Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޭވަށު ވޯޓު ރީކައުންޓް

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

މ. ވޭވަށު ކައުންސިލްގެ އިންތިޚާބުގެ ވޯޓު އަލުން ގުނި ނަމަވެސް، ކުރިންވެސް ކުރިހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަން ނަޢީމް އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފި. ބާތިލު ވޯޓުތަކާ ގުޅިގެން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވޯޓު އަލުން ގުނުމުން ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދަށް ކުޑަ ބަދަލެއް އައި ނަމަވެސް، ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު ރަސްމީކޮށް އިޢުލާންކުރުމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 03:15
 މ. ވޭވަށު ވޯޓު އަލުން ގުނުމުގެ ތެރެއިން

މ. ވޭވަށު ވޯޓު އަލުން ގުނުމުގެ ތެރެއިން | ޕީއެސްއެމް

މ. ވޭވަށު ކައުންސިލްގެ އިންތިޚާބުގެ ވޯޓު އަލުން ގުނުމުންވެސް އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. 

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ދެ ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މުޙައްމަދު ނަޒީޙް އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އަހުޝަން ނަޢީމް އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އަހުޝަން ނަޢީމަށް ލިބިފައިވަނީ 122 ވޯޓެވެ. މުޙައްމަދު ނަޒީޙަށް ލިބިފައިވަނީ 120 ވޯޓެވެ. ވޯޓު އަލުން ގުނަން ޖެހުނީ ބާތިލު ވޯޓުތަކާ ގުޅިގެން ނަތީޖާ ކަށަވަރުނުވާ ކަމަށް ބުނެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް އިންތިޚާބުގެ ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަލުން ގުނި ނަތީޖާ އިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 83 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 76 ވޯޓެވެ.

މި ފޮށިން ވޯޓުތައް ބާތިލުވާން މެދުވެރިވީ ވޯޓު ކަރުދާހުގައި ޖަހަންޖެހޭ ރަނގަޅު ފާހަގައިގެ އިތުރުން އެކި ކުރެހުންތައް ކުރަހާފައި ހުރުމުގެ ސަބަބުންނާއި އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން ނުވަތަ އެއްވެސް މީހަކަށް ފާހަގަ ޖަހާފައި ނުވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވަ އެވެ.

ވޭވަށު ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 256 މީހުންނަށް ލިބިފައިވާއިރު އޭގެ ތެރެއިން 247 މީހަކު ވޯޓުލާފައިވެ އެވެ. އަދި މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހަތް ވޯޓު ވަނީ ބާތިލުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ގިނަ ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށް ނިމިފައިވާ ކަމަށެވެ. މިހާރު ނަތީޖާ ހާމަނުކުރެވި ހުރީ ހަމައެކަނި ޝަކުވާތަކާ ގުޅިގެން އަލުން ގުނަންޖެހޭ ފޮށިތަކުގެ ނަތީޖާ އެވެ. މި އިންތިޚާބުގައި ދެލައްކަ ނުވަދިހަހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަން ފާހަގަކުރެވެ އެވެ.

މި ފޮށިތަކުގެ ނަތީޖާއާއެކު ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންޕީއެންސީއެމްޑީޕީވޯޓު އަލުން ގުނުންމ. ވޭވަށްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

10 އެޕްރީލު 2026
މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

10 އެޕްރީލު 2026
 އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފި

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު