Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެލުގެ އަގު ބޮޑުކުރުން

އިންތިހާބު ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް އިތުރަށް ބޮޑު ކުރާނެ: އައްބާސް

އައްބާސް އިތުރަށް ވިދާޅުވީ، ކުރިއެކޭ އެއް އަގެއްގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީތަކަށް ތެޔޮ ފޯރުކޮށްދޭން އެސްޓީއޯއިން ނިންމާފައިވަނީ ހަމައެކަނި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު ނިމެންދެން ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 މާރިޗު 2026 | ހޯމަ 09:05
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް | ރާއްޖެއެމްވީ

އިންތިހާބު ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް ވަރަށް ބޮޑު ކުރާނެކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، އިންތިހާބުގެ ކުރިން އެކި ރަށްރަށުން ވަޒީފާތަކަށް ނެރޭ މުވައްޒަފުން އިންތިހާބު ނިމުމުން ވަޒީފާއިން ވަކި ކުރާނެ ކަމަށެވެ.

ހަމައެއާއެކު، އިންތިހާބު ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް ވަރަށް ބޮޑު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދާނެކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން ނުކުރާނަމޭ ބުނާ ހުރިހާ ކަމެއް ކުރާނެކަން ރައްޔިތުންނަށް އެނގޭނެކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ކުރިއެކޭ އެއް އަގެއްގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީތަކަށް ތެޔޮ ފޯރުކޮށްދޭން އެސްޓީއޯއިން ނިންމާފައިވަނީ ހަމައެކަނި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު ނިމެންދެން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާ ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްބާސްތެލުގެ ދަތިކަންސަރުކާރު

އިތުރަށް ކިޔާލަން

22 މާރިޗު 2026

މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!

22 މާރިޗު 2026
މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!
14 މާރިޗު 2026

ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ

14 މާރިޗު 2026
ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
10 މާރިޗު 2026

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

10 މާރިޗު 2026
މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު
05 ޑިސެމްބަރު 2025

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު