Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ އިންތިޚާބު އެއްކުރުން

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

ސުއޫދު ވަނީ ފެންނަ ނުފެންނަ ވޯޓު ނަގަނީ ހެޔޮ ނިޔަތުގައިތޯ ސުވާލު އުފައްދަވާފައި، އަދި މިފަދަ ބަދަލެއް ގެންނައިރު އެކަމުގެ ދެކޮޅުބަލައި ސަރުކާރުން ވަޒަން ކުރަން ޖެހޭ ކަންކަން ވަޒަން ކޮށްފައިވޭތޯވެސް ސުއޫދު ސުވާލު އުފައްދަވާފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2026 | އަންގާރަ 05:02
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެއެމްވީ

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި އެ މައްސަލަތައް އެއްފަރާތުގައި ބަހައްޓާފައި ދެ އިންތިޚާބު އެއްކޮށްލަން މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތިވާނެކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.  

ދެ އިންތިޚާބު އެއްކޮށްލައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ނެގުމަށް ސަރުކާރުން ނިންމާފައިވާއިރު، އެކަމާ ދެކޮޅަށް ވަނީ ކެމްޕޭނެއް ފަށާފަ އެވެ. އެ ކެމްޕޭނުގެ މައުލޫމާތު ހިއްސާކުރާ އެކްސް އެކައުންޓުން ވަނީ ސުއޫދުގެ ވީޑިއޯ މެސެޖެއް ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯ މެސެޖުގައި ސުއޫދު ވަނީ ފެންނަ ނުފެންނަ ވޯޓު ނަގަނީ ހެޔޮ ނިޔަތުގައިތޯ ސުވާލު އުފައްދަވާފަ އެވެ. އަދި މިފަދަ ބަދަލެއް ގެންނައިރު އެކަމުގެ ދެކޮޅުބަލައި ސަރުކާރުން ވަޒަން ކުރަން ޖެހޭ ކަންކަން ވަޒަން ކޮށްފައިވޭތޯވެސް ސުއޫދު ސުވާލު އުފައްދަވާފައިވެ އެވެ.

ސުއޫދު ވިދާޅުވީ، ދައުލަތް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އަދި ޤާނޫނުއަސާސީ އަށް ގެންނަންޖެހޭ ބައިވަރު ބަދަލުތައްވެސް އެބަހުރިކަން ފާހަގަ ކުރައްވައި ސުއޫދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުން ދިއުން ޤާނޫނުއަސާސީ މެދުވެރިކޮށް ހުއްޓުވުން މުހިއްމު ކަމަށް ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުން، ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ރައްޔިތުން ޤަބޫލު ކުރާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. އެއީ ސިޔާސީ ހުރިހާ ފަރާތްތަކުންވެސް އަބަދުވެސް އިއްތިފާޤުވަމުން އަންނަ ކަމެއްކަމަށް ސުއޫދު ވިދާޅުވި އެވެ.

ހަމައެއާއެކު، އޭސީސީއާ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށްޗެސް އެކިކަހަލަ ނުފޫޒު ފޯރުވޭގޮތަށް އޮންނަ އޮތުން ބަދަލު ކުރަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވަނީ މީގެ އިތުރުންވެސް ބަދަލު ގެންނަން ޖެހިފައިވާ މުހިއްމު ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންޓްރޯލް ކުރުން، މަދު ކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައްޔިތުން ޤަބޫލު ކުރޭ، ދެން ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގަދަކަމުން އޮބަހައްޓައިގެން ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކަށް ވެރިކަން ކުރުމަށް މިހާރު މިވަނީ އުނދަގޫވެފައި، މިއީ ޤާނޫނުއަސާސީއަށް އިސްލާޙު ގެންނަންޖެހޭ މުހިއްމު ކަންކަން.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމެއް ހުއްޓައި އެޖެންޑާގެ އެންމެ ކުރިއަށް ދެ އިންތިޚާބު އެއްކޮށްލުން އައީ ކީއްވެ ތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ސަރުކާރުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމެއްކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި އެ މައްސަލަތައް އެއްފަރާތުގައި ބަހައްޓާފައި ކީއްވެ މިކަމަށް އެންމެ ފުރަތަމަ އިސްކަމެއް ދެވިގެން މި ދިޔައީ، މިއީ ހެޔޮ ނިޔަތުގައި ކުރާ ކަމެއްކަމަށްވަންޏާ ސަރުކާރުން ޖެހޭ އޮޅުން ފިލުވައިދޭން މިކަން، ދެން ހުރި ކަންކަން ކީއްވެގެންތޯ އެއްފަރާތް ކޮށްފައި މި ހުރީ، ނުވަތަ އެކަން ކުރާނެތޯ، އެޖެންޑާއަކީ ކޮބައިތޯ ކޮން ވަގުތެއްގައިތޯ ކުރާނީ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވީ، އެކަންކަން އޮޅުންފިލުވައި ނުދެވޭނަމަ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތިވާނެ ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހަމައެކަނި ފެށުމެއް ކަމަށާއި، އެ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ، މިނިވަން އަދި ދެފުށްފެންނަ އިތުރު އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޤާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިންތިޚާބުހުސްނުއްސުއޫދުސަރުކާރުޖޭއެސްސީ

އިތުރަށް ކިޔާލަން

01 މާރިޗު 2026

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

01 މާރިޗު 2026
ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު
23 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި

23 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި
20 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

20 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު
16 ފެބުރުއަރީ 2026

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް
08 ފެބުރުއަރީ 2026

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު