Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ އެފް-15 އީ މަރުކާގެ ބޯޓު އީރާންގެ ސަރަހައްދަށް ވެއްޓުމާ ގުޅިގެން. ބޯޓު ވެއްޓުނު ވަގުތުން ފެށިގެން އެ ފަޅުވެރިޔާ ވަނީ އީރާންގެ ސިފައިންގެ އަތް ދަށަށް ނުގޮސް ސަލާމަތްވުމަށްޓަކައި އެ ސަރަަހައްދުގެ ފަރުބަދަ ތަކުގެ މަތީގައި ދެ ދުވަސް ހޭދަ ކޮށްފައި ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2026 | އާދީއްތަ 08:53
އީރާނު ހަނގުރާމައިގެ ތެރެއިން ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެމެރިކާގެ އެއާ ފޯސްގެ އެފް-15 އީ ސްޓްރައިކް އީގަލް މަރުކާގެ މަތިންދާ ބޯޓެއް ހަރަކާތްތެރިވަނީ.

އީރާނު ހަނގުރާމައިގެ ތެރެއިން ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެމެރިކާގެ އެއާ ފޯސްގެ އެފް-15 އީ ސްޓްރައިކް އީގަލް މަރުކާގެ މަތިންދާ ބޯޓެއް ހަރަކާތްތެރިވަނީ. | ރޮއިޓާސް

މިދިޔަ ހުކުރު ދުވަހު އީރާންގެ ސަރަހައްދަކަށް އެމެރިކާގެ އަސްކަރީ ބޯޓެއް ވައްޓާލުމާ ގުޅިގެން ގެއްލުނު ފަޅުވެރިޔާ ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅެފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އެގޮތުން ޓްރަމްޕް ވިދާޅުވީ ސަލާމަތް ކުރި ފަޅުވެރިޔާ އަށް ބައެއް ކަހަލަ އަނިޔާ ތަކެއް ލިބިފައި ވީ ނަމަވެސް، އޭނާގެ ޙާލު މިހާރު ރަނގަޅު ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ އެފް-15 އީ މަރުކާގެ ބޯޓު އީރާންގެ ސަރަހައްދަށް ވެއްޓުމާ ގުޅިގެންނެވެ. ބޯޓު ވެއްޓުނު ވަގުތުން ފެށިގެން އެ ފަޅުވެރިޔާ ވަނީ އީރާންގެ ސިފައިންގެ އަތް ދަށަށް ނުގޮސް ސަލާމަތްވުމަށްޓަކައި އެ ސަރަަހައްދުގެ ފަރުބަދަ ތަކުގެ މަތީގައި ދެ ދުވަސް ހޭދަ ކޮށްފައި ކަމަށް ބުނެފައިވެ އެވެ.

އެ އޮޕަރޭޝަންއާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ސިފައިން ދެއްކި ހިތްވަރާއި ހުށަޔާރު ކަމަށްޓަކައި ފަޚުރުވެރިވާ ކަމަށެވެ. އަދި ގެއްލުނު ފަޅުވެރިޔާ ސަލާމަތުން އެނބުރި އައުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. މި ހާދިސާއާ ގުޅިގެން އީރާން އާއި އެމެރިކާގެ މަސްރަހު އިތުރަށް ގޯސްވެފައިވާއިރު، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ނުރައްކާތެރި ޙާލަތެއްގެ ތެރޭގަ އެވެ. 

އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް މިހާތަނަށް ރަސްމީ އިދާރާ ތަކުން ހާމަ ކޮށްފައި ނުވެ އެވެ. ސަލާމަތް ކުރި ފަޅުވެރިޔާ އަށް މިހާރު ގެންދަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ފަރުވާ ދެމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

05 އެޕްރީލު 2026
48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް
05 އެޕްރީލު 2026

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

05 އެޕްރީލު 2026
ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި
05 އެޕްރީލު 2026

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި
05 އެޕްރީލު 2026

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

05 އެޕްރީލު 2026
އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ
03 އެޕްރީލު 2026

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

03 އެޕްރީލު 2026
އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު