Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

ސްޕެއިންގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އަސްކަރީ ބާރެއްގެ ވެރިޔަކު އެފަދަ ނުރައްކާތެރި އިންޒާރު ތަކެއް ދެއްވުމުން، އެކަމާ މެދު ނުހަނު ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށް. ޓްރަމްޕްގެ އިންޒާރު ތަކުގެ ސަބަބުން ދުނިޔެ އޮތީ ބިރުވެރި އަދި ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ސިފަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2026 | ބުދަ 10:00
ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް

ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް | ގެޓީ އިމޭޖަސް

މުޅި އީރާން އެއްކޮށް ސުންނާފަތި ކޮށްލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ އެކު، މުޅި އިންސާނިއްޔަތު ބޮޑު ކާރިސާއަކާ ނުހަނު ގާތަށް ދިޔަ ކަމަށް ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވެއްޖެ އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު އޮތް ހަމަ ނުޖެހުން ތަކަށް ފަހު، ހަނގުރާމަ މެދު ކަނޑާލިކަން އިއުލާން ކުރުމާ ގުޅިގެން އާރުއެންއީ ރޭޑިއޯ އަށް ދެއްވި ބަސްދީގަތުމެއްގައި އަލްބަރޭސް ވިދާޅުވީ، ޓްރަމްޕް ދެއްވި އިންޒާރު ތަކަކީ އިންސާނިއްޔަށް އެއްގޮތަކަށް ވެސް ބަަލައި ގަނެވޭނެ ކަންތައް ތަކެއް ނޫން ކަމަށެވެ. އަދި މި ހަމަނުޖެހުން މުޅިން ނިމުމަކަށް އައީތޯ ކަނޑައެޅުމަކީ އަދި މާ އަވަސް ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

ސްޕެއިންގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އަސްކަރީ ބާރެއްގެ ވެރިޔަކު އެފަދަ ނުރައްކާތެރި އިންޒާރު ތަކެއް ދެއްވުމުން، އެކަމާ މެދު ނުހަނު ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށެވެ. ޓްރަމްޕްގެ އިންޒާރު ތަކުގެ ސަބަބުން ދުނިޔެ އޮތީ ބިރުވެރި އަދި ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ. 

މި މައްސަލަ ދިމާވެފައި ވަނީ، އެމެރިކާގެ ހުށަހެޅުން ތަކަށް އީރާން އިން އެއްބަސް ނުވެއްޖެ ނަމަ، އެ ޤައުމުގެ ތާރީޚީ އަދި ސަގާފީ މުހިންމު ބިނާތަކާއި، އެހެނިހެން ތަންތަން ފުނޑު ފުނޑު ކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމާ ގުޅިގެންނެވެ. މި ވާހަކަތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑު ކިޔުން ވަނީ އެމެރިކާގެ ސަރުކާރު އަދި ޓްރަމްޕް އަށް އަމާޒުވެފަ އެވެ. 

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަކަށް އާދެވިފައި ވީ ނަމަވެސް، މަސްރަހު އަދިވެސް އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ގިނަ ފަރާތް ތަކުން ދެކެ އެވެ. ސްޕެއިންގެ ސަރުކާރުން ބުނެފައި ވަނީ، ސަރަހައްދީ ހަމަ ޖެހުން ޤާއިމު ކުރުމަށްޓަކައި ހުރިހާ ފަރާތް ތަކަކުން ވެސް ކެތްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސްޕެއިންހޯސޭ މެނުއެލް އަލްބާރޭސް

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

08 އެޕްރީލު 2026
ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި
08 އެޕްރީލު 2026

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

08 އެޕްރީލު 2026
ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި
08 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

08 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ
08 އެޕްރީލު 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

08 އެޕްރީލު 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް
08 އެޕްރީލު 2026

ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

08 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު