Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަކަށް ހޮރްމޫޒް ކަނޑު އޮޅީގެ ތެރެއިން ރައްކާތެރި ދަތުރުތައް ކުރެވޭނީ، އީރާންގެ ސިފައިންގެ ބާރުތަކާ ގުޅިގެން، ޓެކްނިކަލް ކަންކަމަށް ސަމާލުކަން ދީގެން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2026 | ބުދަ 08:12
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ރޮއިޓާސް

އެމެރިކާ އާއި އީރާން އިން ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފައިވާއިރު، ހޮރްމޫޒް ކަނޑު އޮޅިން ރައްކާތެރި ކަމާ އެކު ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި އެވެ. 

ބުދަ ދުވަހު އީރާން އިން ހާމަ ކޮށްފައިވާ ގޮތުގައި ހޮރްމޫޒް ކަނޑު އޮޅީގެ މުހިންމު ކަނޑު މަގުން ދަތުރު ކުރާ ކަނޑު ދަތުރު ތަަކަށް، ދެ ހަފުތާގެ މުއްދަތަކަށް ރައްކާތެރި ދަތުރު ދަތުރުގެ ޔަގީންކަން ދޭނެ ކަމަށެވެ. މި ވަގުތީ މުއްދަތު އެމެރިކާ އާއެކު ހަނގުރާމަ ނިންމުމަށް ބާއްވާ މަޝްވަރާ ތަކަށް ބޭނުން ކުރާނެ ކަަމަށް އީރާން އިން ބުނެފައިވެ އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަކަށް ހޮރްމޫޒް ކަނޑު އޮޅީގެ ތެރެއިން ރައްކާތެރި ދަތުރުތައް ކުރެވޭނީ، އީރާންގެ ސިފައިންގެ ބާރުތަކާ ގުޅިގެން، ޓެކްނިކަލް ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ. 

އިސްލާމިކް ރިޕަަބްލިކްގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިން ވަކި ބަޔާނެއްގައި ބުނެފައި ވަނީ، މަޝްވަރާތައް ކުރިއަށް ގެންދާނީ ދެ ހަފުތާގެ މުއްދަތަކަށް ކަމަށާއި، ނަމަވެސް ދެ ފަރާތުގެ އެއްބަސްވުމުގެ މަތިން މި މުއްދަތު އިތުރު ވެސް ކުރެވިދާނެ ކަމަށެވެ. 

ހޮރްމޫޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަނޑު މަގެކެވެ، މި ކަނޑު އޮޅީގެ ތެރެއިން ދުނިޔޭގެ ތެލިގެ ވިޔަފާރީގެ ބޮޑު ބައެއް ކުރިއަށް ގެންދާކަން ފާހަގަވެ އެވެ. މި ހަނގުރާމައިގެ ސަބަބުން އީރާން އިން ކަނޑު އޮޅި ބަންދު ކޮށްފައިވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ވަނީ އެކަމުގެ އަސަރު ކޮށްފަ އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، ސަރަހައްދީ ސުލްޙަ އަށް ވެސް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ބައިނަލްއަޤުވާމީ މަސްރަހު ދިރާސާ ކުރަމުން އަންނަ ފަރާތް ތަކުން އަންނަނީ ބުނަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

08 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ
08 އެޕްރީލު 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

08 އެޕްރީލު 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް
08 އެޕްރީލު 2026

ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

08 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ
07 އެޕްރީލު 2026

އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

07 އެޕްރީލު 2026
އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި
07 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް

07 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު