Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕް މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި

ކުއިގްލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ޓްރަމްޕް ގެންދަވަނީ ރައީސްގެ މަގާމާ ނުބައްދަލު އެތައް އަމަލެއް ހިންގަވަމުން ކަމަަށް. އަދި އެންމެ ފަހުން ޓްރަމްޕް ދެއްވި އިންޒާރަކީ، މުޅި ޤައުމެއް އެއްކޮށް ދުނިޔެ އިން ފޮހެލާނެ ކަމުގެ ބިރުވެރި އިންޒާރެއް ކަމަށާއި، މިއީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި ދަރަޖައެއް ކަމަށް ވެސް، ކުއިގްލީ ވަނީ ސިފަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 09:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އަށް އަމާޒުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ ގުޅިގެން، އޭނާ މަގާމުން ދުރު ކުރުމަށް އެމެރިކާގެ ކޮންގްރެސް މެމްބަރަކު ގޮވާލައްވައިފި އެވެ. 

މިފަދައިން ގޮވާލައްވާފައި ވަނީ ޗިކާގޯގެ ކޮންގްރެސް މެމްބަރު މައިކް ކުއިގްލީ އެވެ. އިލިނޯއިގެ ފަސް ވަނަ ޑިސްޓްރިކްޓް ތަމްސީލު ކުރައްވާ ކުއިގްލީ މިހެން ގޮވާލެއްވީ ގޮވާލެއްވީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމަލު ތަކަކީ ރައީސަކު ކޮށްގެން ވާނެ ފަދަ ކަންކަން ނޫން ކަމަށް ވިދާޅުވެ އެވެ. އެގޮތުން އެމެރިކާގެ ޤާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ދަށުން، ޓްރަމްޕް މަގާމުން ދުރު ކުރުމަށް އޭނާ ވަނީ ބާރު އަޅުއްވައިފަ އެވެ. 

އެކަމާ ގުޅިގެން ކުއިގްލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ޓްރަމްޕް ގެންދަވަނީ ރައީސްގެ މަގާމާ ނުބައްދަލު އެތައް އަމަލެއް ހިންގަވަމުން ކަމަަށެވެ. އަދި އެންމެ ފަހުން ޓްރަމްޕް ދެއްވި އިންޒާރަކީ، މުޅި ޤައުމެއް އެއްކޮށް ދުނިޔެ އިން ފޮހެލާނެ ކަމުގެ ބިރުވެރި އިންޒާރެއް ކަމަށާއި، މިއީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި ދަރަޖައެއް ކަމަށް ވެސް، ކުއިގްލީ ވަނީ ސިފަ ކުރައްވައިފަ އެވެ. 

އިތުރަށް ކުއިގްލީ ވިދާޅުވީ، ޓްރަމްޕްގެ މިފަދަ އިންޒާރު ތަކުގެ ސަބަބުން އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި، ޤައުމު އަނެއްކާ ވެސް ބޮޑު އިޤްތިޞާދީ ހީނަރުކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އެހެންކަމުން، ކެބިނެޓުގެ ވަޒީރުން ގުޅިގެން ޤާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ދަށުން ޓްރަމްޕް މަގާމުން ދުރު ކުރުމަށް ރަސްމީކޮށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. އަދި ކެބިނެޓަށް އެކަން ނުކުރެވޭ ނަމަ، ކޮންގްރެސްގެ ޗުއްޓީ މެދު ކަނޑާލުމަށް ފަހު ވަގުތުން އެނބުރި އައިސް، ޓްރަމްޕް އަޒުލު ކުރުން ނުވަތަ މަގާމުން ދުރު ކުރުމުގެ މަރުހަލާ ފެށުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. 

ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި ވެސް އޭނާ މަގާމުން ދުރު ކުރުމުގެ މަރުހަލާގައި އިސް ދައުރެއް އަދާ ކުރެއްވި ކުއިގްލީ ވިދާޅުވީ، ޓްރަމްޕް އަޑު އެހުމުގެ މަރުހަލާ އަށް ހާޒިރު ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ. އަދި މީގެ އިތުރުން އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންނާއި، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް އެކަތި ގަނޑަކަށްވެ، ބުއްދިވެރި ގޮތް އިޚްތިޔާރުކޮށް އަދި ޤައުމުގެ ހައްގުގައި ތެދުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. 

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމައިކް ކުއިގްލީއެމެރިކާ ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރެވޭނެ ކަމަށް އީރާން އިން ބުނެފި

08 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ހުކުރު ދުވަހު ޕާކިސްތާންގައި ބާއްވަނީ

08 އެޕްރީލު 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ އަށް ކާމިޔާބެއް: ޓްރަމްޕް

08 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

ހަމަލާ ބަދަލު ކުރުން މެދު ކަނޑާލައި، މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާ އިން އެއްބަސްވެއްޖެ

08 އެޕްރީލު 2026
އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ޓްރަމްޕް ނިންމި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެފި

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު