Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ރައްޔިތުންގެ ބަހެއް ނެތި ކަންކަން ނިންމުމަށް ކުރާ ކަމެއް ކަމަށް. ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތައް ކަނޑައަޅާފައިވީ ނަމަވެސް، މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، ސަރުކާރުން ގެންނަން އުޅޭ މި ބަދަލުތަކާ މެދު ރައްޔިތުން ހޭލުންތެރިވެ، އެކަމަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 08:24
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.  

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރު ނާޒިލް ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިކަމުގެ ސަބަބުން ގާނޫނަށް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ބަދަލުތައް ގެންނާނެ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނަންޖެހޭކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މިހާތަނަށް ރައީސް މުއިއްޒު ދައްކަވާފައިވާ ހުރިހާ ވާހަކަތަކެއް ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. 2023ގެ ނޮވެންބަރު 17 ގައި ރައީސް މުއިއްޒު މިދައުލަތާ ހަވާލުވިފަހުން މިހާތަނަށް ރައްޔިތަކަށް ކަމެއް ކޮށްދެވުނު ކަމަކަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.  އަދި ވިދާޅުވީ ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ ހާލަތަށް ގައުމު ވެއްޓިފައިވާ ކަމަށެވެ. 

އެއީ އާސަންދަ ކަމުގައި ވިޔަސް ވެސް ބޭސް ގުޅައެއް ކަމުގައި ވިޔަސް އަޅުގަނޑުމެން ރަށްރަށަށް ދިޔާމަ އެ ބުނޭ ބޭހެއް ނުލިބޭ ގޭހެއް ނުލިބޭ. ލެއެއް ވެސް ނުލިބޭ. މިއީ ހާލަތު. 52 ބިލިއަން 2024 ގައި 59 ބިލިއަން 2025، 2026 ގައި 64 ބިލިއަން ރުފިޔާ ފާސް ކުރެވިއްޖެ. ރައްޔިތަކަށް ކޮށްދެވުނީ ކޮންކަމެއްތޯ މިފައިސާއިން. ރައްޔިތުންނަށް ހަރަދު ކުޑަކުރުމުގެ ގޮތުން ދެ އިންތިޚާބު އެއްކޮށްލައިގެން މިކުރާ ކަންތަކުން ހަމަ ބޮޑުތަނުން އޮޅުވާލައި ރައްޔިތުންނާ ހިސާބަށް ނުގޮސް ކަންތައްތައް ނިންމަން މިސަރުކާރުން ބޮޑުކޮށް އުޅޭކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންވީމަ ރައްޔިތުން އެބަ ޖެހޭ ސަރުކާރުން މިކުރާ ކަންތައްތަކަށް ނޯ އޭ ބުނަން.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ގައުމު ހިންގަން ބޭނުންވަނީ ރައްޔިތުންގެ ގާތަށް ނުގޮސް، ރައްޔިތުން އުދާސްތަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ ކަމެއް ނިންމަމުން ދާނީ އޮފީސް ތެރެއިން ކަމަށާއި، މިކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

އިބްރާހިމް ނާޒިލްއެމްޑީޕީރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

20 ފެބުރުއަރީ 2026
ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

20 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އެމްޑީޕީ އިން ފާސްކޮށްފި

ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އެމްޑީޕީ އިން ފާސްކޮށްފި

19 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

ދެ އިންތިޚާބު އެއްކޮށްލުމަކީ ނިޒާމީ ގޮތުން ރޭވިގެން ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ކަމެއް: ޝާހިދު

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު