Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

މޮޅާ އެކު ބާސެލޯނާ އިން ވަނީ 8-3 ގެ އެގްރިގޭޓް ނަތީޖާ އަކުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދާފައި. ކުއާޓާ ފައިނަލްގައި ބާސެލޯނާ ނިކުންނަން ޖެހެނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 06:45
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ރަފީނިއާ އާއި ޔަމާލް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ރަފީނިއާ އާއި ޔަމާލް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ނިއުކާސަލް ޔުނައިޓެޑު ކޮޅަށް ހަތް ލަނޑު ޖަހައިގެން، ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ނިއުކާސަލްގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. އެހެންވެ، ކުއާޓާ ފައިނަލްގެ ފުރުސަތު އޮތީ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގައި ބާސެލޯނާ އިން ވަނީ 7-2 އިން ނިއުކާސަލް ބަލިކޮށްފަ އެވެ.

މެޗުގައި ބާސެލޯނާ އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، ނިއުކާސަލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް، އިތުރު ފަސް ލަނޑު ޖަހައިގެން ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ. 

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި އެންތަނީ އެލަންގާ ވަނީ ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ފަހަރަށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ މާކް ބާނެލް އެވެ. ނަމަވެސް، 28 ވަނަ މިނެޓުގައި އެލަންގާ ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ތިން ވަނަ ފަހަރަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ.

އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ހަ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. އަދި މެޗުގައި ބާސެލޯނާގެ ފަހު ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ރަފީނިއާ އެވެ.

މޮޅާ އެކު ބާސެލޯނާ އިން ވަނީ 8-3 ގެ އެގްރިގޭޓް ނަތީޖާ އަކުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. ކުއާޓާ ފައިނަލްގައި ބާސެލޯނާ ނިކުންނަން ޖެހެނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާނިއުކާސަލް ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

17 މާރިޗު 2026
ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

16 މާރިޗު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު