Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ ކެމްޕޭން

ދައުލަތުގެ މާލިއްޔަތު ހުސްކޮށްގެން ކެމްޕޭނު ކުރުމުންވެސް ފެނިގެން ދިޔައީ މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާ މިންވަރު: ބޮންޑާ

އިންތިޚާބާ ދިމާކޮށް ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތަކެއް ކުރި ނަމަވެސް، ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަވެފައިވާ ކަމަށް ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި. ދައުލަތުގެ ކުންފުނިތައް ދަރަނިވެރިވެފައިވާ މި ދަނޑިވަޅުގައި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފެށީ ސަރުކާރަށް އޮތް ތާއީދު ކުޑަވުމުން ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 17:49
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ބޮންޑޭ ވިދާޅުވީ މި ސަރުކާރުގައި ހަލާލު އިސްޓިކާ ވެސް ނެތް ކަމަށް.

މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ބޮންޑޭ ވިދާޅުވީ މި ސަރުކާރުގައި ހަލާލު އިސްޓިކާ ވެސް ނެތް ކަމަށް. | ރާއްޖެއެމްވީ

ދައުލަތުގެ މާލިއްޔަތު ހުސްކޮށްގެން ކެމްޕޭނު ކުރުމުންވެސް ފެނިގެން ދިޔައީ މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާ މިންވަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، އިންތިޚާބު ނިމުމަށްފަހު ދައުލަތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި، އެ ފިޔަވަޅުތައް އަޅަން ފެށީވެސް އިތުރަށް ސަރުކާރަށް ތާއީދެއް ނެތްކަން ހާމަވުމުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ހުސްކޮށްގެން ބައެއް ދާއިރާތަކުގެ ގޮނޑި ގަނެގެން އެ ދާއިރާތަކުގެ ގޮނޑި ޕީއެންސީ އަށް ކާމިޔާބު ކުރެވިދާނެ ކަމަށް ސަރުކާރަށް ހީވި ނަމަވެސް، ކަންވީ އެހެނެއް ނޫންކަންވެސް ބޮންޑާ ފާހަގަ ކުރެއްވި އެވެ.

ވޯޓު ގަނެވޭކަށް ނެތް، ފައިސާ ދިނަސް ވޯޓު ދެނީކީ ނޫން، ކުންފުނިތައް ހިސޯރުކޮށްގެން އުޅުނަސް މޮޅުވަނީކީ ނޫން، ބޮޑުތަނުން ނޫނެކޭ އެ ބުނީ، ބަރުލަމާނީއަށް ބުނި ވަރަށްވުރެވެސް ބޮޑަށް އެ އޮތީ ނޫނެކޭ ބުނެފައި. ދެން ކުންފުނިތަކުން އެގޮތަށް (ޚަރަދު ކުޑަކުރަން) ބުނާނެތާ.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ، ދައުލަތުގެ އެތައް ކުންފުންޏެއް ދަރަނިވެރި ވެފައިވާ ކަމަށާއި، ބައެއް ކުންފުނިތައް ބަނގުރޫޓުވެސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މިފަހަރު ރައްޔިތުން ނޫނެކޭ ބުނި ގޮތަށް މުޅި ސަރުކާރަށްވެސް ދެން ނޫނެކޭ ބުނާނެ ކަމަށެވެ.

ބޮންޑާ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށެވެ. ހަމައެއާއެކު، ރައީސް ޑރ މުޙައްމަދު މުއިއްޒަށް ދެން ދިވެހި ރައްޔިތުން ތާއީދެއް ނުކުރާނެކަމަށްވެސް ބޮންޑާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު (ބޮންޑާ)ޕީއެންސީސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

11 އެޕްރީލު 2026
އިންތިޚާބާއި ގުޅިގެން އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ކޮށްފި

އިންތިޚާބާއި ގުޅިގެން އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ކޮށްފި

04 އެޕްރީލު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު