Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

ޕީއެންސީއަކީ ސިޔާސަތެއް ނެތް، އިތުބާރު ނުހިފޭ ބައެއް ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 02:00
މާލޭގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

މާލޭގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން ކަމަށް މާލޭގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

ޕީއެންސީ އިން 3 ވަނަ އިންތިޚާބަކަށް ކުރިމަތިލާ އިރު މިހާތަނަށް ކޮށްދެވުނީ ކޮން ކަމެއްތޯ އާޒިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. އެ ފިކުރުގެ މީހުންނަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންނަށް އުނދަނގޫކޮށް ދޮގުހެދުން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. މި ސަރުކާރުން މާލެ އަށް ވެސް ކޮށްދިން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ ޚިލާފަށް އެމްޑީޕީ އަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެކަން ސާބިތުކޮށްދީފައިވާ އިތުބާރު ހިފޭ ބައެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ވެރިކަން ލިބުމާއި އެކު ފޮނިކަނޑަމުން، ދޮގު ހަދަމުން އެ ދުވަނީ. ދެން ވެރިކަމަށް އައިސް ބުނި ކަންކަން ނުކުރެވުނީމަ ޕާޓީގެ ލޯގޯ ބަދަލުކުރަން ޖެހޭނީ. އަނެއްކާވެސް އާ ލޯގޯ އެއް ހިފައިގެން އަންނަން ޖެހެނީ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ޕީއެންސީ އަކީ އިތުބާރު ހިފޭ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. މިހާތަނަށް އައި އިރު ރައްޔިތުންނަށްޓަކާ ސަރުކާރަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ކުރިމަތިލަނީ ރައްޔިތުންނަށް ދިމާވެފައި ހުރި މުހިންމު ކަންކަން އެމްޑީޕީ އިން ހައްލުކޮށްދިނުމަށް ފަހުގައި ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން އޭނާގެ މޭޔަރ ކަމުގައި މާލެ އަށް ބޭނުންވާ ކަންކަން ކޮށްދީފައިވާނެ ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. 

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކުރިން ވީ ވައުދުތައް ހަނދާން ނައްތާލެއްވުމަށް ފަހު އާ ވައުދުތައް ވަމުން ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ވީ ވައުދުތައް ސަރުކާރަށް ނުފުއްދޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވަނީ މި ސަރުކާރު އޮވެގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވޭނީ ރައްޔިތުން ސަރުކާރަށް ޕްރެޝަރކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އެކަން ކުރެވޭނީ އެމްޑީޕީ އަށް ވޯޓު ދީގެން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ. ވޯޓު ފޮށްޓަކީ ސަރުކާރަށް ޖަވާބު ދިނުމަށް ލިބޭ ފުރުސަތެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. މިއީ މި ދޮގުވެރި ސަރުކާރަށް ނޫނެކޭ ބުނުމަށް ލިބޭ ރަނގެ ފުރުސަތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޕީއެންސީއާދަމް އާޒިމްއެމްޑީޕީމާލެޑރ. މުޙައްމަދު މުޢިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު

މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު

26 މާރިޗު 2026
"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

26 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު