Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ހުޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފި

ރޮއިޓާސް އަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައިި، ޕާކިސްތާންގެ އަރމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު ވަނީ، އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ މުއާމަލާތް ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 11:09
އެމެރިކާ އާއި އީރާނުގެ ދިދަ

އެމެރިކާ އާއި އީރާނުގެ ދިދަ | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެެކުލަވާލާފައިވާ ޕްލޭނެއް ދެ ޤައުމަށް ވެސް ލިބިފައިވާ ކަމަށާއި، އެ ޕްލޭންގެ ދަށުން ހޯމަ ދުވަހުން ފެށިގެން ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ހާމަ ކޮށްފި އެވެ. 

ޕާކިސްތާން އިން އިސްނަގައިގެން އެކުލަވާލި މި އޮނިގަނޑު އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމެރިކާ އާއި އީރާންއާ ހިއްސާ ކޮށްފައިވާއިރު، މިއީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އޭގެ ތެރޭގައި ފުރަތަމަ މަރުހަލާގައި ވަގުތުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމާއި، ދެ ވަނަ މަރުހަލާގައި ދާއިމީ ސުލްޙައިގެ އެއްބަސްވުމަކަށް ދިޔުން ހިމެނެ އެވެ. 

މަސްދަރު ތަކުން ބުނާ ގޮތުގައި މިކަމޭ ގުޅޭ ހުރިހާ ކަމެއްގައި ހޯމަ ދުވަހުގެ ވަގުތެއްގައި އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މި މަޝްވަރާ ތަކުގައި މުއާމަލާތް ކުރުމަށް ބޭނުން ކުރާ ހަމައެކަނި މެދުވެރި އަކީ ޕާކިސްތާން ކަމަށްވާއިރު، ފުރަތަމަ މަރުހަލާގެ އެއްބަސްވުން ބަދަލު ކުރާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިނަލް ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. 

މި މަޝްވަރާ ތަކާ ގުޅޭ ގޮތުން އެކްސިއޯސް އިން މީގެ ކުރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އީރާންގެ އިތުރުން، ސަރަހައްދީ މެދުވެރިން ދަނީ 45 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލު ކުރުން ހުއްޓާލުމާ މެދު ވާހަކަ ދައްކަމުންނެވެ. ރޮއިޓާސް އަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައިި، ޕާކިސްތާންގެ އަރމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު ވަނީ، އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ މުއާމަލާތް ކުރައްވައިފަ އެވެ. 

އިސްލާމްއާބާދޫ އެކޯޑުގެ ނަމުން ނަން ދެވިފައިވާ މި ހުށަހެޅުމުގެ ދަށުން، ހަމަލާ ބަދަލު ކުރުން ވަގުތުން ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ފަހު، ދާއިމީ ހައްލަކަށް ދިޔުމަށް 15 ދުވަހާއި، 20 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އެންމެ ފަހުގެ މަޝްވަރާތައް ބޭއްވުމަށް ހަަމަޖެހިފައި ވަނީ ޕާކިސްތާންގެ ވެރިރަށް، އިސްލާމްއާބާދުގަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެމެރިކާ އިން އަދި ރަސްމީ ބަހެއް ބުނެފައި ނުވާއިރު، ޕާކިސްތާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޠާހިރު އަންދްރާބީ ވަނީ އެކަމަށް ކޮމެންޓެއް ކުރެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ. 

އީރާންގެ އިސް އޮފިޝަލަކު ރޮއިޓަރސް އަށް ވިދާޅުވީ، ހަމައެކަނި ވަގުތީ ސުލްޙައަކަށްޓަކައި ހޮރްމޫޒް ކަނޑު އޮޅި އީރާން އިން ހުޅުވައި ނުލާނެ ކަމަށެވެ. އަދި ދާއިމީ ސުލްޙަ އަކަަށް ދިޔުމަށް އެމެރިކާގެ ކިބައިގައި ތައްޔާރުވުމެއް ހުރި ކަމަށް އީރާން އިން ޤަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕާކިސްތާންގެ ހުށަހެޅުން ލިބިފައިވާ ކަަމަށް އީރާން އިން ކަށަވަރު ކޮށްދިން ނަމަވެސް، ވަކި މުއްދަތެއްގެ ތެރޭގައި ގޮތް ނިންމުމަށް ކުރިމަތި ކުރާ ފިއްތުންތައް ޤަބޫލު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ. އީރާން އިން ބޭނުން ވަނީ އެމެރިކާ އާއި އިޒްރޭލް އިން ދެން ދުވަހަކު ވެސް ހަމަލާއެއް ނުދޭނެ ކަމުގެ ޔަޤީންކަމާ އެކު، ދާއިމީ ސުލްޙައެއް ޤާއިމު ކުރުމަށެވެ. 

މި އެއްބަސްވުމުގެ ދަށުން އީރާން އިން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވުމުން، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށް ހިމެނޭ ކަމަށް މަސްދަރު ތަކުން ބުނެފައިވެ އެވެ. ނަމަވެސް، ޕާކިސްތާންގެ ދެ މަސްދަރަކުން ބުނެފައިވާ ގޮތުގައި، ޗައިނާ އާއި އެމެރިކާ އަދި ޕާކިސްތާން އިން ބާރު އަޅާ މި ވަގުތީ ސުލްޙައިގެ ހުށަހެޅުމަށް އީރަން އިން އަދި ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

06 އެޕްރީލު 2026
އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

06 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

06 އެޕްރީލު 2026
ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

06 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު