Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ، އިޒްރޭލް އިން ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ޚިލާފު ވަމުންދާތީ، އީރާންގެ އާންމު ރައްޔިތުންގެ މެދުގައި އެކަމާ މެދު ޝައްކު ތަކެއް އުފެދިފައިވާ ކަމަށް. ނަމަވެސް، ސަރަހައްދީ ހަމަޖެހުމަށް ޓަކައި އީރާން އިން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް ބިނާކޮށް ސީރިއަސް މަޝްވަރާ ތަކެއް ކުރުމަށް އީރާންގެ ވަފުދު ޕާކިސްތާން އަށް އަންނާނެ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2026 | ބުރާސްފަތި 08:34
ޕާކިސްތާން އާއި އީރާނުގެ ދިދަ.

ޕާކިސްތާން އާއި އީރާނުގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި، އެއްބަސްވުމެއް ޤާއިމު ކުރުމަށްޓަކައި ކުރަމުން އަންނަ މަޝްވަރާ ތަކުގައި ބައިވެރިވުމަށް، އީރާންގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ބުރާާސްފަތި ދުވަހު ޕާާކިސްތާން އަށް ދަތުރު ކުރާނެ ކަމަށް ބުނެފި އެވެ. 

ޕާކިސްތާންގައި ހުންނަވާ އީރާންގެ ސަފީރު ރިޒާ އަމީރީ މުގައްދަމް ވިދާޅުވީ، އީރާންގެ ވަފުދު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ، އިޒްރޭލް އިން ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ޚިލާފު ވަމުންދާތީ، އީރާންގެ އާންމު ރައްޔިތުންގެ މެދުގައި އެކަމާ މެދު ޝައްކު ތަކެއް އުފެދިފައިވާ ކަމަށެވެ. ނަމަވެސް، ސަރަހައްދީ ހަމަޖެހުމަށް ޓަކައި އީރާން އިން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް ބިނާކޮށް ސީރިއަސް މަޝްވަރާ ތަކެއް ކުރުމަށް އީރާންގެ ވަފުދު ޕާކިސްތާން އަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ. 

މި މަޝްވަރާ ތަކަކީ މެދު އިރުމަތީގައި އެފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށާއި، ޚާއްސަކޮށް އެމެރިކާ އާއި އީރާންއާ ދެމެދު އޮތް މައްސަލަ ތަަކަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވެމުންދާ މަޝްވަރާ ތަކުގެ ތެރެއިން ކުރިއަށް ގެންދާ ބައްދަލުވުން ތަކެކެވެ. އީރާން އިން ބުނާ ގޮތުގައި އެ ޤައުމުން ހުށަހަޅާފައިވާ 10 ނުކުތާ އަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅު ތަކެކެވެ. 

ޕާކިސްތާން އަކީ އީރާންއާ އަވަށްޓެރި ޤައުމަކަށް ވާއިރު، މިފަދަ މުހިންމު މަޝްވަރާ ތަކެއް ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވުމަކީ ސަރަހައްދީ ސިޔާސީ މަސްރަހުގައި ޕާކިސްތާންގެ ދައުރު ބޮޑުކަން ހާމަ ކޮށްދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މި ވަފުދުގެ ދަތުރުގައި ޕާކިސްތާންގެ އިސްވެރިންނާ ބައްދަލުކޮށް، މަޝްވަރާގެ މޭޒަށް ހުށަހަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންރިޒާ އަމީރީ މުގައްދަމް

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި

09 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި
08 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

08 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު
08 އެޕްރީލު 2026

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

08 އެޕްރީލު 2026
ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި
08 އެޕްރީލު 2026

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

08 އެޕްރީލު 2026
ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި
08 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

08 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު