Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

ފުޖައިރާ މީޑިއާ އޮފީހުން ބުނި ގޮތުގައި، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ. ނަމަވެސް، މި ހާދިސާ އަކީ ފުޖައިރާ އިމާރާތުގައި ހިނގި ސީރިއަސް ހާދިސާއެއްގެ ގޮތުގައި ބެލެނިވެރި ފަރާތުން ދެކެމުން އަންނައިރު، އެ ހާދިސާގެ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 07:39
ޔޫއޭއީގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި، "ޑޫ"

ޔޫއޭއީގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި، "ޑޫ" | ރޮއިޓާސް

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް އީރާން އިން ފޮނުވާލި ޑްރޯން ތަކެއް އަމާޒުވެ، ހަމަލާ ތަކެއް ދީފައިވާ ކަމަށް ބުނެފި އެވެ.

އެމިރޭޓްސް ނޫސް އެޖެންސީ ވާމުން އިން ބުނީ، ފުޖައިރާގެ ބެލެނިވެރި ފަރާތުން އެންގި ގޮތުގައި އީރާން އިން ފޮނުވާލި ޑްރޯން އަކުން ޑޫ (ޑީޔޫ) ޓެލެކޮމިއުނިކޭޝަން ކުންފުނީގެ އިމާރާތަކަށް ހަމަލާ ދީފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

ފުޖައިރާ މީޑިއާ އޮފީހުން ބުނި ގޮތުގައި، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. ނަމަވެސް، މި ހާދިސާ އަކީ ފުޖައިރާ އިމާރާތުގައި ހިނގި ސީރިއަސް ހާދިސާއެއްގެ ގޮތުގައި ބެލެނިވެރި ފަރާތުން ދެކެމުން އަންނައިރު، އެ ހާދިސާގެ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

މީގެ އިތުރުން، ހޯމަ ދުވަހު އަބޫދާބީގެ މުސައްފާހު ސަރަހައްދުގައި ވެއްޓުނު ބައެއް ބައި ތަކުގެ ސަބަބުން ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެގޮތުން ގާނާގެ ރައްޔިތެއްގެ ގައިގައި އޭގެއިން ޖެހި، އޭނާ އަށް ކޮންމެ ވެސް މިންވަރެއްގެ އަނިޔާ ތަކެއް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަބޫދާބީގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން އަންނަނީ މިކަން ވެސް ބަލަމުންނެވެ. 

ޔޫއޭއީގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން ބުނެފައި ވަނީ، މި ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާއިރު، އީރާން އިން ފޮނުވި ޑްރޯން އިން ހަަމަލާ ދިން ކަމުގެ ތުހުމަތު ވަރަށް ސީރިއަސް ގޮތެއްހައި ބަލާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ޔޫއޭއީގެ ސަލާމަތީ ފަރާތްތަކުން ވެސް ވަނީ ނިންމައިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ފުޖައިރާޔުނައިޓެޑް އަރަބް އެމިރޭޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

06 އެޕްރީލު 2026
އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

06 އެޕްރީލު 2026
ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

05 އެޕްރީލު 2026
48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

05 އެޕްރީލު 2026
ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު