Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އދ އާއި މެދު އިރުމަތީގެ ޤައުމު ތަކަށް ގޮވާލައިފި

2003 ވަނަ އަހަރު އެމެރިކާ އިން އިރާގަށް އެރި ސަބަބުތަކާ މެދު ސުވާލު އުފައްދަވާފައިވާ އެލްބަރާޑީ ވިދާޅުވީ، ޓްރަމްޕް އީރާންއާ ދެކޮޅަށް ފައްޓަވައިގެން އުޅުއްވާ ހަނގުރާމަ އަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަދި އަމިއްލަ އަށް އިޚުތިޔާރު ކުރި ހަނގުރާމައެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2026 | އާދީއްތަ 08:52
އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އެޖެންސީ (އައިއޭއީއޭ)ގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް މުޙަައްމަދު އެލްބަރާޑީ.

އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އެޖެންސީ (އައިއޭއީއޭ)ގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް މުޙަައްމަދު އެލްބަރާޑީ. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާގެ އަމަލުތައް ހުއްޓުވުމަށް އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އެޖެންސީ (އައިއޭއީއޭ)ގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް މުޙަައްމަދު އެލްބަރާޑީ ގޮވާލައްވައިފި އެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެލްބަރާޑީ މިހެން ގޮވާލައްވާފައި ވަނީ، އދ. އާއި މެދު އިރުމަތީގެ ޤައުމު ތަކަށެވެ. އެ ޕޯސްޓުގައި އެލްބަރާޑީ ވިދާޅުވީ، ޓްރަމްޕް އަކީ މޮޔަ މީހެއް ކަމަށާއި، އޭނާ މުޅި ސަރަހައްދު އަލިފާން ގަނޑަކަށް ބަދަލު ކޮށްލުމުގެ ކުރިން އެކަން ހުއްޓުވުމަށް މެދު އިރުމަތީގެ ޤައުމު ތަކާއި، އެ ޤައުމު ތަކުގެ ބާރުގެ ދަށުގައިވާ ފަރާތް ތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޓްރަމްޕްގެ ސިޔާސަތު ތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ހަަމަޖެހުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ. 

މީގެ އިތުރުން އދ. އަށް ކުރެއްވި އެހެން ޕޯސްޓެއްގައި އެލްބަރާޑީ ވަނީ، "މޮޔަ" ޓްރަމްޕްގެ އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެއްތޯ އައްސަވައިފަ އެވެ. އެއާ އެކު އޭނާ ވަނީ، މިއީ ނުރައްކާތެރި ދަނޑިވަޅެއް ކަަމަށް ފާހަގަ ކުރައްވައި، މި ދަނޑިވަޅުގައި ބައިނަލްއަޤުވާމީ މުޖުތަމައުން ހިމޭނުން ނުތިބުމަށް ވެސް ގޮވާލައްވައިފަ އެވެ. 

2003 ވަނަ އަހަރު އެމެރިކާ އިން އިރާގަށް އެރި ސަބަބުތަކާ މެދު ސުވާލު އުފައްދަވާފައިވާ އެލްބަރާޑީ ވިދާޅުވީ، ޓްރަމްޕް އީރާންއާ ދެކޮޅަށް ފައްޓަވައިގެން އުޅުއްވާ ހަނގުރާމަ އަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަދި އަމިއްލަ އަށް އިޚުތިޔާރު ކުރި ހަނގުރާމައެއް ކަމަށެވެ. އަދި މިފަދަ ހަނގުރާމައެއްގެ ސަބަބުން ކުރިމަތި ވާނެ ގެއްލުންތައް އިންތިހާ އަށް ބޮޑު ވާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ. 

އީރާންގެ ފަރާތުން އެމެރިކާ އަށް ވަގުތުން ކުރިމަތި ވެދާނެ ނުރައްކަލެއް އޮތް ކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރުން ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވަމުން އެލްބަރާޑީ ވިދާޅުވީ، އެފަދަ ނުރައްކަލެއް އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަކަށް އެމެރިކާ އަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން، އެއްވެސް އަސާސެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ސަރަހައްދީ ހަނގުރާމަ އަކަށް މަގު ފަހިވާ ފަދަ ފިޔަވަޅުތައް ނޭޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަލްފްމުޙައްމަދު އަލްބަރާދައީ

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި
05 އެޕްރީލު 2026

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

05 އެޕްރީލު 2026
އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ
03 އެޕްރީލު 2026

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

03 އެޕްރީލު 2026
އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
03 އެޕްރީލު 2026

އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި

03 އެޕްރީލު 2026
އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި
02 އެޕްރީލު 2026

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

02 އެޕްރީލު 2026
އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު