Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމެރިކާ އަށް ލިބުނު ކާމިޔާބީއެއް ކަމަށް. ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލައި، ތެލުގެ ވިޔަފާރި ކުރިއަށް ގެންދިޔުމާ މެދު އަދިވެސް ނުތަނަވަސްކަން އޮތް ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް ދިޔުމަށް ވަރުގަދަ އުސޫލު ތަކެއް ކަނޑައެޅިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2026 | ބުދަ 07:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އާއެކު އެއްބަސްވުމަކަށް އާދެވުމަކީ އެމެރިކާ އަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އޭއެފްޕީ އަށް ދެއްވި ފޯނު އިންޓަވިޔުއެއްގަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އީރާން އާއެކު އެއްބަސްވުމަކަށް އާދެވުމަކީ އެމެރިކާ އަށް ލިބުނު ސައްތަ އިން ސައްތަ ކާމިޔާބީއެއް ކަމަށެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާގެ މޭޒަށް އައުމަށް އީރާން އިން އެއްބަސްވެފައި ވަނީ، ޗައިނާ އިން އެކަމަށް ވަރަށް ބޮޑަށް ބާރުއެޅުމުން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި އީރާން އިން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ މައްސަލަ އަށް މި އެއްބަސްވުމުގެ ދަށުން ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް، ޓްރަމްޕް ވިދާޅުވި އެވެ. 

އީރާން އިން ވެސް ވަނީ، މި އެއްބަސްވުމަކީ އެ ޤައުމަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ ސީދާ ކޮންކޮން ކަންތައްތަކަކަށްތޯ ބައެއް ފަރާތް ތަކުން ސުވާލު އުފައްދަމުންދާއިރު ވެސް، ޓްރަމްޕް ހުންނެވީ މި އެއްބަސްވުމާ މެދު ވަރަށް ބޮޑަށް އިތުބާރު އޮތް ކަމަށް ހާމަ ކުރައްވައިގެންނެވެ. މި އެއްބަސްވުމާ ހަމައަށް ދެ ޤައުމުން ވެސް އައިސްފައި ވަނީ، އީރާން އަށް ހަމަލާ ދީ އެ ޤައުމު ސުންނާފަތި ކޮށްލުމަށް ޓްރަމްޕް ކަނޑައެޅި ސުން ގަޑި ހަމަވާން، އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށެވެ. 

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމެރިކާ އަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލައި، ތެލުގެ ވިޔަފާރި ކުރިއަށް ގެންދިޔުމާ މެދު އަދިވެސް ނުތަނަވަސްކަން އޮތް ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް ދިޔުމަށް ވަރުގަދަ އުސޫލު ތަކެއް ކަނޑައެޅިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މި މުއާމަލާތުގައި 15 ނުކުތާއެއް ހިމެނޭއިރު، އޭގެ ތެރެއިން ގިނަ ކަންތައްތަކަށް މިހާރު އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. މީގެ ކުރިން ޓްރަމްޕް، އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، އީރާން އިން 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި، އެއީ އަމަލު ކުރެވިދާނެ ފަދަ ހުށަހެޅުން ތަކެއް ކަމަށެވެ. 

ނަމަަވެސް، މި އެއްބަސްވުން ރޫޅިއްޖެ ނަމަ، އީރާންގެ އާންމު ހަކަތަ އުފައްދާ މަރުކަޒު ތަކަށާއި، ފާލަންތައް ފަދަ ތަންތަން ސުންނާފަތި ކޮށްލާނެ ކަމަށް ކުރިން ދެއްވާފައިވާ އިންޒާރުތަކާ އެއްގޮތަށް އަމަލު ކުރައްވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ސީދާ ޖަވާބެއް ދެއްވާފައި ނުވެ އެވެ. ޓްރަމްޕް ވިދާޅުވީ އެކަން ކުރިއަށްދާ ގޮތެއް ބަލަން މަޑު ކުރަން ޖެހޭނެ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

08 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ
07 އެޕްރީލު 2026

އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

07 އެޕްރީލު 2026
އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި
07 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް

07 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް
07 އެޕްރީލު 2026

އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި

07 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި
07 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި

07 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު