Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

އެމެރިކާ އާއި އިޒްރޭލް އަށް އަމާޒުކޮށް އޮފިޝަލް ވިދާޅުވީ، އެ ދެ ޤައުމަށް ދޭނެ ވަރަށް ބޮޑު ހައިރާން ކަމެއް އީރާންގެ އަތުގައި އޮތް ކަަމަށާއި، އެކަން ފެނުމަށް ދެން ނަގާނީ ކުޑަ ކުޑަ ވަގުތު ކޮޅެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 08:51
ހަނގުރާމައިގެ ތެރެއިން ހަމަލާ އަމާޒުވި އިމާރާތެއްގެ މަންޒަރު

ހަނގުރާމައިގެ ތެރެއިން ހަމަލާ އަމާޒުވި އިމާރާތެއްގެ މަންޒަރު | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، އީރާން އިން ކުރިއަށް ދަނީ އެ ޤައުމުގެ ރޭވުންތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ވަކި އަމާޒު ތަކަކަށް ކަމަށާއި، އެމެރިކާ އާއި އިޒްރޭލް އަށް ސިއްސައިގެންދާ ފަދަ ބޮޑު ހައިރާން ކަމެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމުގެ އިންޒާރު އީރާންގެ ސަލާމަތީ އޮފިޝަލަކު ދެއްވައިފި އެވެ. 

އީރާންގެ ފާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ އޮފިޝަލު  ވިދާޅުވީ އެމެރިކާ އިން ހަމަލާ ދިނުމަށް ކަނޑައަޅާފައިވާ އަމާޒު ތަކަކީ ކުށް ހީތަކެއްގެ މައްވަށް ބިނާވެފައިވާ ނުބައި އަމާޒު ތަކެކެވެ. އަދި އީރާންގެ ފާލަން ތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރު ތަކަކީ، ވަރަށް ހެއްވާ އަދި މަޖާ ވާހަކަ ތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.

އެގޮތުން އެ އޮފިޝަލް ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ މި ވާހަކަ ތަކަކީ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ނާކާމިޔާބުވުމާއި، އެމެރިކާގެ ހަނގުރާމަ މަތީ ބޯޓުތައް ވައްޓާލުމާ ގުޅިގެން ދައްކާފައިވާ ވާހަކަ ތަކެއް ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އަށް އަމާޒުކޮށް އޮފިޝަލް ވިދާޅުވީ، އެ ދެ ޤައުމަށް ދޭނެ ވަރަށް ބޮޑު ހައިރާން ކަމެއް އީރާންގެ އަތުގައި އޮތް ކަަމަށާއި، އެކަން ފެނުމަށް ދެން ނަގާނީ ކުޑަ ކުޑަ ވަގުތު ކޮޅެއް ކަމަށެވެ. އަދި އީރާންގެ ދެކުނުގެ ސަރަހައްދު ތަކުގައި އެމެރިކާ އާއި އިޒްރޭލް އިން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން، ކަންކަން ހިނަގާނެ ވަގުތު އީރާން އަށް ފައިދާވާ ގޮތަށް ބަދަލުވެގެންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިމަތިލުން ތަކުގައި ދުޝްމަނުން ވަރުބަލި ކޮށްލާނެ ގޮތް އީރާން އަށް ވަރަށް ރަނގަޅަށް ދަސްވެފައިވާ ކަމަށެވެ. އަދި ސާފު، އަވަސް، ފަސޭހަ ހަމަލާ ތަކެއް ދިނުމަށް އެމެރިކާ އިން ގެންގުޅޭ ސިޔާސަތު މިހާރު ނާކާމިޔާބު ވެފައިވާ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

މި ބަޔާނަކީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިޒްރޭލްގެ އަސްކަރީ ހަރަކާތް ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާން އިން ދީފައިވާ ވަރުގަދަ އިންޒާރެކެވެ. އީރާން އިން ބުނަމުން ދަނީ އެ ޤައުމުގެ ދިފާއީ ބާރުތައް އޮތީ ކޮންމެ ފަދަ ޙާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

05 އެޕްރީލު 2026
އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

03 އެޕްރީލު 2026
އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި

އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި

03 އެޕްރީލު 2026
އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

02 އެޕްރީލު 2026
ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު