Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސުލްޙައިގެ މަޝްވަރާ ތަކަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް

މި މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް މިހާރު ވަނީ ޕާކިސްތާން އަށް ވަޑައިގެންފައި. މަޝްވަރާ ތަކުގައި އީރާންގެ ވަފުދު ބައިވެރިވާނެ ކަމާ މެދު މީގެ ކުރިން ސުވާލު ތަކެއް އުފެދުނު ނަމަވެސް، އީރާން އިން ވެސް މަޝްވަރާ ތަކުގައި ބައިވެރިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 03:18
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ ސުލްޙައިގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާން އަށް ވަޑައިގަންނަވާނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ. 

ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ތަޤުރީރުގައި ބޮޑު ވަޒީރު ޝެހްބާޒް ވިދާޅުވީ، އޭނާ ދެއްވި އިޚުލާސްތެރި ދައުވަތު ޤަބޫލު ކުރައްވައި އެމެރިކާ އާއި އީރާންގެ އިސްވެރިން ޕާކިސްތާންގެ އިސްލާމްއާބާދަށް ވަޑައިގަންނަވާ ކަމަށެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ސަރަހައްދީ ސުލްޙަ ޤާއިމު ކުރުމާ ގުޅޭ ގޮތުން ކަމަށް ވެސް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

މި މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް މިހާރު ވަނީ ޕާކިސްތާން އަށް ވަޑައިގެންފަ އެވެ. މަޝްވަރާ ތަކުގައި އީރާންގެ ވަފުދު ބައިވެރިވާނެ ކަމާ މެދު މީގެ ކުރިން ސުވާލު ތަކެއް އުފެދުނު ނަމަވެސް، އީރާން އިން ވެސް މަޝްވަރާ ތަކުގައި ބައިވެރިވެ އެވެ. 

ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވީ، މަޝްވަރާގެ މޭޒަށް އައުމަށް ދެ ޤައުމުން ވެސް އެއްބަސްވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތީ އުނދަގޫ މަރުޙަލާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ވަގުތީ ގޮތުން ހަނގުރާމަ މެދު ކަނޑާލުމަށް މިހާރު އެއްބަސްވެފައިވާ ކަމަށާއި، ދާއިމީ ސުލްޙައެއް ޤާއިމު ކުރަން ޖެހޭ މަސައްކަތްތައް މާ ބޮޑު ވާނެ ކަމަަށް ވެސް ބޮޑު ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އެ ތަޤުރީރުގައި ބޮޑު ވަޒީރު ވަނީ ޕާކިސްތާންގެ އަމިއްލަ ބައެއް ސިޔާސަތު ތަކަށް ގެނެސްފައިވާ ބަދަލުތައް ވެސް އިއުލާން ކުރައްވައިފަ އެވެ. ސުލްޙައިގެ މަޝްވަރާ ތަކަަށް އެމެރިކާ އާއި އީރާާން އިން އެއްބަސްވުމުގެ ކުރިން، ޕާކިސްތާން އިން ވަނީ ދެ ޤައުމުގެ ދެ މެދުގައި މެސެޖު ބަދަލު ކޮށްދީފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖޭޑީ ވޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

10 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

10 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

10 އެޕްރީލު 2026
ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް

ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް

09 އެޕްރީލު 2026
އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު