Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބު އެއްކޮށްލުން

ޕީއެންސީން ދެ އިންތިޚާބު އެއްކުރާނެ، ފާސްވެސް ކުރާނެ، މެމްބަރުންގެ ދައުރުން 6 މަސް އުނިވުމަކީ މައްސަލައެއް ނޫން: ފަލާހު

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަނީ 6 މަސް ދުވަހުގެ މުސާރަ ގެއްލޭތީ ކަމަށާއި، އެއީ އެހާ ބޮޑު ކަމެއް ނޫންކަމަށްވެސް ފަލާހު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2026 | އަންގާރަ 09:49
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު | މަޖިލިސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކުރުމުގެ މަސައްކަތް ޕީއެންސީން ކުރާނެ ކަމަށާއި، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެކަން ފާސްވެސް ކުރާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެހެން ވިދާޅުވީ އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، މި ޤައުމުގެ ރައްޔިތުން ބޭނުންވަނީ ޤައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ، ޕީއެންސީން އެކަން ކުރާނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެކަން ފާސްވެސް ކުރާނެ ކަމަށެވެ.

ޕީއެންސީން އެކަން ކުރާނެ އިއްޒަތްތެރި ރައީސް އިރާދުކުރެއްވިއްޔާ، ޕީއެންސީން އެކަން ކުރާނެ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެކަން ފާސްވެސް ކުރާނެ،
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ފަލާޙު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުގެ ވާހަކައަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުވެސް ދައްކަވާފައިވާ ވާހަކައެއް ކަމަށާއި، އޭރު އެކަން ނުކޮށް އޮތީ އެމްޑީޕީއަށް ކާމިޔާބު ނުވާނެކަން އެނގޭތީކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަނީ 6 މަސް ދުވަހުގެ މުސާރަ ގެއްލޭތީ ކަމަށާއި، އެއީ އެހާ ބޮޑު ކަމެއް ނޫންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މިބޭފުޅުން މި އުޅެނީ ހަމަސް ދުވަހުގެ މުސާރަ ގެއްލޭތީއޭ، މި ކަމުނުދާތީއެއް ނޫން އެ އުޅެނީ، މިހާރު އަޅުގަނޑު ދަންނަވައިފިން ހަމަސް ދުވަހުގެ މުސާރަ ގެއްލުން އެއީ އެހާ ބޮޑު ކަމަކަށް ނުހަދާށޭ.
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލައިފިނަމަ މިހާރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިވާ މެމްބަރުންގެ ދައުރުން 6 މަސް ދުވަސް އުނިވެގެންދާނެއެވެ. އަދި އެއީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއިންތިޚާބުޕީއެންސީމަޖިލިސް

އިތުރަށް ކިޔާލަން

10 މާރިޗު 2026

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

10 މާރިޗު 2026
މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު
09 މާރިޗު 2026

ބިދޭސީންގެ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް!

09 މާރިޗު 2026
ބިދޭސީންގެ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް!
08 މާރިޗު 2026

ބޭރުގެ އެމްބަސީތަކަށް އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރޭ، ކުރާ މަސައްކަތެއް ސާފުވާކަށް ނޯވޭ: ނާޒިލް

08 މާރިޗު 2026
ބޭރުގެ އެމްބަސީތަކަށް އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރޭ، ކުރާ މަސައްކަތެއް ސާފުވާކަށް ނޯވޭ: ނާޒިލް
08 މާރިޗު 2026

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް

08 މާރިޗު 2026
އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް
08 މާރިޗު 2026

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

08 މާރިޗު 2026
ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު