Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ

އޭނާ ވިދާޅުވީ ވޯޓު ބާތިލުވާ ގޮތްތަކާ ގުޅޭގޮތުންވެސް އެމްޑީޕީގެ ބައެއް ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް. އެގޮތުން މޭޔަރު އިންތިޚާބާއި، ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު ހިމެނޭއިރު، އިލެކްޝަންސްއިން އެ 3 އިންތިޚާބަށްވެސް ދެނީ އެއް ކަރުދާސްކޮޅު ކަމަށާއި، އެކަމުގެ ސަބަބުން ވޯޓު ބާތިލުވާއިރު ދެން އޮތް ދެ އިންތިޚާބުގެ ވޯޓުވެސް ބާތިލުވެގެންދާކަމަށް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 17:25
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު،

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު، | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރިފަރެންޑަމްގެ މައުލޫމާތު ދިނުމަށް ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު ވިދާޅުވީ، ރެފަރެންޑަމް ވޯޓާ ގުޅޭ އެކަށީގެންވާ މައުލޫމާތުވެސް ދިވެހި ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށާއި، އެމްޑީޕީން އިސްނަގައިގެން ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައިވެސް އެމްޑީޕީން އެކިއެކި ޙަރަކާތްތައް ހިންގަމުންދާކަމަށެވެ.

އެމް.ޑީ.ޕީގެ ފަރާތުން މިކަމަށް ތައްޔާރުވުމުގެ ގޮތުން ކޮމިޓީއެއް ނަގައިގެން މިހާރުވެސް މިދަނީ މާލޭގައި ކޮންމެ ދުވަހަކު ޕިކަޕް ޖަލްސާ ބާއްވަމުން. އަދި އެއާއެކު، އަޅުގަނޑުމެން މީޑިއާއާ ގުޅިގެން ހޭލުންތެރިކޮށް ޕްރޮގްރާމުތައް އެބަ ކުރިއަށް ގެންދަން. ރާއްޖޭގެ ރަށްރަށުގައި އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރޝިޕުން ކުރާ ދަތުރުތަކުގައި މި މަޢުލޫމާތު އެބަދެން.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ)

އޭނާ ވިދާޅުވީ ވޯޓު ބާތިލުވާ ގޮތްތަކާ ގުޅޭގޮތުންވެސް އެމްޑީޕީގެ ބައެއް ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން މޭޔަރު އިންތިޚާބާއި، ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު ހިމެނޭއިރު، އިލެކްޝަންސްއިން އެ 3 އިންތިޚާބަށްވެސް ދެނީ އެއް ކަރުދާސްކޮޅު ކަމަށާއި، އެކަމުގެ ސަބަބުން ވޯޓު ބާތިލުވާއިރު ދެން އޮތް ދެ އިންތިޚާބުގެ ވޯޓުވެސް ބާތިލުވެގެންދާކަމަށެވެ. އަޅުގަނޑުމެން މި ބުނަނީ މި އިންތިޚާބުގައި ތިން ކަރުދާސްކޮޅު ދޭންޖެހޭއިރު އެއް ކަރުދާސްކޮޅު ދީގެންނޭ މި ވޯޓު ކުރިއަށް ގެންދަނީ. އެއީ މިސާލަކަށް މޭޔަރު ހޮވާއިރު ހޮވުމަށާއި، އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި، ކައުންސިލަށް، އެއް ކަރުދާސް. އެހެންވީމާ، މުޅި ކަރުދާސް ބާޠިލުކުރުމަށްޓަކައި އެ ބޭފުޅުން އެ ގެންގުޅޭ ހަނި ވިސްނުމަކީ، ގާނޫނީގޮތުން އެ ނަންގަވާ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް. ހަމައެކަނި މޭޔަރުގެ ގޮޅީގައި ކުރުހާފައި އޮތް ކަމަށް ވެއްޖެއްޔާ ދެން އަންހެނުންނަށް ޚާއްޞަ ބައާއި އަދި ކައުންސިލަށް ޚާއްޞަ ބައި ބާޠިލުނުކުރާށޭ އަޅުގަނޑުމެން މި އެދެނީ. އެއީ އާއްމު ގާނޫނުގައި މި ބުނަނީ ވަކި ކަރުދާސްކޮޅެއްގައި އެއްޗެއް ކުރުހާފައި އޮތިއްޔާއޭ، އެކަމަކު މި ބޭފުޅުން މި ދެނީ ތިން ކަރުދާސްކޮޅު ދޭންޖެހޭ ތަނަކަށް އެއް ކަރުދާސްކޮޅު. ދެން އެގޮތަށް އެކަން ނުކުރުމަށް އަޅުގަނޑުމެން މި އެދެނީ. — ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ)

ވަހީދު އިތުރަށް ވިދާޅުވީ، މި އިންތިޚާބަށް ހޭލުންތެރި ކުރުވުމަށްޓަކައި ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި، މުޅިންވެސް ފެންނަނީ ސަރުކާރުގެ އެކި ބޭފުޅުންނަށް ފުރުސަތުތައް ދެމުންދާ މަންޒަރު ކަމަށެވެ.

ހަމައެކަނި އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ފަރާތުން ރިފަރެންޑަމްއާ އެއްކޮޅަށް މި ދައްކާ ވާހަކަތައް ޕީ.އެސް.އެމުން ވަރަށް ރަނގަޅަށް އެބަ ގެނެއޭ މި އިންތިޚާބާ އެކުގައި. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް މި އިންތިޚާބުގައި ދެން އެއާއެއްކޮށް އިދިކޮޅު ޕާޓީގެ ގޮތުގައި އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ މިއަދު ޕީ.އެސް .އެމުން އެ މަސައްކަތް ކުރަމުން އެ ގެންދަނީ.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ)

ވަހީދު ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި، އެހެންކަމުން އެ ކަންބޮޑުވުންވެސް އެމްޑީޕީން އީސީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.  

 

ރެފަރަންޑަމް ބިލުވަހީދުސަރުކާރުއިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ

އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ

12 މާރިޗު 2026
މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

10 މާރިޗު 2026
ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

28 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު