Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވީ އެ ޤައުމުގައި ބާއްވާ ވާހަކަ ތަކުން ދެމެހެއްޓެނިވި ސުލްޙައެއް ހާސިލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ހެޔޮ ބަދަލުތައް އަދި ރަނގަޅު ޚަބަރުތައް ހިއްސާ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 08:05
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް، ހުކުރު ދުވަހު ޕާކިސްތާންގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ ޕާާކިސްތާންގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް އެވެ. ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހްބާޒް ޝަރީފް ވިދާޅުވީ، މެދު އިރުމަތީގައި ހަނގުރާމަ ހުއްޓުމަށް އިއުލާން ކުރި ފަހުން، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން ޝެހްބާޒް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ދެކޮޅުވެރިކަމަށް ހައްލެއް ހޯދުމަށް އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވާތީ، އެމެރިކާ އާއި އީރާންގެ ލީޑަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދެ ޤައުމުގެ ލީޑަރުންނަށް ދައުވަތު އަރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ފާއިތުވި ދުވަސް ތަކުގައި އެމެރިކާ އާއި އީރާންއާ ދެމެދު މެސެޖު ބަދަލު ކޮށްފައި ވަނީ ޕާކިސްތާން އިންނެވެ. ޕާާކިސްތާން އަކީ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޤައުމަކަށްވާއިރު، ޕާކިސްތާންގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. އަދި ޕާކިސްތާން އިން އަންނަނީ އީރާންގެ ކަންކަން ވެސް ވަރަށް ކައިރިން ބަލަމުންނެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވީ އެ ޤައުމުގައި ބާއްވާ ވާހަކަ ތަކުން ދެމެހެއްޓެނިވި ސުލްޙައެއް ހާސިލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ހެޔޮ ބަދަލުތައް އަދި ރަނގަޅު ޚަބަރުތައް ހިއްސާ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އީރާން އަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ކަނޑައެޅި ސުން ގަޑި ހަމަވާން ކައިރި ވެފައި ވަނިކޮށް، އެ ހަމަލާ ދިނުން ފަސް ކޮށްފައި ވަނީ ވެސް ޕާކިސްތާން އިން އެދިގެންނެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ޖަމާއަތުން ވެސް ވަދެފައިވާއިރު، އިޒްރޭލް އިން ވަނީ ލުބުނާން އަށް އަމާޒުކޮށް ހަަމަލާ ދޭން ފަށައިފަ އެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ލުބުނާން ހިމެނޭހެން، ހުރިހާ ސަރަހައްދެއްގައި ހަނގުރާމަ ހުއްޓޭނެ ކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވެފައިވެ އެވެ. އޭގެ ފަހުން އިޒްރޭލް އިން ބުނެފައި ވަނީ، ލުބުނާން އަށް ހަމަލާ ދިނުން ނުހުއްޓޭނެ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންޝެހްބާޒް ޝަރީފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

08 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

08 އެޕްރީލު 2026
އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

07 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް

ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް

07 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި

އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު