Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަތަނީ ޚިދުމަތް

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

8 މާރިޗު 2026 | އާދީއްތަ 07:23

މެމްބަރު ވިދާޅުވީ، މި ބިލަކީ ޒުވާނުން ރަނގަޅު މަގުން ދިއުމަށް ބާރު އެޅުމަށް މުހިއްމު ބިލެއް ކަމަށާއި، ވަތަނީ ޚިދުމަތަށް ނުކުތުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް ޤަބޫލު ކުރެވޭ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2026 | އާދީއްތަ 07:23
ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު | ރާއްޖެ އެމްވީ

 

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރަންޖެހޭކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ވަތަނީ ޚިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، މި ބިލަކީ ޒުވާނުން ރަނގަޅު މަގުން ދިއުމަށް ބާރު އެޅުމަށް މުހިއްމު ބިލެއް ކަމަށާއި، ވަތަނީ ޚިދުމަތަށް ނުކުތުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ހަގީގަތުގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ވަތަނީ ޚިދުމަތުގެ މި ޕްރޮގްރާމަކީ ސްކޫލު ނިންމާ ކޮންމެ ދިވެހި ދަރިވަރަކަށް މަޖުބޫރުކޮށް ކުރަންޖެހޭ ކަމެއް،
ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު

އޭގެ ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ، ތައުލީމު ޙާސިލުކޮށް ނިންމުމަށްފަހު މަތީ ތައުލީމު ނުވަތަ ވަޒީފާގެ މާހައުލަށް ދިއުމާއި ދޭތެރޭގައި ދަރިވަރުންނަށް ބޮޑެތި ބަދަލުތަކެއް އައިސް ގޯސް މަގު ޚިޔާރު ކުރާ ކަމަށެވެ. ވަތަނީ ޚިދުމަތުގެ ބިލެއް ގެންނަން ޖެހެނީވެސް އެ ސަބަބާހުރެކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމް ހިންގަންވީ 3 މަސް ދުވަހަކަށް ނޫން ކަމަށާއި، ޕްރޮގްރާމް އަހަރަކަށްވެސް ހިންގިދާނެ ކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން ރޭނުމާއި ވަޑާން ކުރުން ފަދަ ކަންކަން ކުދިންނަށް ދަސްކޮށްދެވިދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.  

މީގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކާއި ލޯނު ސްކީމްތައް ދިނުމުގައިވެސް މި ޕްރޮގްރާމް ފުރިހަމަ ކޮށްފައި ތިބޭ ކުދިންނަށް ޚާއްސަކޮށް އިސްކަން ދޭން ޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

މި ބިލުގައިވާގޮތުން ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް އެކުލެވިގެންވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހުގެ އިތުރުން، ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ޚިދުމަތެއްގައި މަސައްކަތް ކުރުމެވެ. މިހާރު ބިލު އޮތްގޮތުން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ.

 

ވަތަނީ ހިދުމަތުގެ ބިލް ޕީއެންސީމަޖިލިސް

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު
08 މާރިޗު 2026

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

08 މާރިޗު 2026
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!
17 ފެބުރުއަރީ 2026

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

17 ފެބުރުއަރީ 2026
މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ
08 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށް ހިމަނާ ވަތަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2026

ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

08 ފެބުރުއަރީ 2026
ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!
03 ފެބުރުއަރީ 2026

ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ

03 ފެބުރުއަރީ 2026
ހަގީގަތް ހާމަ ކުރާތީ ޕީއެންސީ ތަމްސީލުކުރާ މަޖީލީސް މެންބަރުން، ދާއިރާގެ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކަނީ
03 ފެބުރުއަރީ 2026

ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!

03 ފެބުރުއަރީ 2026
ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!
27 ޖެނުއަރީ 2026

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

27 ޖެނުއަރީ 2026
ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި
20 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

20 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް
04 ޖެނުއަރީ 2026

ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!

04 ޖެނުއަރީ 2026
ޕީއެންސީ ގެ ބޮޑު ޖަލްސާ އަށް މީހުން އުފުލުމަށް އެމްޓީސީސީގެ ބަސްތައް ބޭނުން ކުރި ގޮތް ސާފު ކުރަން އެދުމުން ސީދާ ޖަވާބެއް ނުދީ މަސައްކަތް ކުރީ އޮޅުވާލަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް