Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ގައުމުގެ ފުދުންތެރިކަން ނައްތާލަމުންދާ ކަމަށް. އަދި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހުންނަށް ދަތިކޮށް، ވަޒީފާގެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުން އަޅުވެތިކުރުން ކަމަށް. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 މާރިޗު 2026 | ހޮނިހިރު 08:52
ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ 30 އަހަރުގެ ކުރީގެ ވެރިކަން ބަދަލުކޮށް، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރި ކަމަށާއި، ލެޔާއި ދާ އޮހޮރައިގެންނާއި، ކުރި މުޒާހަރާތަކާއެކު ފެހި ގާނޫނު އަސާސީ ހޯދި ކަމަށެވެ. އަދި ރާއްޖޭގެ ވެރިންނަކީ ރައްޔިތުން ކަމަށް ނިންމައި، ހައްގުތައް ގާނޫނުން ކަށަވަރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު މިހާރު މިގައުމަށް ނާންނަވަރުގެ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މިހާރު މިއޮތީ ހަލާކުވެފައިވާ ގައުމެއް ކަމަށެވެ. 

އެގޮތުން ހައްގަކުން، ހައްގެއް މިސަރުކާރުން ނިގުޅައި ގަންނަމުންދާ ކަމަށާއި، މިސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ރައްޔިތުން ނިކަމެތި ކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ވެސް ފޭރިގަންނަމުންދާ ކަމަށެވެ. 

މި ސިޓީގެ ރައްޔިތުންނަށް ފުދުންތެރިކަމެއް ހޯދުމަށްޓަކައި އެމްޑީޕީން ތައާރަފުކުރި ލޯކަލް ޓުއަރިޒަމްގެ މަންފާ އެ ދަނީ ބޮޑުތަނުން މި ރަށަށް ލިބެމުން. އަޅުގަނޑުމެންގެ ފުރަތަމަ ސަރުކާރުގައި މިޔަރު ހިފުން މަނާކުރުމުގެ ސަބަބުން މިއަދު އެ ކުރުން މި ވަނީ މި ރަށަށް ބޮޑު ރަންވަޅަކަށް ވެފަ. އެހެނަސް، މިހާރު ކޮބައިތޯ ކިހިނެއްތޯ މި ވަނީ؟ އަޅުގަނޑުމެންނަށް މި ފެންނަނީ އަނެއްކާވެސް މިޔަރު ހިފުން މި އޮތީ ހުއްދަކޮށްފަ. އޭގެ އަސަރު މި ރަށަށް ނުކުރާނެ ގޮތަކީ ނެތް ގޮތެއް އިނގޭތޯ. ތިޔަބޭފުޅުން އަމިއްލައަށް ތި ކުރައްވާ މަސައްކަތުން ތި ލިބޭ އާމްދަނީ ހަލާކުކޮށްލުމަށްޓަކައި ކުރާ ކަމެއް އެއީ. އަޅުގަނޑުމެންނަށް ފެންނަނީ ހަމަ އެގޮތަށް ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ނައްތާލުމަށްޓަކައި ކެޔޮޅެއް ހުރިއްޔާ އެ ކެޔޮޅެއް ގެންގޮސް ފެނަކައިގެ ވަޒީފާއަށް ދޭ ތަން. މަސްވެރިކަން ދިވެހި ރައްޔިތުން ކުރުން ހުއްޓުވާލަން މި ސަރުކާރުން މަސައްކަތްކުރާ ތަން. ކުޑަ މެދު ފަންތީގެ ވިޔަފާރިއެއް އޮތިއްޔާ އެ ދަނީ ފުނޑުފުނޑުކޮށްލަމުން ރައީސް، މުއިއްޒުގެ ހަމައެކަނި އިގްތިސާދީ ސިޔާސަތަކީ، އިގްތިސާދު ހަލާކުކޮށްލައި، ދިވެހި ރައްޔިތުން އެންމެންނަށް ވަޒީފާ ދިނުން. ވަޒީފާ ދިނުމުގެ ބޭނުން ވަރަށް ސާފުކޮށް މިއަދު އެބަފެނޭ. ވަޒީފާގެ ކަރުމަޅި ދިވެހި ރައްޔިތުން އެދަނީ ދުވަހެއް ދުވަހަކަށް އަޅުވަމުން، ގިނަކުރަމުން.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

މިހާރު ކުރިމަތިކޮށްފައިވާ ހާލަތުން ގިނަ ދިވެހީންނަށް ސަރުކާރުގެ ވަޒީފާއަށް ދާން މަޖުބޫރުވެފައިވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެއީ ގަދަބާރުން ވެރިކަމުގައި ހުންނެވުމަށް ރައީސް މުއިއްޒު ކުރައްވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވާ ކަމަށެވެ. 

މިއަދުގެ ސަރުކާރުން ބޭނުންވަނީ ތިޔަބޭފުޅުންގެ އެއް  ކޯ މަތީގައި ޖެހީމަ އަނެއް ކޯ ދިއްކޮށްލަން. އާދެ! އެއީ ވަރަށް ބޮޑު ކުންހީޔެއް. އެހެންވާނެ ކަމަށް ރައީސް މުއިއްޒު ހީފުޅުކުރެއްވި ކަމުގައި ވިޔަސް، އެއީކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ހަމައެއް ނޫން. އާދެ! އަޅުގަނޑުމެންނަށް ނިންމަންޖެހިފައި މި އޮތީ، މި ޚައްސާސީ ދަނޑިވަޅުގައި އަޅުގަނޑުމެން ދާނީ ކޮންމަގަކުންތޯ؟ 2023 ވަނަ އަހަރު އަޅުގަނޑުމެން ދާސްތުކުރީ، ޚިޔާރުކުރީ ފަހަތަށް ދާން. 2024 ވަނަ އަހަރަށް އަޅުގަނޑުމެން ޚިޔާރުކުރީ ފަހަތަށް ދާން. ކޮންމެ ސަބަބަކާ ހެދި ނަމަވެސް. މި ސަރުކާރުން އޮޅުވާލައިގެން އަދި އަޅުގަނޑުމެންގެ އެތެރޭގައި ޖެހިފައި ހުރި ހިތްހަމަނުޖެހުމެއްގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ދޫކޮށްލެވުނީ ވަރަށް ބޮޑު ނިއުމަތެކޭ އަޅުގަނޑު ދަންނަވާނީ. މިއަދު ދެ އަހަރު ބައިވެގެން މި ސަރުކާރަށް ދާއިރުގައި، ހަމަ އެންމެ ދިވެހި ރައްޔިތެއް ވެސް މިހާރަކު ނުހުންނާނެ މި ސަރުކާރުގެ ދޮގާއި، މަކަރާއި، ހީލަތްތެރި ކަމާއި، ނާގާބިލުކަމާއި، ނުބައިނުލަފާކަން ނޭނގޭނެ. އެންމެ ދިވެހި ރައްޔިތަކުވެސް މިހާރު ނުހުންނާނެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

މީގެ އިތުރުން ފައްޔާޒު ވަނީ ކުރިއަށް އޮތް އިންތިޚާބަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. 

ފައްޔާޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ދޫންޏަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެއީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރާ ދޫންޏެއް ކަމަށެވެ. އަދި ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށްޓަކައި ނަގާ ރިފެރެންޑަމް ވޯޓަށް ވެސް ނޫނެކޭ ބުނުމަށް އޭނާ ގޮވާލެއްވި އެވެ. 

އެމްޑީޕީފައްޔާޒް އިސްމާއިލްފުވައްމުލައް ސިޓީލޯކަލް ކައުންސިލް އިންތިހާބުޚިޔާލު ހޯދުމުގެ ވޯޓުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށަައިފި

އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށަައިފި

28 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް

28 މާރިޗު 2026
ރައީސް ސޯލިހު ރައްޔިތުންނަށް ވިދާޅުވެދެއްވީ އިންތިޚާބުގައި ޕީއެންސީ އަށް ނޫނެކޭ ބުނުމަށްޓަކައި ވިސްނަން ޖެހޭ 3 ކަމެއް

ރައީސް ސޯލިހު ރައްޔިތުންނަށް ވިދާޅުވެދެއްވީ އިންތިޚާބުގައި ޕީއެންސީ އަށް ނޫނެކޭ ބުނުމަށްޓަކައި ވިސްނަން ޖެހޭ 3 ކަމެއް

28 މާރިޗު 2026
19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް

19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް

27 މާރިޗު 2026
އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

އެމްޑީޕީގެ ސިޔާސަތު ޖަލްސާގެ ތެރެއިން މައި ސަރުކާރަށް ކުޅުދުއްފުށީ ރައްޔިތުން ބިންދާލީ ރީނދޫ ރާޅެއް

27 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު