Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ އަވަހާރަ ކޮށްލައިފި

6 އެޕްރީލު 2026 | ހޯމަ 11:04

އައިއާރުޖީސީގެ ބަޔާނުގައި ބުނެފައި ވަނީ، އެ އިދާރާގެ އިންޓެލިޖެންސް އޯގަނައިޒޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި، ތައުލީމީ އަދި ނުފޫޒު ގަދަ ލީޑަރު މޭޖާ ޖެނަރަލް މަޖީދު ޚާދިމީ އަވަހާރަ ކޮށްލާފައި ވަނީ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް. އެގޮތުން ދުޝްމަނުން ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއްގައި ޚާދިމީ އަވަހާރަވެފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2026 | ހޯމަ 11:04
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސް އިސްވެރިޔާ މަޖީދު ޚާދިމީ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސް އިސްވެރިޔާ މަޖީދު ޚާދިމީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އިންޓެލިޖެންސް އިދާރާގެ އިސްވެރިޔާ މޭޖާ ޖެނަރަލް މަޖީދު ޚާދިމީ އަވަހާރަ ކޮށްލާފައިވާކަން އެ ޤައުމުން ކަށަވަރު ކޮށްދީފި އެވެ. 

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް އިން މިކަން ހާމަ ކޮށްފައި ވަނީ، އެ އިދާރާގެ ރަސްމީ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ހޯމަ ދުވަހު ނެރުނު ބަޔާނެއްގަ އެވެ. 

އައިއާރުޖީސީގެ ބަޔާނުގައި ބުނެފައި ވަނީ، އެ އިދާރާގެ އިންޓެލިޖެންސް އޯގަނައިޒޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި، ތައުލީމީ އަދި ނުފޫޒު ގަދަ ލީޑަރު މޭޖާ ޖެނަރަލް މަޖީދު ޚާދިމީ އަވަހާރަ ކޮށްލާފައި ވަނީ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ދުޝްމަނުން ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއްގައި ޚާދިމީ އަވަހާރަވެފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ ހާދިސާއާ ގުޅިގެން އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރާއީލް ކާޓްޒް ވަނީ، ޚާދިމީ އަވަހާރަ ކޮށްލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާންގެ ލީޑަރުން، އެކަކު ފަހަތުން އަނެކަކު ހޯދައި، އެ މީހުން ނައްތާލާނެ ކަމުގެ އިންޒާރު ވެސް ކާޓްޒް ވަނީ ދެއްވައިފަ އެެވެ. މިއީ އީރާންގެ އަސްކަރީ އަދި ސިޔާސީ އިސް ސަފަށް އަމާޒުކޮށް އިޒްރޭލް އިން ދެމުންދާ ހަމަލާ ތަކުގެ ތެރެއިން ދީފައިވާ ވަރުގަދަ ހަމަލާ އެކެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާންއާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަންގެ ދަށުން ދެމުންދާ ހަމަލާ ތަކުގައި އީރާންގެ އިސް ސަފުގެ ގިނަ އަދަދެއްގެ ލީޑަރުން ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އޭގެ ތެރޭގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނެ އެވެ. 

ހޯމަ ދުވަހު އިޒްރޭލް އިން އަވަހަރާ ކޮށްލި އީރާންގެ އިންޓެލިޖެންސްގެ އިސްވެރިޔާ، މޭޖާ ޖެނަރަލް މަޖީދު ޚާދިމީ އަކީ އީރާންގެ ޖާސޫސީ އިދާރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާއިރު، އޭނާ އަވަހާރަ ކޮށްލުމަކީ އީރާންގެ ދިފާއީ އަދި ޖާސޫސީ ނިޒާމަށް ލިބުނު ބޮޑު ލޮޅުމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ. މި ހަމަލާއާ އެކު މެދު އިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ހަނގުރާމަ ފުޅާވެގެން ދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

06 އެޕްރީލު 2026
އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް
06 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

06 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް
06 އެޕްރީލު 2026

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

06 އެޕްރީލު 2026
ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި
06 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

06 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ
06 އެޕްރީލު 2026

އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

06 އެޕްރީލު 2026
އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި
05 އެޕްރީލު 2026

ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

05 އެޕްރީލު 2026
ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި
05 އެޕްރީލު 2026

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

05 އެޕްރީލު 2026
48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް
05 އެޕްރީލު 2026

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

05 އެޕްރީލު 2026
ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި
05 އެޕްރީލު 2026

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި
05 އެޕްރީލު 2026

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

05 އެޕްރީލު 2026
އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް