Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ވައިގެ ސަރަހައްދު

ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި

އީރާނަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނީ ކޮން ގައުމަކުންތޯ ކުރި ސުވާލަށް، އެއީ ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކެއް ކަމަށް ބުނެ ސަރުކާރުން ޖަވާބުދޭން ދެކޮޅު ހަދައިފި. ނަމަވެސް، ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރަން ހުއްދަ ނުދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ވަނީ އަރުވާފަ. މި މައްސަލައިގައި އަވަށްޓެރި ލަންކާއިން ވަނީ އެމެރިކާގެ އަސްކަރީ ބޯޓުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭން ރަސްމީކޮށް ނިންމާފައި.

މަޚްތޫމް
މަޚްތޫމް | 22 މާރިޗު 2026 | އާދީއްތަ 14:11
ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު | ރާއްޖެ އެމްވީ

އެމެރިކާއާއި އިސްރާއިލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނީ ކޮން ގައުމެއް ކަމެއް ބުނަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ. 

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ބޭނުން ކޮށްގެން އެމެރިކާއިން އީރާނަށް ދަނީ ހަމަލާ ދެމުންނެވެ. އަދި އީރާނަށް ފުރަތަމަ ބުރުގައި ހަމަލަ ދިނުމަށް ބޭނުންކުރި ސްޓެލްތް ބަންކަރ ބަސްޓަރ ބޮން އަޅާ ފަހުގެ ބޯޓުތައް ބޭނުންކޮށްފައިވަނީ އެ ތަނުން އުދުއްސައިގެންނެވެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދުގެ އިތުރުން ކާޑެއްދޭ އެއަރޕޯޓް ބޭނުންކުރަން އެމެރިކާއަށް ހުއްދަ ދިން ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

މިކަމާއި ގުޅިގެން ރާއްޖެޓީވީ އިން ވަނީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނީ ކޮން ގައުމަކުންތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ގައުމުތަކާ އެކު ކުރެވޭ 'އެކަހަލަ' މުއާމަލާތްތަކަކީ އެ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. 

ފުރަތަމަ ސުވާލަކީ ކޮންކޮން ގައުމުތަކެއްތޯ؟ އަޅުގަނޑުމެން ގައުމުތަކާ އެއްކޮށް ކުރެވޭ އެކަހަލަ މުއާމަލާތްތަކަކީ އެ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫންކަން އަޅުގަނޑު ދަންނަވާލަން. އެއީ ދޭދޭ ގުޅުންތަކަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިހުތިރާމްކޮށްގެން ކުރިއަށްގެންދާ ގުޅުންތަކެއް ކަމުގައިވާތީ. 
ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު 

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ހުއްދަވެސް ދިވެހި ސަރުކާރުގެ ފަރާތުން ނުދޭނެކަމުގެ ކަށަވަރުކަން އަރުވާ ކަމަށެވެ. 

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރު، ލަންކާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން އެދުމުން އެ ހުއްދަ ނުދޭން ނިންމި ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފަ އެވެ. އެގައުމުގެ ދެކުނުގައި އޮންނަ މައްތަލާ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަނގުރާމައިގެ ދެ ބޯޓު ބަހައްޓަން އެމެރިކާއިން އެދުމުން ލަންކާ އިން ވަނީ ރަސްމީކޮށް ދެކޮޅު ހަދައިފަ އެވެ.

ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ ވަނީ 2026 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު މަޖިލީހަށް އެކަން އަންގަވާފަ އެވެ. އަދި އެގައުމުގެ ނިއުޓްރަލް، ނޮން އެލައިންޑް ޚާރިޖީ ސިޔާސަތު ދެމެހެއްޓުމަށާއި ސަރަހައްދީ ހަމަނުޖެހުންތަކުގައި އެ ސަރަހައްދު ބޭނުން ނުކުރުމަށް ވަނީ މަޖިލީހުގައި ވެސް އެދިފަ އެވެ. 

އެމެރިކާ-އީރާންއިޒްރޭލްޑިއެގޯ ގާސިއާޑރ. އަބްދުﷲ ޚަލީލްސްރީލަންކާ

އިތުރަށް ކިޔާލަން

22 މާރިޗު 2026

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި
22 މާރިޗު 2026

ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

22 މާރިޗު 2026
ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި
21 މާރިޗު 2026

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026
އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި
21 މާރިޗު 2026

ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް

21 މާރިޗު 2026
ފީފާ އިން އިޒްރޭލް އަށް އެޅި ފިޔަވަޅަކީ ޖޫރިމަނާ ކުރުމާ އެކު، ދަނޑުގައި ބެނާއެއް ދެމުމަށް
20 މާރިޗު 2026

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

20 މާރިޗު 2026
ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު