Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން އަމިއްލަ ދިފާއުގައި ތެދުވާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ކުރީގެ ފޮރިން މިނިސްޓަރުގެ ވަރުގަދަ ރައްދެއް ޓްރަމްޕް އަށް

6 އެޕްރީލު 2026 | ހޯމަ 07:46

ޓްރަމްޕް ދެއްކެވި ވާހަކަ ތަކަށް އިޝާރާތް ކުރައްވައި ޒަރީފް ވިދާޅުވީ، ޓްރަމްޕް ފާޅު ކުރެއްވި ބޭއަދަބީ އަދި ހަރުކަށި ބަސް މަގަކީ ހަނގުރާމައިގެ އިތުރު ކުށްތަކަސް ހިތްވަރުދޭ އަމަލެއް ކަމަށް. އަދި މިފަދަ އަމަލު ތަކުގައި ބައިވެރިވުމަކީ ބައިނަލްއަޤުވާމީ ޖިނާއީ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2026 | ހޯމަ 07:46
އީރާންގެ ކުރީގެ ފޮރިން މިނިސްޓަރު މުޙައްމަދު ޖަވާދު ޒަރީފް.

އީރާންގެ ކުރީގެ ފޮރިން މިނިސްޓަރު މުޙައްމަދު ޖަވާދު ޒަރީފް. | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑު އޮޅިއާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަ ތަކަށް، އީރާންގެ ކުރީގެ ފޮރިން މިނިސްޓަރު މުޙައްމަދު ޖަވާދު ޒަރީފް ފާޑު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒަރީފް ވިދާޅުވީ، އީރާން އިން އެ ޤައުމުގެ އަމިއްލަ ނަފްސު ދިފާއު ކުރާނެ ކަމަށެވެ. ނަމަވެސް، އަމިއްލަ ސަލާމަތަަށްޓަކައި ޓްރަމްޕްގެ އިންޒާރު ތަަކަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި އުދުވާނަކީ މީގެ ކުރިން ހިންގާފައިވާ ހަނގުރާމައިގެ ކުށަކުން ފެށިފައިވާ ކަމެކެވެ.

އެގޮތުން މިނާބް ސްކޫލް އަށް ދިން ހަމަލާގައި 170 ކިޔަވާ ދަރިވަރުން ޝަހީދު ކޮށްލުމަކީ ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި ޒަރީފް ވަނީ ސިފަ ކުރައްވައިފަ އެވެ. އެއާ އެކު ޒަރީފް ވިދާޅުވީ، އީރާން އަށް އަމާޒުކޮށް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރު ތަކަކީ އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ ވާހަކަ ތަކެއް ނޫން ކަަމަށެވެ.

ޓްރަމްޕް ދެއްކެވި ވާހަކަ ތަކަށް އިޝާރާތް ކުރައްވައި ޒަރީފް ވިދާޅުވީ، ޓްރަމްޕް ފާޅު ކުރެއްވި ބޭއަދަބީ އަދި ހަރުކަށި ބަސް މަގަކީ ހަނގުރާމައިގެ އިތުރު ކުށްތަކަސް ހިތްވަރުދޭ އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލު ތަކުގައި ބައިވެރިވުމަކީ ބައިނަލްއަޤުވާމީ ޖިނާއީ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

ޒަރީފް އަކީ 2015 ވަނަ އަހަރު އީރާންގެ ނިއުކްލިއާ އެއްބަސްވުން އެކުލަވާލުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅާ އެވެ. ނަމަވެސް، ދާދި ފަހުން ފޮރުން އެފެއާޒް މެގަޒިންގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އޭނާ ލިޔުއްވި މަގު ޗާޓަކާ ގުޅިގެން އީރާންގެ ސަރުކާރުން ވަނީ އޭނާ އަށް ނަސޭހަތްތެރި ވެފަ އެވެ. 

މި މައްސަލަ ހޫނުވެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅިގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާންއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޒަރީފްގެ މި ބަޔާނަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑު ވެގެންދާނެ ކަމެއް ކަމަށް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މުހައްމަދު ޖަވާދު ޒަރީފްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

06 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް
06 އެޕްރީލު 2026

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

06 އެޕްރީލު 2026
ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި
06 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

06 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ
06 އެޕްރީލު 2026

އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

06 އެޕްރީލު 2026
އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި
05 އެޕްރީލު 2026

ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

05 އެޕްރީލު 2026
ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި
05 އެޕްރީލު 2026

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

05 އެޕްރީލު 2026
48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް
05 އެޕްރީލު 2026

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

05 އެޕްރީލު 2026
ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި
05 އެޕްރީލު 2026

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި
05 އެޕްރީލު 2026

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

05 އެޕްރީލު 2026
އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ
03 އެޕްރީލު 2026

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

03 އެޕްރީލު 2026
އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް