައް ވީރާނާވެފައިވާތީ، އެ ސަރަހައްދު އަލުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 އެޕްރީލު 2026 | ހުކުރު 17:40
ރަސްފަންނު ސަރަހައްދު.

ރަސްފަންނު ސަރަހައްދު. | ރާއްޖެއެމްވީ

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގެ އެކި ބައިތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، ހުކުރު ދުވަހުން ފެށިގެން ރަސްފަންނު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ރަސްފަންނުގެ ތެރެއިން މަސައްކަތް ހިނގަމުންދާ ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކުރަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދު ބޭނުންކުރާ އާންމު ރައްޔިތުން އެކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރަސްފަންނަކީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށް ވީނަމަވެސް، އެ ތަނުގެ މަރާމާތުގެ މަސައްކަތްތައް ސިޓީ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހާމަކޮށްފަ އެވެ. ރަސްފަންނު ސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ދިއުމާއި، އެ ތަނުގައި ބަހައްޓާފައި ހުރި ހަޓުތަކާއި އެހެނިހެން ވަސީލަތްތައް ވީރާނާވެ ހަލާކުވަމުންދާތީ، އެ ސަރަހައްދު އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވޭތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކު ފަދަ ތަންތަން ވީރާނާވަމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ތަންތަން މަރާމާތުކޮށް، އަލުން އާރޯކަން ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތަރައްގީކުރެއްވި ދެ ތަނެވެ.

މާލޭ ސިޓީ ކައުންސިލްކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީޑރ. މުޙައްމަދު މުޢިއްޒުރަސްފަންނު

އިތުރަށް ކިޔާލަން

10 އެޕްރީލު 2026

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި
10 އެޕްރީލު 2026

ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި

10 އެޕްރީލު 2026
ރައީސް ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ޚިޔާލު ނުހޯދާ ވެސް އިންތިޚާބު އެއްކުރެވުނީސް ކަމަށް ވިދާޅުވެ ގާނޫނު އޮޅުވާލަން ޝުޖާއު މަސައްކަތް ކުރައްވައިފި
09 އެޕްރީލު 2026

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026
ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް
09 އެޕްރީލު 2026

ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި

09 އެޕްރީލު 2026
ގޮނޑި ގެއްލޭ މައްސަލަ އަންނަ ހަފްތާ އަށް ތާވަލްކޮށްފި
09 އެޕްރީލު 2026

އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"

09 އެޕްރީލު 2026
އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު