Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅިން ބައެއް ޓޭންކަރުތައް ދަތުރު ކުރުމާ އެކު، ތެލުގެ އަގު ދަށަށް

ހޯމަ ދުވަހު ޖީއެމްޓީ އިން 10:50 ހާއިރު ބްރެންޓް ކްރޫޑްގެ އަގު ވަނީ 0.8 އިންސައްތަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 108.20 އެމެރިކާ ޑޮލަރަށް ދަށްވެފައި. އަދި އެމެރިކާގެ ވެސްޓް ޓެކްސަން އިންޓަމީޑިއަޓް (ޑަބްލިއުޓީއައި)ގެ އަގު 1.4 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 110.01 އެމެރިކާ ޑޮލަރަށް ދަށްވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އެޕްރީލު 2026 | އަންގާރަ 07:30
އިޒްރޭލް އާއި އެމެރިކާ އިން އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، ފްލޮރިޑާގެ ޓައިޓަސްވިލްގައި ހުންނަ ފިއުލް ސްޓޭޝަނެއްގައި ތެޔޮ ވިއްކާ އަގުތައް ދައްކައި ދީފައި.

އިޒްރޭލް އާއި އެމެރިކާ އިން އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، ފްލޮރިޑާގެ ޓައިޓަސްވިލްގައި ހުންނަ ފިއުލް ސްޓޭޝަނެއްގައި ތެޔޮ ވިއްކާ އަގުތައް ދައްކައި ދީފައި. | ރޮއިޓާސް

ހޮރްމޫޒް ކަނޑު އޮޅިން ބައެއް ތެޔޮ ޓޭންކަރުތައް ދަތުރު ކުރަން ފެށިކަމުގެ ޚަބަރާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދާން ފަށާފައިވާ ކަމަށް ހޯމަ ދުވަހު ރެކޯޑު ކުރެވިއްޖެ އެވެ.

ވިޔަފާރިތައް ދަށްވެފައިވާ މި ދަނޑިވަޅުގައި ތެލުގެ އަގުތައް ދަށަށް ދާން ފަށާފައި ވަނީ، އީރާން އިން ދަތުރު ކުރުން ދަތި ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅިން ބައެއް އުޅަނދު ފަަހަރު ދަތުރު ކުރަން ފެށުމުން އިންވެސްޓަރުންނަށް ލިބުނު އުންމީދަކާ ގުޅިގެންނެވެ. 

އެސްއީބީގެ އެނަލިސްޓް އޮލެ އާރް ހުވަލްބީ އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަނޑު އޮޅިން މިހާރު ބައެއް އުޅަނދު ފަހަރު ދަތުރު ކުރަމުންދާ ކަމަށެވެ. މިއީ އާންމު ޙާލަތަކަށް އައުން ކަމަށް ނުބެލެވުނު ނަމަވެސް، މިއީ ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ހޯމަ ދުވަހު ޖީއެމްޓީ އިން 10:50 ހާއިރު ބްރެންޓް ކްރޫޑްގެ އަގު ވަނީ 0.8 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 108.20 އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަން އިންޓަމީޑިއަޓް (ޑަބްލިއުޓީއައި)ގެ އަގު 1.4 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 110.01 އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. 

ތެލުގެ އަގު ތަކަށް މި ބަދަލު އައިސްފައި ވަނީ، ހަނގުރާމައިގެ ނުރައްކާ އޮތް ހޮރްމޫޒް ކަނޑު އޮޅިން ތުރުކީގެ ތިން ވަނަ އުޅަނދު ހުރަސްކޮށްފައިވާ ކަމަށް އެ ޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ. ތުރުކީ އިން ބުނި ގޮތުގައި އިރާގުން މެލޭޝިޔާ އަށް ސާފު ނުކުރާ ތެޔޮ ހިފައިގެން ދަތުރު ކުރި "އޯޝަން ތަންޑާ" ނަމަކަށް ކިޔާ ޓޭންކަރު ވަނީ އާދީއްތަ ދުވަހު ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑު އޮޅި ހުރަސްކޮށްފަ އެވެ. ބައިނަލްއަޤުވާމީ އުޅަނދު ފަހަރު މޮނިޓާ ކުރާ "މެރިން ޓްރެފިކް" އިން ބުނާ ގޮތުގައި މި އުޅަނދު ދަތުރު ފެށީ އިރާގުގެ ބަސަރާ އިންނެވެ. 

މީގެ އިތުރުން ޖަޕާންގެ ޝިޕިން ކުންފުންޏެއް ކަމުގައިވާ މިޓްސުއީ އޯއެސްކޭ ލައިންސް އިން ހޯމަ ދުވަހު ބުނި ގޮތުގައި، އެ ކުންފުނީގެ ދަށުން ހިންގާ އިންޑިއާގެ ދިދަ ޖަހާފައިވާ އެލްޕީޖީ ޓޭންކަރެއް ވެސް ވަނީ ކާމިޔާބުކަމާ އެކު ހޮރްމޫޒް ކަނޑު އޮޅި ހުރަސްކޮށްފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި އިތުރު ދެ އުޅަނދެއް ވެސް ވަނީ ރައްކާތެރިކަމާ އެކު އެ ސަރަހައްދުން ނިކުމެފަ އެވެ. 

އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި ވަނީ އެމެރިކާ އާއި އިޒްރޭލް އިން މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާ ތަކުގެ ސަބަބުން، ކުރިން ފީފާއެއް 60 އެމެރިކާ ޑޮލަރުގައި ހުރި ތެލާއި ގޭހުގެ އަގުތައް ވަނީ އިންތިހާ އަށް އުފުލިގެން ގޮސްފަ އެވެ. 

އީރާންގެ ރިވޮލިއުޝަނަރީ ގާޑްސް އިން އާދީއްތަ ދުވަހު ބުނެފައި ވަނީ، ކަނޑު އޮޅީގައި އުޅަނދު ފަހަރު ދަތުރު ފަތުރު ކުރުމުގައި އަމަލު ކުރާނެ އައު އުސޫލު ތަކެއް ތަންފީޒު ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ތެލުގެ އަގުހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި

އީރާންގެ ރޫހީ ލީޑަރު ހޭނެތިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފި

07 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައި ނުގަންނަން އީރާން އިން ނިންމައިފި

07 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި

06 އެޕްރީލު 2026
ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

06 އެޕްރީލު 2026
އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު