Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

ފުރަތަމަ ބުރުގައި 45 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަޝްވަރާ ކުރުމަށް ހިމަނާފައިވާ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 07:38
އެމެރިކާ އާއި އީރާންގެ ދިދަ ދައްކުވައިދޭ ކުރެހުމެއް.

އެމެރިކާ އާއި އީރާންގެ ދިދަ ދައްކުވައިދޭ ކުރެހުމެއް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް، މެދުވެރިން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ބުނެފި އެވެ. 

އެކްސިއޯސް އިން އާދީއްތަ ދުވަހު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، 45 ދުވަހުގެ އެ ހުއްޓުމުގެ މަޤުސަދަކީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް މަގު ފަހި ކުރުމެވެ. 

މި ރިޕޯޓުގައި ބުނެފައި ވަނީ އެމެރިކާ އާއި އިޒްރޭލް އަދި ސަރަހައްދީ ހަތަރު މަސްދަރުން މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރޮއިޓާސް އިން މި މައުލޫމާތު ވަގުތުން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އާއި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ރޮއިޓާސްގެ ސުވާލު ތަކަށް ވަގުތުން ޖަވާބެއް ދީފައި ނުވެ އެވެ. 

މެދުވެރިން މަޝްވަރާ ކުރަމުން ދަނީ ދެ ބަޔަކަށް ބެހިފައިވާ އެއްބަސްވުމެއްގެ ތަފްސީލުތަކާ ގުޅޭ ގޮތުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. ފުރަތަމަ ބުރުގައި 45 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަޝްވަރާ ކުރުމަށް ހިމަނާފައިވާ ކަމަށް ބުނެފައިވެ އެވެ. 

ދެ ވަނަ ބުރުގައި ހަނގުރާމަ ނިންމުމާާ ގުޅޭ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. މަޝްވަރާ ތަކަށް އިތުރު ވަގުތު ބޭނުންވެއްޖެ ނަމަ، ހުއްޓުވުމުގެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. މިފަދަ ރިޕޯޓެއް އައިސްފައިވާއިރު، ޕާކިސްތާން އިން އިސްވެ އޮވެ އަންނަނީ އެމެރިކާ އާއި އީރާންއާ ދެމެދު މެސެޖު ބަދަލު ކުރަމުންނެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ބާރު އަޅަމުންނެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

06 އެޕްރީލު 2026
ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

05 އެޕްރީލު 2026
48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

05 އެޕްރީލު 2026
ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު