Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެނދިކުޅުދޫ ފިޓްނަސް ސެންޓަރ

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

ނ. ކެނދިކުޅުދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އެމްއޭސީއެލްއާ ބިން ހަވާލުކުރި ނަމަވެސް، އެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިމުގެ ރަޖިސްޓްރީއާއި އެހެނިހެން މައުލޫމާތު ކައުންސިލުން ފޯރުކޮށްދީފައިވާއިރު، މަސައްކަތް ހަވާލުކުރި ބިން މިހާރު އޮތީ ވިނަ ހެދިފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 08:26
ކެނދިކުޅުދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އަޅަން ހަވާލުކުރި ބިން.

ކެނދިކުޅުދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އަޅަން ހަވާލުކުރި ބިން. | ރާއްޖެ އެމްވީ

ކެނޑިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ހަދަން ހަވާލުކުރި ނަމަވެސް މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ. 

ކެނދިކުޅުދޫ ރެކްރިއޭޝަން ސެންޓަރާއި ގުޅޭގޮތުން ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން ރައޫފް ވިދާޅުވީ ސަރުކާރުން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމް ކުރަން ބޭނުން ވެގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހު އެމްއޭސީއެލްއާއި ބިން ހަވާލުކޮށްފައިވާނެ ކަމަށެވެ. ރައޫފް ވިދާޅުވީ ބިން ދެއްކުމަށް ކޮންޓްރެކްޓަރު ގުޅާ ކަމަށާާއި، އެ މައުލޫމާތު ވެސް ދީފައިވާނެ ކަމަށެވެ. އަދި އެ ބިމަކީ ސްޕޯޓްސް މިނިސްޓްރީގެ ބިމެއް ކަމަށާއި، އެތަން ބަލަހައްޓަނީ ކައުންސިލުން ކަމަށެވެ. 

Advertisement - newsAdvertisement

ރައޫފް ވިދާޅުވީ އެމްއޭސީއެލްއާއި ހަވާލުކުރި ޕްރޮޖެކްޓް އޮތީ އެހެން ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައި ކަމަށެވެ. އެހެންމެ ބިން ހޯދާ އެތަނުގައި މަސައްކަތް ކުރަން ގުޅަނީ ތާޑް ޕާޓިއަކުން ކަމަށް ރައޫފް ވިދާޅުވި އެވެ. 

ބިމުގެ ރަޖިސްޓްރީ ވެސް އޮންނާނެ. ދެން އަޅުގަނޑުމެން ކައިރީގައި އެދޭތާ ހަފްތާއެއްހާ ދުވަސް ތެރޭގައި ރަޖިސްތްރީ ހަދާފައި ހަވާލުކޮށްފައި އޮންނާނީ. 
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް

ކެނދިކުޅުދޫގައި ފިޓްނެސް ސެންޓަރެއް ގާއިމް ކުރުމަށް ހަވާލު ކުރި ބިމުގައި މިހާރު އޮތީ ބޯކޮށް ވިނަ ހެދިފަ އެވެ. އަދި މިއިން ދުވަހެއްގައި އެތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވެ އެވެ. 

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި ހަވާލުކުރީ މިިދިޔަ އަހަރުގެ އެޕްރީލް މަހުގަ އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވާތީ އެވެ. 

ކެނދިކުޅުދޫޑރ. މުހައްމަދު މުއިއްޒުއެމްއޭސީއެލްފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

20 ފެބުރުއަރީ 2026
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި

19 ފެބުރުއަރީ 2026
ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

ރައީސް މުއިއްޒު އޮޅިގެން ވެސް ތެދެއް ހައްދަވާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ: ޑރ. ޑީޑީ

19 ފެބުރުއަރީ 2026
މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައި

މިނިސްޓްރީން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ.ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައި

18 ފެބުރުއަރީ 2026
ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

ކެނދިކުޅުދޫ ފުއްޓަރު ގިރައިގެން ދިއުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު 2 ފަހަރު ވިދާޅުވެއްޖެ، އަދި ވީ އެއްކަމެއްވެސް ނެތް!

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު