Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ވިދާޅުވީ، ޕާކިސްތާންގައި މިހާރު ކުރިއަށްދާ ވާހަކަ ތަކަކީ މަސްލަޙަތު ޤާއިމު ކުރުމަށާއި، އަލުން ހަނގުރާމައެއްގެ ތެރެއަށް ދިޔަ ނުދީ ހިފެހެއްޓުމަށް ލިބިފައިވާ ވަރަށް މުހިންމު ޑިޕްލޮމެޓިކް ފުރުސަތެއް ކަމަށް ސެކްރެޓަރީ ޖެނަރަލް ގުޓަރޭސް ޤަބޫލު ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2026 | ހޮނިހިރު 03:23
އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޕާކިސްތާންގައި ކުރިއަށް ގެންދާ މަޝްވަރާ ތަކުގެ ބޭނުން ހިފައި، ދެ ޤައުމުގެ ދެ މެދުގައި އޮތް ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފި އެވެ. 

ގުޓަރޭސް މިހެން ގޮވާލައްވާފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި މަޝްވަރާތައް ފެށުމަށް ތައްޔާރު ވަމުން އަންނަ ވަގުތެއްގަ އެވެ. 

އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ވިދާޅުވީ، ޕާކިސްތާންގައި މިހާރު ކުރިއަށްދާ ވާހަކަ ތަކަކީ މަސްލަޙަތު ޤާއިމު ކުރުމަށާއި، އަލުން ހަނގުރާމައެއްގެ ތެރެއަށް ދިޔަ ނުދީ ހިފެހެއްޓުމަށް ލިބިފައިވާ ވަރަށް މުހިންމު ޑިޕްލޮމެޓިކް ފުރުސަތެއް ކަމަށް ސެކްރެޓަރީ ޖެނަރަލް ގުޓަރޭސް ޤަބޫލު ކުރައްވާ ކަމަށެވެ. 

އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައިގެން ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށް ގުޓަރޭސް ބާރު އަޅުއްވާފައިވާ ކަމަށް ވެސް ޑުޖަރިކް ވަނީ ވިދާޅުވެފަ އެވެ. 

މި މަޝްވަރާ ތަކާ ގުޅޭ ގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ޑުޖަރިކް ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބު ޖޯން އަރްނޯލްޓް މިވަގުތު ހުންނެވީ އީރާންގެ ވެރި ރަށް ތެހެރާންގައި ކަމަށެވެ. އަދި ސަރަހައްދީ ފެންވަރުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އޭނާ އެ ސަރަހައްދުގައި މަޑު ކުރައްވާނެ ކަމަށް  ވެސް ޑުޖަރިކް ވިދާޅުވި އެވެ. 

ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާ ތަކަށް އދ. ގެ މަންދޫބަކު ފޮނުވުމަށް ގަސްދުކުރޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޑުޖަރިކް ވިދާޅުވީ، ވަކިން ޚާއްސަކޮށް އެ މަޝްވަރާ ތަކަށް މަންދޫބަކު ފޮނުވުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް، މަޝްވަރާ ތަކުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން ވަނީ އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ. އޭގެ ރައްދުގައި އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދޭން ފެށުމާ އެކު، ސަރަހައްދުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫއެންއ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

11 އެޕްރީލު 2026
ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް
10 އެޕްރީލު 2026

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

10 އެޕްރީލު 2026
އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު
10 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

10 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ
10 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

10 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް
09 އެޕްރީލު 2026

ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް

09 އެޕްރީލު 2026
ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު