Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބޭނެ: ޓްރަމްޕް

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އާއި އެެ ޤައުމު ވަށައިގެންވާ ސަރަހައްދު ތަކުގައި އެމެރިކާގެ ހުރިހާ މަނަވަރު ތަކާއި، މަތިންދާ ބޯޓު ތަކާއި، ސިފައިންގެ އިތުރުން، ބޭނުންވާ ހުރިހާ ހަތިޔާރަކާއި ގޮވާ ތަކެތި ވެސް ދެމި ހުންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 08:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ހަގީގީ ނުވަތަ ފުރިހަމަ އެއްބަސްވުމެއް އެކުލަވާ ލެވެންދެން އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ދެމި ތިބޭނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުގެ މުހިންމު މަސައްކަތްތައް ކުރަމުން އަންނަ ވަގުތެއްގަ އެވެ. މިފަހުން އެމެރިކާ އާއި އީރާން އިން ވަނީ ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފަ އެވެ. 

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އާއި އެެ ޤައުމު ވަށައިގެންވާ ސަރަހައްދު ތަކުގައި އެމެރިކާގެ ހުރިހާ މަނަވަރު ތަކާއި، މަތިންދާ ބޯޓު ތަކާއި، ސިފައިންގެ އިތުރުން، ބޭނުންވާ ހުރިހާ ހަތިޔާރަކާއި ގޮވާ ތަކެތި ވެސް ދެމި ހުންނާނެ ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، މި ތަކެތި ބޭނުން ކުރާނީ މިހާރު ވެސް ބޮޑު ތަނުން ބަލި ކޮށްލެވިފައިވާ ދުޝްމަނުން ފުނޑު ފުނޑު ކޮށްލުމަށް ކަމަށާއި، އެ ލަޝްކަރު އެ ސަރަހައްދުން ފޭބުމަށް އޮތް ހަމައެކަނި ޝަރުތަކީ ހަގީގީ އެއްބަސްވުމަކަށް އަމަލު ކުރަން ފެށުން ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ އެއްބަސްވުން ނާކާމިޔާބު ވެދާނެ ކަމަށް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، މީގެ ކުރިއަށް ވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. މީގެ އިތުރުން އެމެރިކާގެ ސިފައިން މިވަގުތު ވެސް ތިބީ ތަައްޔާރީ ޙާލަތުގައި ކަމަށާއި، އެމެރިކާ އަލުން އެނބުރި އަތުވެފައިވާ ކަމަަށެވެ.  

ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ތެލުގެ ފަސްބައި ކުޅަ އެއްބައި ދަތުރު ކުރާ ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމަށް ވެސް އީރާން އިން އެއްބަސްވެފައިވެ އެވެ. އަދި އެ ސަރަހައްދުން ދަތުރު ކުރެވޭނީ އީރާންގެ ފުރިހަަމ ބެލުމުގެ ދަށުން ކަމަށް ވެސް އެ ޤައުމުން ބުނެފައިވެ އެވެ. އީރާން އިން ބުނެފައި ވަނީ ލުބުނާން އަށް ހަމަލާ ދޭ ނަމަ، ހޮރްމޫޒް ކަނޑު އޮޅި އަނެއްކާ ވެސް ބަންދު ކުރާނެ ކަމަށެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި ޤައުމަކީ ޕާކިސްތާން އެވެ. މި ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި އެމެރިކާ އާއި އީރާން އިން އިތުރު މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސް، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮތެއް ނިންމާނެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދާނެ ކަމަށް ބުނެފި

09 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި

09 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

08 އެޕްރީލު 2026
ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

08 އެޕްރީލު 2026
ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު