Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއް ބާރަކީ ރައްޔިތުންގެ މަޖިލީސް. އެއީ ރައްޔިތުންގެ އަޑު އިއްވައި، ސަރުކާރު ޖަވާބުދާރީކުރުވައި، ގައުމުގެ ކުރިމަގަށް ބޭނުންވާ ޤާނޫނުތައް ހަދާ މަރުކަޒެވެ.ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ ބާރު. ނަމަވެސް، މިއަދު މަޖިލީހުން ފެންނަ މަންޒަރަކީ މުޅިން ތަފާތު މަންޒަރެއް. މިއަދު މަޖިލީހަކީ ހަމައެކަނި "ނަމަކަށް" ހިންގާ، ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ހަތިޔާރަކަށް ވަނީ ވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 12:54
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެތެރެއިން

ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުގެތެރެއިން | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއް ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. އެއީ ރައްޔިތުންގެ އަޑު އިއްވައި، ސަރުކާރު ޖަވާބުދާރީކުރުވައި، ގައުމުގެ ކުރިމަގަށް ބޭނުންވާ ޤާނޫނުތައް ހަދާ މަރުކަޒެވެ.ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ ބާރެވެ. ނަމަވެސް، މިއަދު މަޖިލީހުން ފެންނަ މަންޒަރަކީ މުޅިން ތަފާތު މަންޒަރެކެވެ. މިއަދު މަޖިލީހަކީ ހަމައެކަނި "ނަމަކަށް" ހިންގާ، ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ހަތިޔާރަކަށް ވަނީ ވެފަ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އަށް އޮތް އިރު، މަޖިލީހުގެ ޖަލްސާތައް ބޭއްވުން މިއަދު މިވަނީ ފޫހިވީމާ ބާއްވާލާ ޖަލްސާތަކަކަށް ވެފަ އެވެ. 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާ އެވެ. 2 މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މި އަހަރަށް މަޖިލިސް ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށިގެން 3 މަސް ވެފައިވާއިރު ޖަލްސާތައް ނުބާއްވާ ޖަލްސާތައް ކެންސަލް ކުރަމުން ދިއަ ސަބަބު ވެސް ހާމަ ކޮށްފަ އެއް ނުވެ އެވެ.  މި އަހަރުގެ ފުރަތަމަ ދައުރުގައި މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށްފަހު، ދެން ޖަލްސާއެއް ބޭއްވީ ގާތްގަނޑަކަށް ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު މާރިޗު 8 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް މަޖިލީހުގެ ތަޅުމުން ފެންނަނީ ހުސް ގޮނޑިތަކެވެ. 

ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލި، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވާއިރު، މަޖިލިސް މަރުތަޅު އެޅުވުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެވެ. މަޖިލީހުގެ ރަސްމީ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން، ދައުލަތުގެ މުހިންމު ކަންކަމުގައި ނިންމަންޖެހޭ ނިންމުންތައް ވަނީ މަޑުޖެހިފައެވެ.

މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލާފައިވާ އެންމެ ބޮޑު ސަބަބަކީ ނިމުނު އިންތިޚާބުގެ ކެމްޕޭނެވެ. މެންބަރުން ދައުލަތުން ބޮޑު މުސާރައާއި އިނާޔަތްތައް ނަންގަވައިގެން ތިއްބަވައި، މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި މުޅި ވަގުތު ހުސްކުރެއްވީ ދާއިރާތަކުގެ ކެމްޕޭން ހަރަކާތްތަކަށެވެ. ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ކޮންޓްރޯލް އޮތުމުން، މަޖިލިސް ހިންގާނީ ސަރުކާރުން ބޭނުންވާ ވަގުތަކު، ބޭނުންވާ ގޮތަކަށް ކަމަށް މިއަދު މި ސަރުކާރަށް ހީވާކަހަލަ އެވެ.

މަޖިލިސް ތަޅު އަޅުވާފައި އޮތް އިރު 20 ވަނަ މަޖިލިސް އެންމެ ބޮޑަށް ފާހަކުރެވެނީ ދައުލަތުގެ ބާރެއްގެ ގޮތަށް ވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހެއްގެ ގޮތުގައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ ވެސް އެއްވެސް ދިރާސާ އެއް ނުކޮށް، އެކަށީގެންވާ ވަގުތު ހޭދަކުރުމެއް ނެތި ތަޅުމުގައި ބަހުސެއް ވެސް ކުރުމެއް ނެތި ފާސް ކޮށްލާ ބިލުތަކަކަށް ވަނީ ވެފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުމާއި، ހުށަހެޅޭ ބިލްތައް ދިރާސާކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ ބިލްތައް ފާސްކުރުމެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޮންޓްރޯލްކުރާ ޕާޓީއަށް އޮތުމުން، މަޖިލީހަކީ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި މިއަދު ސިފަވާން ފަށާފައިވާ މަޖިލީހުން ރައީސް އޮފީހުން ފޮނުވާ ކޮންމެ ބިލަކީ، އެއްވެސް އުނި އިތުރެއް ނެތި ފާސް ކުރަންޖެހޭ ބިލުތަކެއް ކަމަށް ސަރުކާރުން މެންބަރުން ވަނީ ނިންމާފަ އެވެ. 

ކޮމިޓީއަކަށް ބިލެއް ފޮނުވުމެކޭ ނުފޮނުވުމެކޭ ވެސް ތަފާތެއް ނެތެވެ. ބިލެއްގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި، ސަރުކާރު މެންބަރުން ބޭނުންވަނީ "އަވަސް އަރުވާލައިގެން" ބިލް ފާސް ކުރުމަށެވެ. މަޖިލީހުގެ ތަޅުމުގައި ކުރެވޭ ބަހުސްތަކަކީ ހަމައެކަނި ސަރުކާރަށް ސަނާ ކިޔުމަށް ބޭނުންކުރާ ވަގުތުތަކެކެވެ. ބިލުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރަކަށްވުރެ ބޮޑަށް، ސަރުކާރުގެ މެންބަރުންގެ އަމާޒަކީ ސަރުކާރުގެ "ރުހުން" ހޯދުމެވެ.

މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރަދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންކަމުން، އެ މެންބަރުން ޖަވާބުދާރީވާން ޖެހޭނީ ސަރުކާރަކަށް ނޫނެވެ. ރައްޔިތުންނަށެވެ. ބޭނުން ބިލެއް ބޭނުން ގޮތަކަށް ފާސްކޮށްލާ، ބޭނުންވީމާ ޖަލްސާތައް ކެންސަލް ކޮށް، ފޫހިވީމާ ޖަލްސާތައް ބާއްވާލަން ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ އަމިއްލަ ހަރު މުދަލެއް ނޫނެވެ. އެއީ ޕީއެންސީ މެންބަރުގެ އަމިއްލަ ގެ އެއް ވެެސް ނޫނެވެ. 

ބަތް ކައްކާ ކުޅޭ އުސޫލުން ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 2026 ވަނަ އަހަރުގެ ޖަލްސާތައް ވާއެއް ނުވާއެއް ނޭނގި ކެންސަލް ކުރަމުންގޮސް ޖަލްސާއެއް ނުބާއްވާތާ 35 ދުވަހަށް ފަހު މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރު ވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިވަނީ ބުނެފަ އެވެ. ސުވާލަކީ ޖަލްސާތައް ކެންސަލް ނުކޮށް މިފަހަރު ކުރިއަށްދާނީ ކިތައް ދުވަހަށް ތޯ އެވެ.

ރައްޔިތުންގެ މަޖިލިސްޕީއެންސީޑރ. މުޙައްމަދު މުޢިއްޒުދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

35 ދުވަހަށް ފަހު އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ބުނެފި

08 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

07 އެޕްރީލު 2026
ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު