Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ނިއުކްލިއާ ބާރު ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، އީރާންއާ ދެމެދު ބާއްވާ މަޝްވަރާތައް ނުވަތަ ދެކެވޭ ވާހަކަ ތަކުގައި އެއްވެސް އެއްބަސްވުމެއް ޤާއިމު ކުރާ ނަމަ، އެއީ ނިއުކްލިއާ ހަތިޔާރު ފުރިހަަަމަ އަށް ނައްތާލާ އެއްބަސްވުމަކަށް ވާން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 03:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

ނިއުކްލިއާ ބާރު ނުވަތަ ނިއުކްލިއާ ހަތިޔާރު އުފެއްދުން ދޫކޮށްލުމަށް އީރާން އަށް މަޖުބޫރު ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ. 

ޓްރަމްޕް ވިދާޅުވީ، އީރާންއާ ދެމެދު ބާއްވާ މަޝްވަރާތައް ނުވަތަ ދެކެވޭ ވާހަކަ ތަކުގައި އެއްވެސް އެއްބަސްވުމެއް ޤާއިމު ކުރާ ނަމަ، އެއީ ނިއުކްލިއާ ހަތިޔާރު ފުރިހަަަމަ އަށް ނައްތާލާ އެއްބަސްވުމަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެކަން ކުރިއަށް ދާނީ ރަނގަޅަށް ކަމަށާއި، އެއް ގޮތަކަށް ނުވަތަ އަނެއް ގޮތަކުން އެކަން ރަނގަޅަށް ކުރިއަށް ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންއާ ދެމެދު ވާހަކަ ދެއްކުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި އިރު، މި ވާހަކަ ތަކުގެ ނަތީޖާ އަކީ ކޮބައި ކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ ލަނޑު ދަނޑި އަކީ ނިއުކްލިއާ ހަތިޔާރު ފުރިހަމަ އަށް ނައްތާލުން ކަމަށް ޓްރަމްޕް ވަނީ ސާފުކޮށް ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވަނީ، ހޮރްމޫޒް ކަނޑު އޮޅިއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ހޮރްމޫޒް ކަނޑު އޮޅިން އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަށް އެމެރިކާ އިން ހުއްދަ ނުދޭނެ ކަމަށެވެ. އެ ކަނޑު އޮޅި މެދުވެރިކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ކުރިއަށް ދާތީވެ، އެ ސަރަހައްދުގައި އެއްވެސް ފީއެއް ނުނެގޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލަ އަކީ އެމެރިކާ އާއި އީރާންއާ ދެމެދު އޮންނަ ބޮޑު މައްސަލަ އަކަށް ވާތީ، މި ސަރަހައްދުގައި އެމެރިކާ އިން ވަރުގަދަ ފިޔަވަޅު ތަކެއް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

ޕާކިސްތާންގައި ކުރިއަށްދާ މަޝްވަރާ ތަކުގެ ބޭނުން ހިފުމަށް ގުޓަރޭސް ގޮވާލައްވައިފި

11 އެޕްރީލު 2026
ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

11 އެޕްރީލު 2026
އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

10 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

10 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

10 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު