Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާގެ ސިޔާސަތަކީ ހަމައެކަނި ބާރުގެ ބޭނުން ކުރުމެއް ނޫން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އެޕްރީލު 2026 | އަންގާރަ 07:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމަށް ޙައްލެއް ލިބިދާނެ ފަދަ އެއްބަސްވުމެއްގެ ނިޝާންތައް ފެންނަން ފަށަިއފި ނަމަ، އެ ޤައުމަށް ދޭން ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތައް ފަސް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނީ، އީރާން އިން އެއްބަސްވުމަަކަށް ނުގޮސްފި ނަމަ، އެ ޤައުމަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުން ބުނެފައި ވަނީ، އީރާންގެ އިންފްރާސްޓްރަކްޗާ ނުވަތަ އަސާސީ ވަސީލަތްތައް ހަލާކުކޮށްލުމަށް ދޭން ނިންމާފައިވާ ހަމަލާ ފެށުމުގެ އެންމެ ފަހުގެ ނިންމުން ނިންމަވާނީ ޓްރަމްޕް ކަމަށެވެ. 

އެމެރިކާގެ ގަޑިން އަންގާރަ ދުވަހުގެ ރޭ 08:00 ގައި މި ހަމަލާ ފެށުމަށް ތައްޔާރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަލް ޖަޒީރާގައި ވަނީ ބުނެފަ އެވެ. ނަމަވެސް، ދެ ޤައުމުގެ ދެ މެދުގައި އޮތް މައްސަލަ ތަކަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އީރާން އިން އިޚުލާސްތެރިކަމާ އެކު މަސައްކަތް ތަކެއް ކުރާ ކަމުގެ ހެކި ފެންނަން އޮތް ނަމަ، އެ ވަގުތު ހަމަލާ ނުދީ މަޑު ޖައްސާލުމުގެ ފުރިހަމަ ބާރު ޓްރަމްޕް އަށް އޮތް ކަަމަށް ވެސް ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާގެ ސިޔާސަތަކީ ހަމައެކަނި ބާރުގެ ބޭނުން ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އީރާން އިން އެމެރިކާގެ ޝަރުުތު ތަކަށް އެއްބަސްވެ، އައު އެއްބަސްވުމަކަށް އައުމަށް ތައްޔާރު ނަމަ، އަސްކަރީ ފިޔަވަޅު އެޅުމުގެ ކުރިން ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާނެ ކަމަށް ބުނެފައިވެ އެވެ. 

އީރާންގެ މުހިންމު ބިނާ ތަކަށް އަމާޒުކޮށް ދޭން ރާވާފައިވާ މި ހަމަލާ އަކީ ދެ ޤައުމުގެ ދެދުގައި އުފެދިފައިވާ އަސްކަރީ އަދި ސިޔާސީ ނުތަނަވަސްކަން އައު ހަރުފަތަކަށް ގޮސްފައިވާ ވަގުތެއްގައި ދޭން ނިންމާފައިވާ ހަމަލާ ތަކެކެވެ. އެހެން ނަމަވެސް، މި ހަމަލާގެ ސަބަބުން ސަަރަހައްދީ މަސްލަހަތަށް ކުރާނެ އަސަރާއި، އީރާން އިން ދީފާނެ ރައްދު ހަމަލާ އަކަށް ބަލައި، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަޝްވަރާގެ ދޮރު ހުޅުވިފައި ބެހެއްޓުމަށް އެމެރިކާގެ ސަރުކާރުން ބޭނުންވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް

07 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް
07 އެޕްރީލު 2026

އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި

07 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި
07 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި

07 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި
06 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި

06 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި
06 އެޕްރީލު 2026

ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

06 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު