Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

މި މުއްދަތު ހަމަވުމާ އެކު، އީރާން އިން "ނަރަކައިގެ" ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި. މިއީ ޓްރަމްޕް އީރާން އަށް ދެއްވި ވަރުގަދަ އިންޒާރެއްގެ ގޮތުގައި ފާހަގަވާއިރު، މީގެ ކުރިން ވެސް ޓްރަމްޕް ވަނީ މިފަދަ އެތައް އިންޒާރު ތަކެއް ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 08:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައިވާއިރު ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަަކަށް އަތު ނުވެއްޖެ ނަމަ ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

ހޮނިހިރު ދުވަހު ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ނުވަތަ އެއްބަސްވުމަކަށް އައުމަށް މީގެ ކުރިން އީރާން އަށް 10 ދުވަހުގެ މުއްދަތެއް ދިންކަން ހަނދާން ހުރިތޯ އެވެ. މިހާރު ވަގުތު ކުޑަތަން ވަމުން އަންނަ ކަމަށާއި، އީރާން އަށް ދީފައިވާ މުހުލަތު ހަމަވާން ބާކީ އޮތީ 48 ގަޑިއިރު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މި މުއްދަތު ހަމަވުމާ އެކު، އީރާން އިން "ނަރަކައިގެ" ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިއީ ޓްރަމްޕް އީރާން އަށް ދެއްވި ވަރުގަދަ އިންޒާރެއްގެ ގޮތުގައި ފާހަގަވާއިރު، މީގެ ކުރިން ވެސް ޓްރަމްޕް ވަނީ މިފަދަ އެތައް އިންޒާރު ތަކެއް ދެއްވައިފަ އެވެ.

ނިމުނު މާޗު މަހުގެ 21 ވަނަ ދުވަހު ޓްރަމްޕް ވަނީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް އީރާން އަށް އޮތީ 48 ގަޑިއިރު ކަމަށް ވިދާޅުވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި އީރާން އިން އެކަން ނުކޮށްފި ނަމަ، ވަރަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އެވެ.  ނަމަވެސް އޭގެ ދެ ދުވަސް ފަހުން ޓްރަމްޕް ވަނީ، ހަމަލާ ދިނުމުގެ ވިސްނުން ދޫކޮށްލައްވާފައިވާ ކަމަށާއި، އީރާން އާއެކު ރަނގަޅު މަޝްވަރާ ތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާން އާއެކު ކުރަމުން އަންނަ މަޝްވަރާ ތަކުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް، އެމެރިކާ އާއެކު ސީދާ މަޝްވަރާ ތަކެއް ނުކުރެވޭ ކަމަށް އީރާން އިން ބުނެފައިވެ އެވެ. އޭގެ ބަދަލުގައި ޕާކިސްތާން މެދުވެރި ވެގެން މެސެޖު ބަދަލު ކުރެވެމުން އަންނަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އޭރު ވެސް އީރާން އަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ނަމަވެސް، ފަހުން ވަނީ އެކަން ބަދަލު ކުރައްވައިފަ އެވެ. 

އޭގެ ފަހުން އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް މުހުލަތެއް ދީފައިވާއިރު، އެ ވަގުތު ހަމަވާނީ ހޯމަ ދުވަހުގެ ރޭ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026
އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

05 އެޕްރީލު 2026
އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

03 އެޕްރީލު 2026
ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން

ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން

03 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު