Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެދުއިރުމަތީގެ ހަނގުރާމަ

ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މިއަހަރުގެ ފިތުރު އީދު ބޮކިތައް ދިއްލާނީ ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގެ ވަކި ސަރަހައްދުތަކެއްގައި ކަމަށް ސަރުކާރުން ބުނޭ. އަދި ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ދޭން ނިންމާފައިވާ ޑިސްކައުންޓަކީ ބަޖެޓުގައި ހިމެނިފައިވާ ކަމަކަށްވާތީ، އެކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި. ނަމަވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އީދު ފާހަގަކުރުމުގެ ކަންކަން ހުރި ގޮތުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 08:31
އީދާ ގުޅިގެން މާލޭގެ މަޖީދީ މަގު އީދުގެ ލައިޓްތަކުން ދިއްލާލާފައި.

އީދާ ގުޅިގެން މާލޭގެ މަޖީދީ މަގު އީދުގެ ލައިޓްތަކުން ދިއްލާލާފައި. | ނިޝާން އަލީ / މިހާރު

މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ހަނގުރާމައިގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ، ކެބިނެޓްގައި މަޝްވަރާ ކުރުމަށްފަހު، ހަމައެކަނި ސިޓީތަކުގައި އީދު ލައިޓް ދިއްލަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހަނގުރާމަ ދިގުލައިގެން ކުރިއަށްދާނަމަ ދަތިތައް ކުރިމަތިވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ ހާލަތަށް އަބަދުވެސް ބަލާނެ ކަމަށާއި، ހަރަދު ކުޑަ ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށެވެ.

ނަމަވެސް ދެން އިތުރަށް އެޅި ފިޔަވަޅެއް ވިދާޅެއް ނުވެ އެވެ. 

އީދު ލައިޓްގައި މިހާރު ކެބިނެޓްގައި މަޝްވަރާކޮށް ރައީސް ނިންމާފައި އެއޮތީ ފިތުރު އީދު ދިއްލުން ރަށްރަށުގައި މިވަގުތު ނުބާއްވާ ގޮތަށް. ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިއަށް ގެންދާ ގޮތަށް. އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި އެނގޭތޯ. 
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް

މީގެ އިތުރުން ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޑިސްކައުންޓް ލިބޭނެ ކަމަށާއި، އެއީ ބަޖެޓުގައި ހިމަނާފައިވާ ހަރަދެއް ކަމަށެވެ.

އެހެންކަމުން އޭގެން އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެހެނިހެން ހަރަދުތައް ކުރުމުގައި ވަރަށް ބޮޑަށް ހިފަހައްޓާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ބަޖެޓު އަޅުގަނޑުމެންނާ އެކު މަޝްވަރާ ކުރައްވާފައި އަޅުގަނޑަށް އިންސްޓްރަކްޝަން ދެއްވިއިރު، ބަޖެޓް ކުރައްވާފައި އޮތް ހަރަދެއް އެއީ މިއަހަރުގެ ޑިސްކައުންޓަކީ. ކުރީއްސުރެ ރޭވިގެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމަ އޭގެން ސީދާ ޑައިރެެކްޓްލީ ބަޖެޓަކަށް ބަދަލެއް ނާންނާނެ.
 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު 

ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ރާއްޖެއިން އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ގިނަ ބައެއް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމާފައިވާއިރު، މާލެސިޓީގައި ތިން ދުވަހަށް ކުލަ ގޮދަކޮށް އީދު ފާހަގަކުރަން ނިންމާފައިވާތީ މި ހަނގުރާމައާ ގުޅިގެން ސަރުކާރުގެ އެއްވެސް ކަހަލަ ސީރިއަސް ކަމެއް ނެތް ކަމަށް ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

ޑރ. އަބްދުﷲ ޚަލީލްމޫސާ ޒަމީރުހަނގުރާމަރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުމެދުއިރުމަތީގެ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ޚަރަދު ކޮށްގެން ތެލުގެ އަގު ހިފަހައްޓާނަން: ސަރުކާރު

ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ޚަރަދު ކޮށްގެން ތެލުގެ އަގު ހިފަހައްޓާނަން: ސަރުކާރު

12 މާރިޗު 2026
ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

12 މާރިޗު 2026
ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޚަލީލް އެއްގޮތް ކުރެއްވީ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބާ!

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޚަލީލް އެއްގޮތް ކުރެއްވީ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބާ!

11 މާރިޗު 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު