Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫނެކޭ ކެމްޕެއިން

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ރައްޔިތުންގެ ބާރު ކަނޑުވާލައި، މަޖިލީހުގެ ޒިންމާތައް ހަނިކުރުމަށް ކުރާ ކަމެއް ކަމަށް ބޮންޑާ ވިދާޅުވެއްޖެ. މި ވޯޓަކީ ޑިކްޓޭޓަރޝިޕަކަށް މަގުފަހިކުރުމަށް ރޭވިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، މިކަމާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ކަނޑުވާލުމަށް ކުރާ މި މަސައްކަތަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 03:49
 ރާއްޖެ ޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ.

ރާއްޖެ ޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ހީލަތްތެރިކަމާއެކު މި ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނަގަގައިގެން ދެ އިންތާބު އެއްކޮށްލަން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ފޮނުވި "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ އަވަސް އަރުވާލައިގެން ގާނޫނުތަކަށް ބަދަލުގެނެސްގެން ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަމުގަ އެވެ.

Advertisement - newsAdvertisement

ބޮންޑާ ވިދާޅުވީ ރައްޔިތުންގެ ބާރު ފެށޭ ހިސާބަކީ ރައްޔިތުން މަންދޫބުން އެކި  ދާއިރާތަކުން ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ކަމަށާއި އެމީހުންގެ ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. ނަމަވެސް ސަރުކާރު ޖާވާބުދާރީ ކުރުވާ ރައްޔިތުންގެ މަޖިލީހަކީ ޑިކްޓޭޓަރުން ވަރަށް ޖެހިލުންވާ ތަނެއް ކަމުގައި ބޮންޑާ ވިދާޅުވި އެވެ. އަދި އެފަދަ ވެރިކަމެއްގަ ރައްޔިތުންގެ މަޖިލީހަކީ މާ ބޮޑު އަމިއްލަ ބާރެއް އޮތް ތަނެއް ނޫންކަން ތާރީހުން ހެކިދޭ ކަމަށާއި، ރާއްޖެ އިން ވެސް މިހާރު ފެނިގެންދާނީ ހުދުމުހުތާރު ވެރިން ބާރުތައް މުށުތެރެއަށް ޖަމާ ކުރާގޮތަށް ޖަމާކުރަމުންދާ މަންޒަރުކަމަށް ބޮންޑާ ސިފަކުރެއްވި އެވެ.   

މިއީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކުރާ ކަމެއް. ރައްޔިތުންގެ ބާރު ފެށޭ ހިސާބަކީ ރައްޔިތުންގެ މަންދޫބުން ތަކެއް ރައްޔިތުންގެ ފަރާތުން އެކި ރަށްރަށުން އެކި އަތޮޅުތަކުން، އެކި ދާއިރާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން. އެމީހުންގެ ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން.އެއީ ވެރިކަންހިންގާ ޑިކްޓޭޓަރުން ވަރަށް ބިރުގަންނަ ކަމެއް. އަޅުގަނޑުމެން މިރާއްޖޭގަ ޑިކްޓޭޓަރޝިޕެއް ތަޖުރިބާ ކޮށްފިން. އޭރުގަ ނޭނގެ މިރާއްޖޭގަ މަޖިލީހެއް އޮންނަ ކަމެއް ވެސް. ރައްޔިތުންގެ ހައްގުގަ ވަކާލާތުކުރާ މީހެއް އޭރުގަ ލަނީ ޖަލަށް. އަނދަގޮނޑިޖަހަނީ.  އެހެންވީމަ މިހާރު މުއިއްޒު ކަހަލަ ޑިކްޓޭޓަރަކަށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ އޭނަ އަށް ވަރަށް ބޮޑު ބިރެއް. ފުރަތަމަ މަރުހަލާގަ ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލައިފި. މަޖިލީހުގެ ވަކި ވަކި މެމްބަރުން. ރައްޔިތުންގެ ހައްގުގަ ވާހަކަ ދައްކާ މީހުންގެ ދުވަސް ދުއްވާލީ. މިހާރު ތިބީ އަނގަ ބަންދުކޮށްފަ. ދެން ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލީ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ރައްޔިތުންގެ މަޖްލިސް އުވާލުމުގެ ބާރު ސަރުކާރަށް ނެތީމަ، މަޖިލީހުގެ ބާރު ކަނޑުވާލަން ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖްލިސް ކުރުގަޅުވާލާފަ ކަމަށް ބޮންޑާ ވިދާޅުވި އެވެ. ބޮންޑާ ވިދާޅުވީ ރައްޔިތުންގެ މަޖްލިސް މިހާރު މަސައްކަތް ކުރަނީ ކުޑައެއް ހުޅުވާ ލައްޕާ ބީދައިން ކަމާ، އަދި އެ ކުޑަ ހުޅުވުމާ ލެއްޕުން ކޮންޓްރޯލް ކުރަނީ ރައީސް މުއިއްޒުޒެ އަތްޕުޅުގަ އޮންނަ ބަޓަނަކުން ކަމަށެވެ.

ބޮންޑާ ވަނީ ސަރުކާރުން ރައްޔިތުންގެ ކަނު ބަނދެފަ މި ނަގާ ވޯޓުގަ ހުރިހާ ރައްޔިތުން ވެސް ބޮޑުތަނުން ނޫނެކޭ ބުނުމަށް ގޮވާލާފަ އެވެ.  

އިބްރާހިމް ރަޝީދު (ބޮންޑާ)ޑރ. މުއިއްޒުރައްޔިތުންގެ މަޖިލިސްނޫނެކޭ ކެމްޕެއިންޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އކަީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އކަީ މަޖިލިސް އުވާލުން ކަމަށް ވެދާނެ، މިއީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން: ޖިނާހު

23 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް: އަސްލަމް

23 މާރިޗު 2026
ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

ސަރުކާރުން އުޅެނީ މުއިއްޒު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި މަޖިލިސް އުވާލެވޭނެ ފަދަ ހީލަތެއް ހަދަން: ބޮންޑާ

23 މާރިޗު 2026
މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންނާ އަންހެނުން ކަމަށް ކަނޑައަޅަން ދިރާސާ ކުރަނީ

23 މާރިޗު 2026
ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

ވޯޓަށް ނުފޫޒުފޯރުވުމަށް ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީ އިން އެޗްއާރްސީއެމް އަށް

23 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު