Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

މޮޅާ އެކު ލިވަޕޫލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ، އެގްރިގޭޓް ނަތީޖާ 4-1 އިން. މުބާރާތުގެ ކުއާޓާ ފައިނަލްގައި ލިވަޕޫލް ނިކުންނަން ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 06:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޞަލާޙު އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ގަލަތަސަރާއި ބަލިކޮށް، ލިވަޕޫލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ. 

ގަލަތަސަރާއިގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އެ ޓީމުން ވަނީ 1-0 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. އެހެންވެ، ލިވަޕޫލް އަށް ކުއާޓާ ފައިނަލްގެ ފުރުސަތު އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވެގެންނެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ދެ ވަނަ ލެގުގައި ލިވަޕޫލް އިން ވަނީ 4-0 އިން ގަލަތަސަރާއި ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލީޑު ނަގައިދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލް އަށް ލީޑު ފުޅާ ކޮށްދޭން ލިބުނު ފުރުސަތުގައި، މިޞްރުގެ މުޙައްމަދު ޞަލާޙު ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ހޫގޯ އެކިޓީކޭ ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ރަޔާން ގްރަވެންބާކް ވަނީ ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އަދި މެޗުގައި ލިވަޕޫލްގެ ފަހު ލަނޑު 62 ވަނަ މިނެޓުގައި ޖެހީ ޞަލާޙު އެވެ.

މޮޅާ އެކު ލިވަޕޫލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ، އެގްރިގޭޓް ނަތީޖާ 4-1 އިންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ލިވަޕޫލް ނިކުންނަން ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުލިވަޕޫލް ގަލަޓަސަރާއި

އިތުރަށް ކިޔާލަން

19 މާރިޗު 2026

ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

19 މާރިޗު 2026
ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް
18 މާރިޗު 2026

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
18 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް
16 މާރިޗު 2026

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު