Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ ބައްދަލުވުމަށް އަންނަ ފަރާތް ތަަކަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ލުއި ފަސޭހަ ގޮތް ތަކެއް

އޭޕްރީލް 10 ޖަހާފައިވާ އިރުޝާދުގައި ހުރިހާ އެއާލައިން ތަކަށް އަންގާފައި ވަނީ، ެ ބައްދަލުވުމާ ގުޅިގެން ދަތުރު ކުރާ ފަރާތް ތަކަށް ކުރިން ވިސާ ނުލިބި އޮތް ނަމަވެސް، ފްލައިޓަށް އެރުވުމަށް އެދޭ ކަމަށް. އެ ފަރާތް ތަކަށް ޕާކިސްތާންގެ އިމިގްރޭޝަން އޮފިޝަލުން އެއާޕޯޓުގައި ވިސާ ދޫ ނުކުރާނެ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އެޕްރީލު 2026 | ހުކުރު 08:13
ޕާކިސްތާން އާއި އީރާންގެ ދިދަ.

ޕާކިސްތާން އާއި އީރާންގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް، ޕާކިސްތާންގެ އިސްލާމްއާބާދަށް އަންނަ ފަރާތް ތަކަަށް ވިސާ ދިނުމުގައި ޕާކިސްތާން އިން ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސައިދީފި އެވެ. 

ޕާކިސްތާންގެ ދާޚިލީ ވުޒާރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ. އެގޮތުން ޕާކިސްތާން އަށް ވަޑައިގަންނަވާ ފަރާތް ތަަކަށް އެއާޕޯޓުގައި ވިސާ ދިނުމުގެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭޕްރީލް 10 ޖަހާފައިވާ އިރުޝާދުގައި ހުރިހާ އެއާލައިން ތަކަށް އަންގާފައި ވަނީ، ެ ބައްދަލުވުމާ ގުޅިގެން ދަތުރު ކުރާ ފަރާތް ތަކަށް ކުރިން ވިސާ ނުލިބި އޮތް ނަމަވެސް، ފްލައިޓަށް އެރުވުމަށް އެދޭ ކަމަށެވެ. އެ ފަރާތް ތަކަށް ޕާކިސްތާންގެ އިމިގްރޭޝަން އޮފިޝަލުން އެއާޕޯޓުގައި ވިސާ ދޫ ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ޕާކިސްތާންގެ ޚާރިޖީ ވަޒީރު އިޝާޤު ދާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްއާބާދު ބައްދަލުވުން 2026އާ ގުޅިގެން ބައިވެރިވާ ޤައުމު ތަކުގެ އޮފިޝަލުން ނުވަތަ އެހެން ފަރާތްތަކަށް މަރުޙަބާ ކިޔާނެ ކަމަށެވެ. އޭގެ ތެރޭގައި ނޫސްވެރިން ވެސް ހިމެނޭނެ އެވެ. އެހެންކަމުން ވިސާ ނެތި ވެސް އެ ފަރާތް ތަކަށް ފްލައިޓުން ދަތުރު ކުރެވޭނެ އެންމެހާ އިންތިޒާމު ތަކެއް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެ އެވެ.

މި އެންގުން ވަނީ ސަރުކާރުގެ މުހިންމު އިދާރާ ތަކަށް ވެސް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޚާރިޖީ ކަންކަމާ ބެހޭ އިދާރާ ތަކާއި، ދިފާއީ ކަންކަމާ ބެހޭ އިދާރާ ތަކުގެ އިތުރުން، އޭވިއޭޝަން އޮތޯރިޓީ ވެސް ހިމެނެ އެވެ. މިއީ މި ބައްދަލުވުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ވެސް ފަސޭހަ އިންތިޒާމެއް ހަމަޖައްސަައި ދިނުމުގެ ގޮތުން ޕާކިސްތާން އިން ނިންމާފައިވާ ނިންމުމެކެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންއިސްހާގް ދާރް

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް

09 އެޕްރީލު 2026
ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް
09 އެޕްރީލު 2026

އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

09 އެޕްރީލު 2026
އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި
09 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި

09 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި
08 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

08 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު
08 އެޕްރީލު 2026

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

08 އެޕްރީލު 2026
ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު