Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ރައްދު ދީފައިވާ ކަމަށް އީރާން އިން ބުނެފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަޣާއީ ވިދާޅުވީ، އީރާން އިން ޤާނޫނީ ގޮތުން ބޭނުންވާ ކަންކަން ބުނުމުގައި ދެބަސްވުމެއް ނެތް ކަމަށް. އެކަންކަން ބުނުން ވިސްނަން ޖެހޭނީ މަޑު ޖެހުމުގެ ނިޝާނެއްގެ ގޮތުގައި ނޫން ކަމަށް ވެސް ބަޣާއީ ވިދާޅުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 11:14
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިންމުމަށް މެދުވެރިންގެ ފަރާތުން ލިބިފައިވާ ހުށަހެޅުން ތަކަށް އީރާން އިން ރައްދު ދީފައިވާ ކަމަށާއި، މަޝްވަރާތައް ކުރިއަށް ގެންދަނީ އަލްޓިމޭޓަމް ދީގެންނާއި، ހަނގުރާމައިގެ ކުށްތައް ހިންގުމުގެ ބިރު ދެއްކުމާ އެއްގޮތަކަށް ނޫން ކަމަށް އީރާން އިން ބުނެފި އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާން އިން ޤައުމީ މަސްލަޙަތަށް ބިނާކޮށް ބައެއް ބޭނުންތައް ކަނޑައަޅާފައިވާ ކަމަށާއި، އެކަންކަން މެދުވެރިން މެދުވެރިކޮށް ކުރިއަށް އެމެރިކާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެމެރިކާ އިން ކުރިން ހުށަހެޅި 15 ނުކުތާގެ ޕްލޭން ވަނީ ވަރަށް ބޮޑަށް ހައްދުފަހަނަ އަޅާފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަޣާއީ ވިދާޅުވީ، އީރާން އިން ޤާނޫނީ ގޮތުން ބޭނުންވާ ކަންކަން ބުނުމުގައި ދެބަސްވުމެއް ނެތް ކަމަށެވެ. އެކަންކަން ބުނުން ވިސްނަން ޖެހޭނީ މަޑު ޖެހުމުގެ ނިޝާނެއްގެ ގޮތުގައި ނޫން ކަމަށް ވެސް ބަޣާއީ ވިދާޅުވެފައިވެ އެވެ. އެއީ އީރާންގެ ވިސްނުންތަކާއި ޕޮޒިޝަންތައް ދިފާއު ކުރުމުގައި އޮންނަ އިތުބާރުގެ ހެކި ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އީރާންގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޣާއީ ވިދާޅުވީ، އީރާން އިން އެ ޤައުމުގެ ރައްދުތައް ތައްޔާރު ކޮށްފައިވާ ކަމަށާއި، ވަގުތު ލިބޭއިރު އެކަންކަމުގެ ތަފްސީލު އިއުލާން ކުރާނެ ކަމަށެވެ. 

މި ބަޔާން އައިސްފައި ވަނީ އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ޓެންޝަން ބޮޑުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އީރާން އިން ބުނީ، ވަކި ޝަރުތު ތަކެއް ކަނޑައަޅައިގެން ބިރު ދައްކަން އުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަކީ އެ ޤައުމުގެ ސިޔާސަތެއް ނޫން ކަަމަށެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީގެ ތަރުޖަމާނު ވިދާޅުވީ، އީރާން އިން އަބަދު ވެސް ހަނގުރާމަ ހުއްޓުވުމަށް ތާއީދު ކުރާ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހޭނީ އީރާންގެ ޤައުމީ މަސްލަހަތާއި ސަލާމަތާ ގުޅޭ ކަންކަން ރައްކާތެރި ކޮށްގެން ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާއިލް ބަޣާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

06 އެޕްރީލު 2026
އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

06 އެޕްރީލު 2026
އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

06 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

06 އެޕްރީލު 2026
ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު