Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ މަޝްވަރާތަކާ ދިމާކޮށް، ދެ ދުވަހަށް އިސްލާމްއާބާާދުގައި ސަރުކާރު ބަންދު ކޮށްފި

ބުދަ ދުވަހުގެ ރޭ އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އިދާރާ އިން ނެރުނު އިއުލާންގައި ސަރުކާރު ބަންދު ކުރުމުގެ ވަކި ސަބަބެއް ބަޔާން ކޮށްފައި ނުވޭ. ނަމަވެސް، މުހިންމު ސިޔާސީ ބައްދަލުވުން ތަކުގެ ކުރިން، ސަލާމަތީ ސަބަބުތަކާ ދިމާކޮށް ސަރުކާރު ބަންދު ކުރުމަކީ އިސްލާމްއާބާދުގައި އާންމު ގޮތެއްގައި ކުރާ ކަމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 08:33
އިސްލާމްއާބާދުގައި ހުންނަ ފޮރިން މިނިސްޓްރީގެ އޮފީސް ހިމެނޭ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ފޯރި މަރަމުންދަނީ.

އިސްލާމްއާބާދުގައި ހުންނަ ފޮރިން މިނިސްޓްރީގެ އޮފީސް ހިމެނޭ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ފޯރި މަރަމުންދަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުގެ މަޝްވަރާތައް ފެށުމަށް ތައްޔާރު ވަމުން އަންނައިރު، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ދެ ދުވަހުގެ މުއްދަތަކަށް ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު މި ނިންމުން ނިންމާފައިވާއިރު، އެމެރިކާ އާއި އީރާންގެ މަޝްވަރާތައް އިސްލާމްއާބާދުގައި ކުރިއަށް ދާނީ ހުކުރު ދުވަހު އެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް އީރާންގެ ވަފުދު ބުރާސްފަތި ދުވަހު ޕާކިސްތާން އަށް ދަތުރު ކުރާނެ ކަމަށް ބުނެފައިވާއިރު، އެމެރިކާގެ ވަފުދު ވެސް ޕާކިސްތާން އަށް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ބުދަ ދުވަހުގެ ރޭ އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އިދާރާ އިން ނެރުނު އިއުލާންގައި ސަރުކާރު ބަންދު ކުރުމުގެ ވަކި ސަބަބެއް ބަޔާން ކޮށްފައި ނުވެ އެވެ. ނަމަވެސް، މުހިންމު ސިޔާސީ ބައްދަލުވުން ތަކުގެ ކުރިން، ސަލާމަތީ ސަބަބުތަކާ ދިމާކޮށް ސަރުކާރު ބަންދު ކުރުމަކީ އިސްލާމްއާބާދުގައި އާންމު ގޮތެއްގައި ކުރާ ކަމެކެވެ. 

މެދު އިރުމަތީގެ ސަަރަހައްދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އެމެރިކާ އާއި އީރާންގެ އިސް އޮފިޝަލުން ބައިވެރިވާ މުހިންމު މަޝްވަރާ ތަކަށް ޕާކިސްތާން ތައްޔާރު ވަމުން އަންނައިރު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ ޕާކިސްތާންގައި އޮންނަ މަޝްވަރާ ތަކުގައި އެމެރިކާގެ ޓީމުގައި އިސްކޮށް ހުންނަވާނީ އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސް ކަމަަށެވެ. 

އިސްލާމްއާބާދުގެ ޑިސްޓްރިކްޓް އިދާރާ އިން ނެރުނު އިއުލާންގައި ބުނެފައި ވަނީ، ފުލުހުންނާއި، ހޮސްޕިޓަލް ތަކާއި، ކަރަންޓު އަދި ގޭހުގެ ޚިދުމަތް ހިމެނޭހެން މުހިންމު ޚިދުމަތްތައް ދެމުން އަންނަ އޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުހިންމު ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތުގައި ހިނގަމުން ދާނެ ކަމަށާއި، ރައްޔިތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.  

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާންއިސްލާމްއާބާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

08 އެޕްރީލު 2026
ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

08 އެޕްރީލު 2026
ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

08 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

08 އެޕްރީލު 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

08 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު