Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ޤާނޫނީ ޙައްގު ދުލެއް ނުކުރާނެ: ރޫހީ ލީޑަރު

މީގެ އިތުރުން އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް އަމާޒުކޮށް ދެމުންދާ އިންޒާރު ތަކަށް އިޝާރާތް ކުރައްވައި މުޖުތަބާ ޚާމަނާއީ ވިދާޅުވީ، ބޭރުގެ ބާރު ތަކުން ކުރިމަތި ކުރާ ފިއްތުން ތަކަށް އީރާން އިން ބޯ ނުލަނބާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އެޕްރީލު 2026 | ހުކުރު 08:15
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ.

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ. | ރޮއިޓާސް

އީރާން އިން އެއްވެސް ޤައުމަކާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އެމެރިކާ އާއި އިޒްރޭލް އިން ކުރިމަތި ކުރާ ނުރައްކާ ތަކުގެ ކުރިމަތީގައި އެ ޤައުމުގެ ޤާނޫނި ހައްގު ދޫކޮށް ނުލާނެ ކަމަށް އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނައީ ވިދާޅުވެއްޖެ އެވެ. 

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ މިހެން ވިދާޅުވެފައި ވަނީ އެ ޤައުމުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އާންމު ކުރި ޚާއްސަ މެސެޖެއްގަ އެވެ. 

އީރާންގެ ދައުލަތުގެ ޓީވީ އިން އާންމު ކުރި އެ މެސެޖުގައި މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އީރާންގެ ސިޔާސަތަކީ ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުން ކަމަށާއި، އެއްވެސް ފަރާތަކާއެކު ކުރިމަތި ލުމަކަށް ދިޔުމަީ އީރާން އިން އެދޭ ގޮތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޤައުމުގެ އިސްތިޤުލާލާއި، ރައްޔިތުންގެ ރައްކާތެރި ކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއްގައި ދޫ ނުދޭނެ  ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފަ އެވެ. 

މީގެ އިތުރުން އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް އަމާޒުކޮށް ދެމުންދާ އިންޒާރު ތަކަށް އިޝާރާތް ކުރައްވައި މުޖުތަބާ ޚާމަނާއީ ވިދާޅުވީ، ބޭރުގެ ބާރު ތަކުން ކުރިމަތި ކުރާ ފިއްތުން ތަކަށް އީރާން އިން ބޯ ނުލަނބާނެ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނު ތަކުގެ ދަށުން އީރާން އަށް ލިބިދީފައިވާ ހައްގުތައް ހިމާޔާތް ކުރުމުގައި ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް ވެސް އެ މެސެޖުގައި މުޖުތަބާ ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. 

މިއީ އީރާންގެ އެންމެ މަތީވެރިޔާގެ މަގާމާ ހަވާލުވެ ވަޑައިގެންެވުމަށް ފަހު، ބޭރުގެ ޤައުމުތަކާ މެދު ގެންގުޅޭނެ ސިޔާސަތާ ގުޅޭ ގޮތުން މުޖުތަބާ ޚާމަނާއީ ދެއްވި ފުރަތަމަ މެސެޖެވެ. މި މެސެޖު އައިސްފައި މި ވަނީ މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، އީރާން އާއި ހުޅަނގުގެ ޤައުމު ތަކާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ވަގުތެއްގަ އެވެ. 

މުޖުތަބާ ޚާމަނާއީ އަކީ އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. އޭނާ އެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ، އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އާޔަތުﷲ ޚާމަނާއީ އަވަހާރަ ކޮށްލި ފަހުންނެވެ. މަގާމާ ހަވާލުވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ފެނިފައި ނުވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

އިތުރަށް ކިޔާލަން

10 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ

10 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ބޯޓު ތަކަށް އީރާން އިން ހުރަސް އަޅާތީ ޓްރަމްޕް ކޯފާ ވެއްޖެ
10 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

10 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް
09 އެޕްރީލު 2026

ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް

09 އެޕްރީލު 2026
ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް
09 އެޕްރީލު 2026

އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

09 އެޕްރީލު 2026
އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި
09 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި

09 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު