Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި

ދިހަ ނުކުތާގެ މައްޗަށް އެކުލަވާލާފައިވާ އީރާންގެ ޖަވާބުގައި ބުނެފައި ވަނީ، އީރާން އިން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުވުން ބަލައި ނުގަންނަ ކަމަށް. އޭގެ ބަދަލުގައި ހަނގުރާމަ އަށް އަންނަން ޖެހޭނީ ފުރިހަމަ އަދި ދާއިމީ ނިމުމެއް ކަމަށް ވެސް އީރާން އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އެޕްރީލު 2026 | އަންގާރަ 06:38
އީރާންގެ ވެރި ރަށް ތެހެރާންގެ މަގެއްގައި އެ ޤައުމުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅު ހިމެނޭ ބެނާއެއް ބަހައްޓާފައި.

އީރާންގެ ވެރި ރަށް ތެހެރާންގެ މަގެއްގައި އެ ޤައުމުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅު ހިމެނޭ ބެނާއެއް ބަހައްޓާފައި. | ރޮއިޓާސް

އެމެެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ. 

ހޯމަ ދުވަހު އީރާންގެ ސަރުކާރުގެ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެ ހުށަހެޅުން ބަަލައި ނުގަންނަން އީރާން އިން ނިންމާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާންގެ މުހިންމު އިންފްރާސްޓްރަކްޗާ ނައްތާލާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ. 

އީރާންގެ ސަރުކާރު ނޫސް އެޖެންސީ އިރްނާ އިން ބުނީ، އީރާން އިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުމުގެ ޖަވާބު ޕާކިސްތާން އަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާގެ ހުށަހެޅުގައި ހިމެނޭ ކަންކަން ނުވަތަ މައުލޫމާތު ދިން މަސްދަރު ހާމަ ކޮށްފައި ނުވެ އެވެ. 

ދިހަ ނުކުތާގެ މައްޗަށް އެކުލަވާލާފައިވާ އީރާންގެ ޖަވާބުގައި ބުނެފައި ވަނީ، އީރާން އިން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުވުން ބަލައި ނުގަންނަ ކަމަށެވެ. އޭގެ ބަދަލުގައި ހަނގުރާމަ އަށް އަންނަން ޖެހޭނީ ފުރިހަމަ އަދި ދާއިމީ ނިމުމެއް ކަމަށް ވެސް އީރާން އިން ބުނެފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ މިހާރު 38 ދުވަހަށް ދެމިގެން ގޮސްފައިވާއިރު، މި ހަނގުރާމަ ނިންމުމަށް އެކި ގޮތް ގޮތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. މީގެ އިތުރުން އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތުމާ އެކު، ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ އަސަރު ދަނީ އިންތިހާ އަށް ކުރަމުންނެވެ. 

އާދީއްތަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފައި ވަނީ، އަންގާރަ ދުވަހުގެ ރެޔާ ހަމައަށް އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ހުޅުވައި ނުލައިފި ނަމަ، ނުވަތަ މިނިވަންކަމާ އެކު ދަތުރު ކުރުމުގެ ފުރުސަތު ދިނުމަށް އެއްބަސް ނުވެއްޖެ ނަމަ، އީރާންގެ ކަަރަންޓުގެ މަރުކަޒުތަކާއި ފާލަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. 

އެހެން ނަމަވެސް، އިރްނާ އިން ބުނެފައި ވަނީ އީރާން އިން އެމެރިކާ އަށް ޖަވާބުގައި ބައެއް ކަންކަން ބަޔާން ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރަަހައްދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާއި، ހޮރްމޫޒް ކަނޑު އޮޅީގެ މަގުން ސަލާމަތީ ގޮތުން ދަތުރު ކުރުމުގެ ޕްރޮޓޮކޯލެއް ހެދުމާއި، އަލުން އިމާރާތް ކުރުން އަދި އީރާން އަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި

06 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި
06 އެޕްރީލު 2026

ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

06 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި
06 އެޕްރީލު 2026

އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

06 އެޕްރީލު 2026
އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި
06 އެޕްރީލު 2026

އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

06 އެޕްރީލު 2026
އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް
06 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

06 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު