Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް.ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު

ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް، ބައެއް ކުންފުނިތަކާއި ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި. އެމްއޭސީއެލްގެ ސްޕެޝަލް ސަރވިސްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ސަލާމަށް ދާން ވެސް ނިންމުމާއި ގުޅިގެން މިހާރު ވަނީ 8 ގަޑިއިރު ޑިއުޓީ ކުރަން ނިންމާ، އިތުރު ގަޑީގެ ފައިސާ ދޭން ނިންމާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 12:12
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ރަމަޟާންމަހު މުވައްޒަފުންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ވަނީ އުފެދިފައި.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ރަމަޟާންމަހު މުވައްޒަފުންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ވަނީ އުފެދިފައި. | ރާއްޖެއެމްވީ

ޒަމާނުއްސުރެ ރާއްޖޭގައި ރަމަޟާން މަހު މަސައްކަތް ކުރަން ޖެހޭ ވަގުތު ކުޑަވެ އެވެ. ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކުން ވެސް މުވައްޒަފުންނަށް ލުއި ދެ އެވެ. އޭގެ އިތުރުން ރޯދައާ ގުޅުވައި، އިނާއަތް ދިނުމާއި، މުވައްޒަފުންނަށް ދަތި ނުވާނެހެން ހުރިހާ ކުންފުންޏަކުން ވެސް ބައެއް އުސޫލުތަކަށް ވެސް ބަދަލު ގެނެ އެވެ. ރަމަޟާން މަހާއެކު ވަޒީފާގެ މާހައުލަށް އުފާވެރިކަން ގެނައުވި ނަމަވެސް މިފަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން އުޅެން ޖެހުނީ ވަރަށް ބޮޑު ތަކުލީފެއްގަ އެވެ. އެންމެ ކުޑަ މިނުން އިތުރު ގަޑީގެ ފައިސާ ވެސް ހޯދަން ޖެހުނީ ހަނގުރާމަ ކުރާށެވެ.

ރަމަޟާން މަހުގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުގެ ދެންނެވުމަކުން ކަނޑައެޅި ނަމަވެސް ބައެއް މުވައްޒަފުން 8 ގަޑިއިރު ނުވަތަ 6 ގަޑިއިރު މަސައްކަތް ކުރަން މަޖުބޫރުވެ އެވެ. ނަމަވެސް އެ މުވައްޒަފުންނަށް އެހެން މަސްތަކެކޭ ވެސް އެއްފަދައިން އިތުރު ގަޑީގެ ފައިސާ ދޭން ނިންމި ނިންމުން ބަލައެއް ނުގަނެވޭނެ އެވެ.

އެގޮތަށް ކަނޑައެޅި އެއް ކުންފުންޏަކީ އެމްއޭސީއެލް އެވެ. އެމްއޭސީއެލްގައި ޝިފްޓް ޑިއުޓީ ކުރާ މުވައްޒަފުން ނިސްބަތުން ގިނައިރު، ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސްތަކެކޭ ވެސް އެއްފަދައިން ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކޮށްފައިވާ ވަގުތަށް ކަމަށް ރަމަޟާން މަހާ ގުޅިގެން ފުރަތަމަ ނެރުނު ސާކިއުލަރގައި ބުނެފައިވެ އެވެ. އަދި އެމުވައްޒަފުން 6 ގަޑިއިރުގެ ޑިއުޓީ ކުރުމަށްފަހު އެވަގުތަކު ހުންނަ ސްޕަވައިޒަރެއްގެ ހުއްދައާއެކު ޑިއުޓީ ކުރުކޮށްލެވޭ ގޮތަށް އޮތީ ނިންމާފަ އެވެ.

މި ނިންމުންތަކާ ގުޅިގެން މުވައްޒަފުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުންތައް އުފެދި، މަސްލަހަތު ގެއްލިގެން ދިޔަ އެވެ. އަދި ހޯމަ ދުވަހު އެމްއޭސީއެލުން މިހާރު ވަނީ ޝިފްޓް ޑިއުޓީ ކުރަންޖެހޭ ހުރިހާ މުވައްޒަފުން ވެސް 8 ގަޑިއިރު ޑިއުޓީ ކުރަން ޖެހޭ ގޮތަށް ކަނޑަައަޅައި، އިތުރު ގަޑީގެ ފައިސާ ދޭން ނިންމާފަ އެވެ.

މި ނިންމުން ނިންމީ ސްޕެޝަލް ސަރވިސްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ސަލާމަށް ދާން ވެސް ނިންމުމާއި ގުޅިގެންނެވެ.

ރާއްޖޭގެ މައިދޯރާށިން ޚިދުމަތް ދޭން ތިބި މުވައްޒަފުން މިފަދަ ހާލަތަކަށް ވެއްޓުނުއިރު، ރާއްޖޭގެ ސިއްހީ ނިޒާމުގައި މަސައްކަތް ކުރާ މަސައްކަތްތެރިން ވެސް ތިބީ މި ކަންބޮޑުވުމުގެ ތެރޭގަ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ މުވައްޒަފުންތަކެއްގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 6 އާއި 8 ގަޑިއިރާއި ދެމެދުގެ ވަގުތުތަކެއް ކަމުގައި ވަނީ ކަނޑައާޅާފަ އެވެ. އަދި މިފަދަ ތަފާތުތައް ގެންގުޅޭއިރު، މިރަމަޟާން މަހު ރަސްމީގަޑީގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ 4 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމަށް ހޮސްޕިޓަލުތަކުން އަންގާފައިވާ މުވައްޒަފުންނަށް 4 ގަޑިއިރަށް ވުރެ އިތުރުވާ ވަގުތުތަކަށް އިތުރު އެއްވެސް އިނާއަތެއް ނުދީ މަސައްކަތް ކުރުމަކީ ވެސް އެމަސައްކަތްތެރިންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ނުންތޯ އެވެ.

މީގެ އިތުރުން ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ، ހަމަހަމަ އުސޫލުން ''އޮފް ދުވަސް'' ނުދޭ މައްސަލާގައި މުޒާހަރާ ކުރަން ވެސް ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އޮފް ދުވަސް ދޭ އުސޫލަށް ބަދަލު ގެނެސްފައިވާއިރު، މުވައްޒަފުން ބުނާ ގޮތުގައި، ނޮވެންބަރު މަހުން ފެށިގެން ލިބެނީ އެންމެ އޮފް ދުވަހެއް ކަމަށާއި، ރަމަޟާން މަހާ އެކު ވެސް އެއްވެސް ލުޔެއް ނުލިބެ އެވެ. އަދި ކުއްލި އަކަށް އުސޫލު ބަދަލު ކުރީ ކިހިނެއް ކޮން ގޮތަކަށްކަން ނޭނގޭ ކަމަށާއި، މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭއިރު، މިހާރު ވެސް ލެބޯޓްރީގައި މަސައްކަތް ކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ދެ އޮފް ލިބޭ އެވެ.

ރަމަޟާން މަހު ހުރިހާ މުވައްޒަފުންނަށް އެއްހަމައެއްގައި ލުއިދޭން ޖެހެ އެވެ. އެގޮތަށް ލުއި ނުދެވުނަސް އިތުރު ވަގުތުގެ ފައިސާ ދޭން ޖެހެ އެވެ. ނޫންނަމަ މުވައްޒަފުންގެ މެދުގައި ވެސް މަސްލަހަތު ގޯސްވެ، ޚިދުމަތްތަކަށް ބުރޫ އެރުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްޞިއްޙީ ނިޒާމުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުއެމްއޭސީއެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާންމަހު ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި

ރަމަޟާންމަހު ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި

23 ފެބުރުއަރީ 2026
އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު